މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,360 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2016 ވަނަ ޞަފްޙާ

ފެންކުންފުނީގެ ހިއްސާ ވިއްކާލާކަށް ސަރުކާރަކުން ނޫޅެން: މަބްރޫކު

ފެންކުންފުނީގެ ހިއްސާ ވިއްކާލާކަށް ސަރުކާރަކުން ނޫޅެން: މަބްރޫކު

ޤައުމީ ފެން ކުންފުނި ކަމުގައިވާ އެމްޑަބްލިއުއެސްސީގެ ހިއްސާ ވިއްކާލަން ނޫޅޭ ކަމުގައި، ސަރުކާރުން ބުނެފިއެވެ. ދަރުބާރުގޭގައި ހުންނަ ކޮވިޑް-19 އެމެޖެންސީ ސެންޓަރުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ހިއްސާއެއް ވިއްކާލަން ސަރުކާރުން ނޫޅޭ ކަމުގައެވެ. އެސުވާލުގެ ޖަވާބުގައި މަބްރޫކު ވިދާޅުވެފައިވަނީ އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމުގ...

އިބްރާހިމް އަސްވާޤް
ރަށްރަށަށް އަރައި ފޭބުން ކައުންސިލުންތަކުން މަނާ ނުކުރުމަށް އެދެފި

ރަށްރަށަށް އަރައި ފޭބުން ކައުންސިލުންތަކުން މަނާ ނުކުރުމަށް އެދެފި

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނިންމުންތައް ނިންމުމަށް ޤާނޫނީ ގޮތުން ބާރުލިބިދީފައިވާ ފަރާތުން، އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާހާ ހިނދަކު، ކައުންސިލްތަކުން އަމިއްލަފުޅަށް އެފަދަ ނިންމުންތައް ނުނިންމެވުމަށް އެލްޖީއޭއިން އެދެފިއެވެ. އެލްޖީއޭއިން މިއަދު ނޫސްތަކަށް މައުލޫމާތު ދެމުން އާންމުކުރި ބަޔާނެއްގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެއް ކަމުގައިވާކޮވިޑް-19 (ކޮރޯނާ ވައިރަސް) އާއި ގުޅ...

އިބްރާހިމް އަސްވާޤް
ކޮވިޑް-19އަށް ރަށްކާތެރިވުމަށް އެދި ހުރާގައި ތަކުބީރު ކިޔައިފި

ކޮވިޑް-19އަށް ރަށްކާތެރިވުމަށް އެދި ހުރާގައި ތަކުބީރު ކިޔައިފި

ކޮވިޑް-19އަށް ރަށްކާތެރިވުމަށް އެދި ކ. ހުރާގައި ތަކުބީރު ކިޔައިފިއެވެ. މިރޭ އިޝާނަމާދަށްފަހު އެރަށުގައި ތަކުބީރު ކިޔާފައިވަނީ އެރަށުގެ އާންމުންގެ ބަޔަކު އިސްނަގައިގެންނެވެ. ކ. ހުރާގައި ކޮވިޑް-19 އިން ސަލާމަތަށް އެދި ތަކުބީރު ކިޔުމުގައި އެރަށުގެ ތިރީހަކަށް ފިރިހެނުން ބައިވެރިވެ، ރަށުގެ ހުރިހާ ބޮޑެތި މަގުތަކުގައި ހިނގާފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ރާއްޖެއަށް ކޮވިޑް-19ގެ ނުރައްކާ ކުރިމަތި ވެފައިވާއިރު މިހާތަނަށް 13 މީހުން ވަނީ އެވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.

