ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ގިނަ މީހުން ބައިވެރިވެގެން އެއްވާ އެއްވުންތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވައިރަހުގެ ހާލަތު އެ އެޖެންސީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި ޗައިނާ އަށް ދަތުރުކޮށްފައިނުވާ ފަރާތްތަކުގެ ކިބައިން ވެސް މި ބަލި ފެނި، އެ ގައުމުތަކުގައި ބަލި...
ޔުމްނާ ޢަލީ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ހއ މުރައިދޫ އަދި ހއ ތަކަންދޫ ބަނދަރުގެ ޑިޒައިން، ސާރވޭ އަދި ރީކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި އިޢުލާނުގައި ބުނެފައިވަނީ މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިންކަމަށާއި މިކަމަށް ކުރިމަތިލާ ފަރާތްތަކު...
ޔުމްނާ ޢަލީ
ޗައިނާއާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި “ކޮވިޑް-19” ވައިރަސް ކޮންޓްރޯލްކޮށް ހުއްޓުވަން އޮތް ފުރުސަތު ހަނިވަމުންދާ ކަމަށް ޑަބްލިއުއެޗްއޯއިން ބެނެފިއެވެ. ޖެނީވާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ޣެބްރެޔެސަސް ވިދާޅުވީ، ވައިރަސް ކޮންޓްރޯލްކޮށް ހުއްޓުވަން އޮތް ފުރުސަތު ހަނިވެ، ދޮރު ބަންދުވަމުންދާ ކަމަށެވެ. ޓެޑްރޯސް އަދަނޮމްވަނީ، މި ވައިރަސް ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން ވަރަ...
ޝިއުނާ އާދަމް
ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފިއެވެ. ދިވެހި ބަހުގެ އެކަޑަމީން އިއްޔެވަނީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުކުގެ ގޮތުން ހިރިޔާ ސްކޫލްގައާއި، ތާޖުއްދީން ސްކޫލްގައި ހާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ. އެ ހަރަކާތްތަކުގައި މާލޭގެ ސްކޫލުތަކުން ވަނީ ބައިވެރި ވެފައެވެ. ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުސް ފާހަގަ ކުރުމުގެ ހަރަކާތްތައް އިއްޔެ ފެށީ ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ ޢީދުގެ ފެށުމުގެ ރަސްމިއްޔާތުންނެވެ. އެ އެކަޑަމީއިން ވަނީ...
ޙުސައިން ޝަހުދީ
އިންތިހާބު ބާއްވަން ނުޖެހި، ހދ. ވައިކަރަދޫ ކައުންސިލް ރައީސްގެ ގޮނޑި އެމްޑީޕީން ހޯދައިފި އެވެ. އިލެކްޝަން ކޮމިޝަން އިން ރަސްމީކޮންއަދި ކުރިމަތިލީ ފަރާތްތައް އިޢުލާންކޮށްފައި ނުވިނަމަވެސް ވައިކަރަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވި އަބްދުﷲ ޒާމިރު (ޒާރޭ) ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ވައިކަރަދޫ އަކީ އަބަދުވެސް ސިޔާސީ ފޯރިޔާ އާއި ވާދަވެރިކަން ބޮޑު ރަށެކެވެ. ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ ރައީސް ކ...
އަލީ އާދިލް
ހދ. ހަނިމާދޫ، ވާދީ އަބުދުއްލަޠީފް ޤާސިމް (ކަތީބު ކުޑޭ) ރޭ މިދުޔެއާއި ވަކިވެގެން ދިޔުމުން މުޅި ހަނިމާދޫއަށް ވަނީ މޮޅިވެރިކަމާއި، ފުން ހިތާމައެއް ލިބިފައެވެ. ރަށު އެންމެންގެ ކަތީބު ކުޑޭގެ މިރޭ ކުއްލި ގޮތަކަށް މިދުޔެއާއި ވަކިވެގެން ދިޔައީ ބަލިވެ އުޅުމަށްފަހުގައެވެ. އަބުދުއްލަޠީފް މިހާރުވަނީ މެންދަމުގެ ވަގުތެއްގައި ވަޅުލާފައެވެ. ނިޔާވި އިރު އަތްބަކާއި ދެ ފިރިހެން ކުދިންނާއި، އަންހެން ކުއްޖެއް ދުނިޔޭގައި އެބަހުއްޓެވެ. އަބުދުއްލަޠީފްވަނީ މެދު ނުކެނޑި 27 އަހަރު ސަރުކާރަށާއި، ހަނިމާދޫއަށް ޚިދުމަތް ކުރައ...
އިބްރާހިމް އަސްވާޤް
ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވާދަކުރާ 877 ކެނޑިޑޭޓުންގެ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާކަމަށް އެޕާޓީން ބުނެފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިޚާބަށް ކަނޑައަޅާފައިވާ ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ވާދަކުރާނެ ކެނޑިޓޭޓުންގެ އަދަދު ކަށަވަރުވެފައިވާކަމަށެވެ. އެޕާޓީން ވާދަކުރާ ކެނޑިޓޭޓުންގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާކަމަށެވެ. އަފްޝަން ވިދާޅުވީ ކައުންސިލ...
