މިވަގުތު އުތުރުގެ ރަށްތަކުގެ ދަނޑުވެރިން ނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ މާކެޓް ނެތުން ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް ކުރި ޓުވީޓެއްގައި ބުނެފިއެވެ.
ކުމުންދޫ ކައުންސިލުގެ ރައީސް މިހެން ބުނެފައިވަނީ އިއްޔެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ބޮޑު މަސްރޫޢެއް ފަށަން ތައްޔަރުވެފައިވާ ކަމަށް މިނިސްޓަރ ޒަހާ ވަހީދު އިޢުލާން ކޮށްފައިވަނިކޮށެވެ.
ރާއްޖޭގެ ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަނޑުބިން ބަހާނެ އުސޫލެއް އަދި ކުއްޔަށް ދޭނެ އުސޫލެއްކަނޑައެޅިފައި ނުވުންކަމަށާއި ބިން ބޮޑެތި ރަށްތަކުގައި ދަނޑުވެރިކަން ކުރިއަރުވާ ފުޅާކުރާނެ ގޮތުގެ ޕްލޭންއެއް މިނިސްޓްރީއަށް އެކުލަވާލެވިފައި ނުވުން އެއީ ވަރަށް ދެރަކަމެއްކަމަށް ބުނެ ބައެއް ފަރާތް ތަކުން ދަނީ މިނިސްޓްރީއިން އެކަން އަވަސް ކޮށްދިނުމަށް ގޮވާލަމުންނެވެ.
ދާދި ފަހުން ކްރޮސްރޯޑް މޯލްޑިވްސް- އެނބޫދޫ ފަޅުގައި ކުރިއަށް ގެންދިޔަ ”މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް“ ގައި އެސްޓީއޯ އިން ވަނީ އެ ކުންފުނިން ދިވެހި ދަނޑުވެރިކަން ކުރިއަރުވުމަށް ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެތި ރިސޯޓްތަކަށް ވިއްކައި ދިނުމުގެ މަސްރޫއެއް ފަށަންތައްޔާރުވަކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!