ޝިއުނާ އާދަމް
ހެޔޮއެދޭ ފަރާތަކުން ނޮޅިވަރަމް ސިއްޚީމަރުކަޒަށް ބައެއް ސިއްޚީ އާލާތް ހަދިޔާ ކޮށްފި

ހެޔޮއެދޭ ފަރާތަކުން ނޮޅިވަރަމް ސިއްޚީމަރުކަޒަށް ބައެއް ސިއްޚީ އާލާތް ހަދިޔާ ކޮށްފި

ހެޔޮއެދޭ ފަރާތަކުން ހދ. ނޮޅިވަރަމް ސިއްޚީމަރުކަޒަށް ބައެއް ސިއްޚީ އާލާތް ހަދިޔާ ކޮށްފިއެވެ. ހެޔޮއެދޭ ފަރާތެއް ކަމަށްވާ މުޙައްމަދު ރަޝީދު (ގަދަގޭ ރަޝީދު) ނޮޅިވަރަމް ސިއްޚީމަރުކަޒަށް ހަދިޔާ ކުރެއްވި ސިއްޚީ އާލާތްތަކުގެ ތެރޭގައި ސްޓެތޮސްކޯޕަކާއި، ޑިޖިޓަލް ބީޕީ މޮނިޓަރ އަކާއި، އެއްފަހަރާ ދެމީހުންނަށް ފަރުވާދެވޭ އޮކްސިޖަން މެޝިނަކާއި އަދި ސަކްޝަން މެސިނެއް ހިމެނެއެވެ. އަދި އޭގެ އިތުރު ސިއްޚީ އާލާތްތަކެއްވެސް ރަޝީދު ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެއެވެ. މިތަކެތި ހަދިޔާ ކުރުމާއި ގުޅިގެން ނޮޅިވަރަމް...

އަލީ އާދިލް
ކޮވިޑް19 ފޭކު ވެކްސިން ވިއްކަން އުޅުނު ދެމީހަކު ބަންގްލަދޭޝްއިން ހައްޔަރުކޮށްފި

ކޮވިޑް19 ފޭކު ވެކްސިން ވިއްކަން އުޅުނު ދެމީހަކު ބަންގްލަދޭޝްއިން ހައްޔަރުކޮށްފި

ކޮވިޑް-19 ވެކްސިން ކަމަށްބުނެ ފޭކު ވެކްސިން ވިއްކަން އުޅުނު ދެމީހަކު ބަންގްލަދޭޝްއިން ހައްޔަރުކޮށްފިއެވެ. އެގައުމުގެ ބަޔެއް ނޫސްތަކުން އަދި އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓުކޯށްފައިވާ ގޮތުން 27 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. 35 އަހަރުގެ މީހާއަކީ ޑޮކްޓަރެއްކަމަށް އެމީހާ ބުނެފައިވާކަމަށާއި، މިދެމީހުން ހައްޔަރުކޮށްފައިވަނީ މަގުމަތީގައި ފޭކު ވެކްސިންތަކެއް ވިއްކަން އުޅެނިކޮންކަމަށް ފުލުހުންނާއި ހަވާލާދީ އެނޫސްތަކުގައި ވަނީ ބުނެފައެވެ. މިމީހުން ހައްޔަ...

އަލީ އާދިލް
ކުމުންދޫ ފެނަކަ އައު އޮފީސް އަދި ވަށާފާރު ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ކުމުންދޫ ފެނަކަ އައު އޮފީސް އަދި ވަށާފާރު ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުމުންދޫ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އައު އޮފީސް އަދި ވަށާފާރު ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އެކުންފުނިން އިޢުލާންކޮށްފިއެވެ. މިއަދު ކުންފުނިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނިންދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ހދ. ކުމުންދޫ އައު އޮފީސް އަދި ވަށާފާރު އިމާރާތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބ...

އިބްރާހިމް އަސްވާޤް
އޫރިދޫ: މި މަހުގެ ބިލު ދައްކަން ދަތިވާ ފަރާތްތަކުގެ ޚިދުމަތް މެދު ކަނޑައިނުލާނެ، ސުޕަނެޓުން ހަދިޔާއެއް!