ޔުމްނާ ޢަލީ
މަރުވެފައިއޮތް ކުޑަ ކިނބުލެއް ވައިކަރަދޫއަށް ލައްގައިފި އެވެ. މިއަދު އިރު އޮއްސި 6:15 ހާއިރު މިކިނބޫ ފެނިފައިވަނީ ވައިކަރަދޫ ފުޓްސަލް ދަނޑާ ދިމާ އަތިރި މަތިން ޒުވާން ކުދިން ކޮޅަކަށްކަމަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމް ބުނެފައި ވެއެވެ. މިއީ ކުޑަ ކިނބުލެއްކަމަށާއި ގާތްގަނޑަކަށް 4 ފޫޓް ބައި ހުންނާނެކަމަށް ނަސީމް ވިދާޅުވިއެވެ. މިކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވާކަމަށާއި ނަމަވެސް މަރުވެފައި ވުމުން ކިނބޫ ވަޅުލުމަށް އެފަރާތުން އެދޭކަމަށް ނަސީމް ވިދާޅުވިއެވެ.
އަލީ އާދިލް
އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުން، ނަރުހުން އަދި މެޑިކަލް/ޓެކްނިކަލް ހުރިހައި މުވައްޒަފުންނަކީވެސް ޤާބިލް، ފަންނީ މުވައްޒަފުންކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުން، ނަރުހުން އަދި މެޑިކަލް/ޓެކްނިކަލް ހުރިހައި މުވައްޒަފުންނަކީވެސް ބައިނަލްއަޤްވާމީ މިންގަނޑުތަކުން ޤަބޫލުކުރާ ތަޢުލީމާއި ތަމްރީނުތައް ފުރިހަމަކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ކަމާ...
ޝިއުނާ އާދަމް
ސިވިލްސަރވިސް ޓްރޭނިންގ އިންސިޓިއުޓާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް ގުޅިގެން އިންޓަރނަލް އޮޑިޓް ކުރާނެގޮތް ދަސްކޮށްދިނުމާބެހޭ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން މިމަހުގެ 20 ން 22 އަށް ހިންގުނު މި ޕްރޮގްރާމްގައި އިންޓަރނަލް އޮޑިޓް ކުރުމުގެ ބޭނުމާއި، އޮޑިޓްކުރާނެ ގޮތާއި، އޮޑިޓް ކުރުމާ ގުޅިގެން އިދާރާއަށް ލިބިގެންދާނެ ކުރިއެރުމާއި އަދި އޮޑިޓަރުންގެ ކިބާގައި ހުންނަންޖެހޭ މައިގަނޑު ސިފަތަކަކީ ކޮބައިކަން އޮޅުން ފިލުވައި ދެއ...
އަލީ އާދިލް
“މަރަކީ އެއް ފަހަރުވާ ކަމެކެވެ. ވިހާނީ ވެސް އެއް ދުވަހު އެވެ. ތިބޭނެ ކަމެއް ނެތެވެ. އަރައިގަންނަންވީ އެވެ. ދޯނި ދަމައިގަންނާށޭ” އުތުރުގެ ރައްޔިތުންނަށް ކުރިމަތިވި ތަދުމަޑުކަމުގައި ދައުލަތުގެ އިހުމާލާއި މެދު އުތުރުގެ ރައްޔިތުން ކެތްތެރިކަން ކޮޅުންލައި، ހައްޤު މިންވަރު ހޯދުމަށް ފެށި ދަތުރަކީ “އުތުރު ގަޑުބަޑު” ގެ ގޮތުގައި ނުވަތަ “ތިލަދުންމަތީގެ ބަޣާވާތު” ގެ ގޮތުގައި ލިޔުންތަކުގައި ސިފަ ކޮށްފައި ވިޔަސް އުތުރުގެ ރައްޔިތުން ދެކެނީ އެ މަސައްކަތަކީ ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން […]
ޙުސައިން ޝަހުދީ
ވިލާ ފައުންޑޭޝަން އާއި، ވިލާ ކޮލެޖުގެ “ފިއުޗަރ މޯލްޑިވްސް އިނިޝިއޭޓިވް”ގެ ފުރަތަމަ ޕެނަލް ޑިސްކަޝަން މިރޭ ފަށަން ނަންމައިފިއެވެ. މިރޭ ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ ފިއުޗަރ މޯލްޑިވްސް އެކަޑަމިކް ޑިސްކަޝަންގެ މައުލޫއަކީ ” ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރެވިފައިވާ، ކުޑަކުދިންނަށް އަމާން ދިވެހިރާއްޖެއެއް” އެވެ. ބައިވެރިވުން މުޅިން ހިލޭ ހުޅުވާލައިފާ މިރޭގެ ޕެނަލް ޑިސްކަޝަން ހުށަހަޅުއްވައިދެއްވާނީ ނަފްސާނީ ބަލިތަކަށް ޚާއްސަ، ދިވެހިންގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ޑޮކްޓަރު، ޑރ. އާއިޝަ...
