މިއާ ޚާންއަކީ އަފްގާނިސްތާންގެ ޕަކްޓީކާ ޕްރޮވިންސްގެ ޝަރާނާގައި ދިރިއުޅޭ ލާމަސީލު ބައްޕައެކެވެ. ކޮންމެ ދުވަހަކު އޭނާގެ ދަރިން ގޮވައިގެން ސައިކަލުގައި 12 ކިލޯމީޓަރަށް ދުއްވާފައި ސްކޫލް ދޮށަށް ގެންގޮސްގެނެސްދީހަދައެވެ. ކޮންމެ ދުވަހަކު ދަރިން ސްކޫލްއަށް ލުމަށްފަހު އެކުދިން ނިމެންދެން އޭނާ 4 ވަރަކަށް ގަޑިއިރު ވަންދެން ސްކޫލް ދޮށުގައި މަޑުކޮށްލައިގެން ހުރެއެވެ. މިއީ އަފްގާނިސްތާންގެ ދެވަނައެއްނުވާ އެ ބައްޕަގެ ކޮންމެދުވަހަކުވެސް އާދަވެ ކުރާކަމެކެވެ.
އަފްގާނިސްތާންގެ ސްވިޓިޝް ކޮމެޓީއަށް މައުލޫމާތުދެމުން މިއާ ޚާން ބުނެފައިވެއެވެ. " އަހަރެން ނަކީ ކިޔަވައިގެން ހުރިމީހެއް ނޫން. އަހަރެން ދިރިއުޅެނީ ދުވާލަކު އަހަނަށް އެލިބޭ މިންވަރަކުން، އެކަމު އަހަރެންގެ ދަރިފުޅުށް ތަޢުލީމް އުންގަންނައިދިނުން އަހަނަށް މާމުހިންމު، އަހަރެންގެ އެންމެ ބޮޑުއެދުމަކީ އަހަރެންގެ ފިރިހެން ދަރިފުޅުހެން އަންހެން ކުދިންނަށްވެސް ރަންގަޅު ތަޢުލީމެއް ދޭން"
މިއާ ޚާންގެ ތިން ދަރިން ނަކީވެސް މިހާރު ސްވިޑިޝް ކޮމިއުނިޓީއިން ހިންގާ ނޫރާނީ ސްކޫލްގެ ދަރިވަރުންނެވެ.
އޭނާގެ ދެކުދިން ގްރޭޑް 6 ގައި އުޅޭއިރު ތިންވަނަ އަށް ހުންނަ ކުއްޖާ އުޅެނީ ގްރޭޑް 5 ގައެވެ.
މިއާ ޚާންގެ އެއް ދަރިފުޅު ކަމުގައިވާ ރޯޒީ، ސްވިޑިޝް ކޮމިއުނިޓީއަށް ވާހަކަ ދައްކަމުން ބުނެފައިވަނީ، އޭނާއަށް އުނގެނުމުގެ ފުރުސަތު ފަހިވުމުންް ވަރަށް އުފާކަމަށެވެ. " އަހަރެން މިއުޅެނީ 6 ވަނަ ގްރޭޑްގައި. އަހަރެންގެ ބައްޕަ ނޫނީ ބޭބެ އަހަރެމެން ސްކޫލަށް ގެންގޮސްދީ ގެނެސްދީ ހަދާ " އެކުއްޖާ އިތުރަަށް ބުނެފައި ވެއެވެ.
އެހެންކަމުން މިއަވަށުމީހުން ތަޢުލީމަށް ދެމުންދާ އަހައްމިއްޔަތުކ އެނގެއެވެ. ފިއްތުންތަކާއި، ދައްޗާއި އުނދަގުލުގައިވެސް އަފްގާނިސްތާންގައި ދަރިންނަށް ކިޔަވައިދޭން މަސަކަތް ކުރަމުން އަންނަކަމީ އަފްގާނިސްތާނަށް ހެޔޮބަދަލެއް އަންނާކަމުގެ ހެއްކެކެވެ.
ހިތްވަރު ގަދަ ބައްޕަ މިއާ ޚާނަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ނުލިބިދިޔަ ނަމަވެސް އެބައްޕަގެ އުންމީދަކީ ދަރިފުޅު ކިޔަވައިގެން ޑޮކްޓަރަކަށްވެ، އެ ވިލެޖަށް ޚިދުމަތް ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!