އޫރިދޫ: މި މަހުގެ ބިލު ދައްކަން ދަތިވާ ފަރާތްތަކުގެ ޚިދުމަތް މެދު ކަނޑައިނުލާނެ، ސުޕަނެޓުން ހަދިޔާއެއް!

ރާއްޖެ ހިމެނޭހެން މުޅިދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވަމުން އަންނަ މާލީ ދަތިކަމުގެ ސަބަބުން، މި މަހުގެ ބިލުތައް ދެއްކުމަށް ދަތިވާ ފަރާތްތަކުގެ ޚިދުމަތް މެދު ކަނޑައިނުލާނެކަމަށް އުރީދޫ އިން ބުނެފި އެވެ. ކަސްޓަމަރުންނަށް ދިމާވި މިހާލަތުގައި އުރީދޫއިން ވަނީ އެކުންފުނީގެ ކަސްޓަމަރުން އެހީތެރިވުމުގެ ގޮތުން ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއް މަސް ވަންދެން 25 ޕަސެންޓު ބޯނަސް ޑޭޓާ ފޯރުކޮށްދޭންވެސް ނިންމާފައެވެ. އުރީދޫއިން މިއަދު ކުރި ޓުވީޓުތަކެއްގައި ބުނީ ކޮވިޑް-19 ފެތުރު...

ޝިއުނާ އާދަމް
ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ދަޢުވާކުރާނެ: ސަމީމް

ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ދަޢުވާކުރާނެ: ސަމީމް

ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށާއި ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ދަޢުވާކުރާނެކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. ޝަމީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިޓުވީޓުގައި އިތުރަށް ބުނެފައިވަނީ ކުރިންވެސް ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ވަނީ ދަޢުވާ ކޮށްފަކަމަށެވެ. ދެންވެސް ކުރާނެ. ކަމުގެ ޙަޤީޤަތް ނުބަލައި، އެކަމުގެ ވަށައިގެން ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެއް. ސަމީމުގެ ޓުވިޓުގައި...

އަލީ އާދިލް
ފަރުދީ ޒިންމާ އަދާނުކޮށްފިނަމަ، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ: ފިނޭ ކައުންސިލް

ފަރުދީ ޒިންމާ އަދާނުކޮށްފިނަމަ، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ: ފިނޭ ކައުންސިލް

ކޮވިޑް 19 އާއި ގުޅިގެން މުވައްސަސާ ތަކުން އަންގާ އެންގުންތަކަށް އަދި އަމިއްލަ ފަރުދީ ޒިންމާއެއްގެ ގޮތުގައި އަދާނުކޮށްފިނަމަ، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަންކަން ކަމުގައިވާތީ މިކަންކަމަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަންދީ، ފުރިހަމަ އެއްބާރުލުން ދެއްވުމަށް ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން ބުނެފިއެވެ. ފިނޭ ކައުންސިލުން މިހެން ބުނެފައިވަނީ މިއަދު އެކައުންސިލުން ކުރި އިޢުލާނެއްގައެވެ. އެއިޢުލާނުގައި ބުނެފައިވަނީ ކޮވިޑް 19، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، 2020 މ...

އަލީ އާދިލް
މަދިރީގެ ޒަރިއްޔާއިން ކޮވިޑް-19 އެއް ނުޖެހޭނެ

މަދިރީގެ ޒަރިއްޔާއިން ކޮވިޑް-19 އެއް ނުޖެހޭނެ

މަދިރީގެ ޒަރިއްޔާއިން ކޯވިޑް-19 ޖެހޭކަމުގެ އެއްވެސް މަޢުލޫމާތެއް ނުވަތަ ހެއްކެއް މިހާތަނަށް ލިބިފައެއްނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ. ކޮވިޑް-19 އާއި ގުޅިގެން ތަފާތު ފޭކު ހަބަރު ފަތުރަމުންދާ މިދަނޑިވަޅުގައި އެޗްޕީއޭއިން އާންމުން ހޭލުން ތެރިކުރުމަށް ނެރެމުންދާ ޕޯސްޓަރެއްގައި ބުނެފައިވަނީ އައަލަށް ފެނިފައިވާ ކޮރޯނާވައިރަސްއަކީ ނޭވާލާ ނިޒާމަށް ބަލިޖައްސާ ވައިރަސްއެއްކަމަށާއި މިވައިރަސް އާންމުގޮތެއްގައި ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު އަނގައިން...