ޝިއުނާ އާދަމް
މިއާ ޚާންއަކީ އަފްގާނިސްތާންގެ ޕަކްޓީކާ ޕްރޮވިންސްގެ ޝަރާނާގައި ދިރިއުޅޭ ލާމަސީލު ބައްޕައެކެވެ. ކޮންމެ ދުވަހަކު އޭނާގެ ދަރިން ގޮވައިގެން ސައިކަލުގައި 12 ކިލޯމީޓަރަށް ދުއްވާފައި ސްކޫލް ދޮށަށް ގެންގޮސްގެނެސްދީހަދައެވެ. ކޮންމެ ދުވަހަކު ދަރިން ސްކޫލްއަށް ލުމަށްފަހު އެކުދިން ނިމެންދެން އޭނާ 4 ވަރަކަށް ގަޑިއިރު ވަންދެން ސްކޫލް ދޮށުގައި މަޑުކޮށްލައިގެން ހުރެއެވެ. މިއީ އަފްގާނިސްތާންގެ ދެވަނައެއްނުވާ އެ ބައްޕަގެ ކޮންމެދުވަހަކުވެސް އާދަވެ ކުރާކަމެކެވެ. އަފްގާނިސްތާންގެ ސްވިޓިޝް ކޮމެޓީއަށް މައުލޫމާތުދެމުނ...
އައިމިނަތު ޔުމްނާ
މިއަހަރު ތެރޭގައި ރާއްޖޭގެ އެކިކަކޮޅުތަކުގައި ފަސް ސަތޭކައަށްވުރެ ގިނަ މަޝްރޫޢު ހިންގާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު މިހެން ވިދާޅުވީ، އެމްޑީޕީގެ ލޯކަލް ލައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކުރުމަށް ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ކަމަށެވެ. އަދި ވެރިކަމަށް އައު...
ޝިއުނާ އާދަމް
ސީޕްލޭން އޮޕަރޭޝަންތައް ފަށަން ހުޅުލެއިން ޖާގަ ހޯދަން 2013 އިން ފެށިގެން ވިލާ އެއާއިން ރަސްމީކޮށް އެދުނު އެދުންތަކަށް ޖަވާބެއް ނުދީ އޮތްކަމަށް އިއްޔެ މީޑިއާއަށް ވިލާ އެއާއިން ތިލަކުރުމުން އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ، އެ އޮޕަރޭޝަނަށް ވިލާ އެއާ ތައްޔާރުވެ އާދޭސް ދަންނަވަމުން ދަނިކޮށް މާފަހުން އައި ކުންފުންޏަކަށް އެފުރުޞަތު ފަހިކޮށްދީފައި އޮތުމެވެ. ހުޅުލެއިން ޖާގަ ހޯދަން އެމްއޭސީއެލަށް މީގެ ހަތް އަހަރު ކުރިން ފެށިގެން ފޮނުވި ސިޓީތަކަށް އެއްވެސް ޖަވާބެއް ވިލާއެއާއަށް […]
ހުސައިން ހަބީބް
40 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިރޭ ދަންވަރު 01:00 އިން ފެށިގެން މިރޭގެ ދަންވަރު 06:00 އާއި ދެމެދު ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. އަދި މިރޭ 07:00 އިން ފެށިގެން މިރޭގެ ދަންވަރު […]
އަލީ އާދިލް
މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދު ﷲ އިންޑިޔާގެ ހޯމް މިނިސްޓަރ އަމިތް ޝާހުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އިންޑިޔާގެ ނިއުދިއްލީގައި ހުންނަ އެޤައުމުގެ ދާޚިލީ ވުޒާރާގައެވެ. އިންޑިޔާގެ ހޯމް މިނިސްޓަރުގެ ރަސްމީ ދައުވަތަކަށް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މިބައްދަލުކުރެއްވުމުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ގާއިމުކުރެވޭނ...
އިބްރާހިމް އަސްވާޤް
ކާނިވާ ސަރަހައްދުގައި އެމްޑީޕީން މިރޭ ބޭއްވި ލޯކަލް ކައުންސިލް އިމްތިހާނުގެ ކެމްޕެއިން ލޯންޗިން ޖަލްސާގައި ބައިވެރިވުމަށް އަންގައި ފެނަކަ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ފެނަކަ އިން އެހެން ބުނީ، އެކުންފުނީގެ ލެޑާހެޑްގައި އެމްޑީޕީގެ ޖަލްސާއަށް ދިއުމަށް މުވައްޒަފުންނަށް މަޖުބޫރުކުރާ ލިޔުމެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެންނެވެ. އެ ލިޔުމުގައި ބުނެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލް...
ޔުމްނާ ޢަލީ