އިންތިހާބު ބާއްވަން ނުޖެހި، ހދ. ވައިކަރަދޫ ކައުންސިލް ރައީސްގެ ގޮނޑި އެމްޑީޕީން ހޯދައިފި އެވެ.
އިލެކްޝަން ކޮމިޝަން އިން ރަސްމީކޮންއަދި ކުރިމަތިލީ ފަރާތްތައް އިޢުލާންކޮށްފައި ނުވިނަމަވެސް ވައިކަރަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވި އަބްދުﷲ ޒާމިރު (ޒާރޭ) ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ވައިކަރަދޫ އަކީ އަބަދުވެސް ސިޔާސީ ފޯރިޔާ އާއި ވާދަވެރިކަން ބޮޑު ރަށެކެވެ. ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ ރައީސް ކަން ޒާމިރުއަށް ކަށަވަރުވީ އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ. އެމްޑީޕީގެ ޕްރައިމަރީގައި 4 ފަރާތަކުން ވާދަކޮށްފައިވާއިރު ޒާމިރު ޕްރައިމަރީ ކާމިޔާބުކޮށްފައިވަނީ ބޮޑު އަގުލަބިއްޔަތަކުންނެވެ.
ޒާމިރުގެ ޢިލްމީ ޤާބިލުކަން ކަމަށް ބަލާލާއިރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ އިން ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާރޒް ޑިގްރީ، ބަނމިންގހަމް ކޮލެޖް، ޔޫކޭ އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓްއިން ބެޗްލާރސް ޑިގްރީ (އޮނާރސް) އަދި ޔުނިވާރސިޓީ އޮފް ތޫލޫޒް، ފަރަންސޭސިވިލާތު ނޭޝަނަލް ޑިޕްލޮމާ ހާސިލްކޮސްފައި ވެއެވެ.
ޢަމަލީ ތަޖުރިބާ އަށްބަލާއިރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ލެކްޗަރަރ (ޕާޓް ޓައިމް). ހޮލިޑޭ އައިލޭންޑް ރިޒޯޓް އާއި ފަން އައިލޭންޑް ރިޒޯޓް ގައި ޖެނެރަލް މެނޭޖަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.
އަންގާގާ އައިލޭންޑް ރިޒޯޓް ގައި ރެޒިޑެންސް މެނޭޖަރކަން ކުރައްވާފައިވާއިރު ޕެރަޑައިސް އައިލޭންޑް ރިޒޯޓް އެންޑް ސްޕާ ގައި ޓްރެއިނިންގ މެނޭޖަރ ކަން ކުރައްވާފައިވެއެވެ.
މިދިޔަ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ޒާމިރުވަނީ ވާދަކޮށް ފައެވެ.
އިންތިހާބު ބާއްވަން ނުޖެހި ނ.ކުޑަފަރީ ކައުންސިލަށް ވެސް އެމްޑީޕީގެ ތިން މެމްބަރަކު ވަނީ އިންތިހާބަކަށް ނުގޮސް ގޮނޑި ކަށަވަރުވެފައެވެ. އެއާއެކު އެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް މިހާރު ވަނީ ލިބިފައެވެ.
މީގެއިތުރުން އައްޑޫ ސިޓީ ކައުންސިލަށް ވެސް އިންތިހާބަކާ ނުލައި މެމްބަރަކު ވަނީ ހޮވިފައެވެ. އެގޮތުން ގޮނޑި ކަށަވަރުކޮށްފައިވަނީ ހިތަދޫ ބޭރުމަތި ދާއިރާއަށް ކުރިމަތިލާނެ އިތުރު ކެންޑިޑޭޓެއް ނެތުމުން އެމްޑީޕީން ކުރިމަތިލި މަރިޔަމް ސައީދާ(މަރީ) އެވެ.
އެމްޑީޕީން ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން މި އިންތިޚާބުގައި ވެސް ނެރުމަށް ހަމަޖެހިފައިވާއިރު ދެން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު ޕީޕީއެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!