ހުސައިން ހަބީބް
ވެމްކޯއަށް 20 ވެށިފާރަވެރިން ހޯދަނީ

ވެމްކޯއަށް 20 ވެށިފާރަވެރިން ހޯދަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އަށް 20 ވެށިފާރަވެރިން ހޯދަން އިޢުލާންކޮށްފިއެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔާކަމަށާއި މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންކަމަށް ވެމްކޯއިން މިއަދު ކުރި އިޢުލާނެއްގައިވަނީ ބުނެފައެވެ. “ވެށިފާރަވެރިޔާ” މަޤާމަށް މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި މަހަކު -/9,000 ރުފިޔާ (ކަނޑައެޅިފައިވާ އިނާޔަތްތަކާއެކު) 20 މީހުން މިމަގާމަށް ބޭނުންވާކ...

ޔުމްނާ ޢަލީ
ދިރާގު ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓްގެ ހިލޭ ޑޭޓާ ދޭން ނިންމައިފި

ދިރާގު ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓްގެ ހިލޭ ޑޭޓާ ދޭން ނިންމައިފި

ދިރާގުން ގޭގެ އާއި އޮފީސްތަކަށް ދޫކުރާ، ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓު ބޭނުން ކުރާ ކަސްޓަމަރުންނަށް މި މަހާއި އަންނަ މަހު 30 ޕަސެންޓް ހިލޭ ޑޭޓާ އެލަވަންސް ދޭން ނިންމައިފި އެވެ. ދިރާގުން ބުނީ އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސެއް ދޭން ނިންމާފައިވަނީ މި ދުވަސް ވަރަކީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން ލުއި ފަސޭހަ ކޮށްދިނުމުގެ […]

އިބްރާހިމް އަސްވާޤް
އުލިގަމަށް އަންނަ ޔޮޓުތައް ވަގުތީގޮތުން ހުއްޓުވައިދިނުމަށް އެދެފި

އުލިގަމަށް އަންނަ ޔޮޓުތައް ވަގުތީގޮތުން ހުއްޓުވައިދިނުމަށް އެދެފި

އުލިގަމަށް އަންނަ ޔޮޓުތައް ވަގުތީގޮތުން ހުއްޓުވައިދިނުމަށް އުލިގަމު ކައުންސިލުން މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް ޢަލީ ވަޙީދުގެ އަރިހުން އެދެފިއެވެ. މިއަދު އެކައުންސިލުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއަށް އެޑްރެސް ކުރައްވާ ފޮވުނި ސިޓީގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް (ކޯވިޑް-19) ބަލިން ރައްކާތެރިވުމަށް ޤާނޫނު ނަންބަރު 7/2010 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން ރާއްޖޭގައި […]

އަލީ އާދިލް
ސަފާރީއަކުން ޓެސްޓުކުރި 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ސަފާރީއަކުން ޓެސްޓުކުރި 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް ސަފާރީއަކުން އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ޕޮސިޓިވް ވެފައިވަނީ ސަފާރީން އައިސޮލޭޓްކުރި ދެ މީހުންނެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 13އަށް އަރާފއިވާއިރު މި އެންމެންނަކީވެސް ބިދޭސީންނެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ މުވައްޒަފުން ހިމެނެއެވެ. ކޯވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮސިޓިވްވެފައިވަނީ: – ކުރެއްދޫ އައިލެންޑް ރި...

ޝިއުނާ އާދަމް
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުގެ އޮފީސްތަކުން އަޅާނެ ފިޔަވަޅުތައް ކަނޑައަޅައިފި

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުގެ އޮފީސްތަކުން އަޅާނެ ފިޔަވަޅުތައް ކަނޑައަޅައިފި

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އަކީ ފަސޭހައިން ގައިންގަޔަށް އަރާ ރޯގާއަކަށްވެފައި އެ ރޯގާ ރާއްޖޭގައިވެސް ފެތުރެމުންދާތީ، އެ ރޯގާ ފެތުރުން ކުޑަކުރުމަށާއި، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސަރުކާރުގެ އޮފީސްތަކުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުގެ އޮފީސްތަކުގައި އަޅަންވީ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ސިވިލް ސަރވިސް ކޮމިޝަނަށް އަންގަވައިފިއެވެ. މިގޮތުން އަޅަންވީ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ އެކަމާބެހޭގޮތުން 2020 މާރިޗު 12 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މ...

އިބްރާހިމް އަސްވާޤް
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވަން ނިންމައިފި

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވަން ނިންމައިފި

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް ހޯމް މިނިސްޓްރީއިން ނިންމައިފިއެވެ. ހޯމް މިނިސްޓްރީއިން ބުނެފައިވަނީ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނުބާއްވާގޮތަށް ނިންމީ ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން ބާރު އަޅަމުންދާތީއެވެ. އަދި އެނިންމުން ނިންމީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ އެގްޒެކްޓިވް ކޮމިޓީގެ ލަފާގެ މަތިންކަމަށާއި، އެނިންމުން ނިންމި ނަމަވެސް ގިނަ މީހުން އެއްވުން ނުހިމެނޭގޮތަށް ޝަހީދުން...

ޔުމްނާ ޢަލީ
އިންތިޚާބުގެ ވޯޓުލާ ދުވަސް ފަސްކުރުމުގެ ލަފައަކަށް އެދި އީސީއިން ހައިކޯޓަށް

އިންތިޚާބުގެ ވޯޓުލާ ދުވަސް ފަސްކުރުމުގެ ލަފައަކަށް އެދި އީސީއިން ހައިކޯޓަށް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލާ ދުވަސް އިތުުރަށް ލަސްކޮށް ދިނުމުގެ އަމުރަކަށްއެދި އެދި އިލެކްޝަންސް ކޮމިޝަނުން ހައިކޯޓުގައި އެދިއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ހައިކޯޓުގައި އެދިފައިވާނީ ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެއްޖެކަމަށް އެޗްޕީއޭއިން ކަނޑައަޅުމަށްފަހު ދެން ވޯޓުލުން ކުރިއަށްގެންދާނެ ތާރީޚެއްގައި ކަނޑައެޅ...

އިބްރާހިމް އަސްވާޤް
މަކުނުދޫން ނަމޫނާ ދައްކަނީ!

މަކުނުދޫން ނަމޫނާ ދައްކަނީ!

ކޮވިޑް-19 އިން ހދ. މަކުނުދޫ ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް އެރަށުގެ ކައުންސިލާއި، ހެލްތު ސެންޓަރާއި، ކޮވިޑް-19 މަކުނުދޫ ޓާސްކު ފޯހާއި، އަދި އެނޫންވެސް ކަމާއިބެހޭ ފަރާތްތަކުން ގުޅިގެން ނަމޫނާ މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ. އެގޮތުން އެރަށުގެ ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ރައްޔިތުން އަމަލުކޮށް، ސަމާލުކަންދޭންވީ ގޮތުގެ އިރުޝާދުތައް އެކައުންސިލުން ދަނީ ދެމުންނެވެ. އެގޮތުން ރައްޔިތުން ސަމާލުވުމަށް އެދި އާންމުކޮށްފައިވާ އިރުޝާދުތައް: އަތޮޅުގެ އެއްރަށުން އަނެއް ރަ...

އަލީ އާދިލް