ކޮވިޑް-19އަށް ރަށްކާތެރިވުމަށް އެދި ކ. ހުރާގައި ތަކުބީރު ކިޔައިފިއެވެ.
މިރޭ އިޝާނަމާދަށްފަހު އެރަށުގައި ތަކުބީރު ކިޔާފައިވަނީ އެރަށުގެ އާންމުންގެ ބަޔަކު އިސްނަގައިގެންނެވެ.
ކ. ހުރާގައި ކޮވިޑް-19 އިން ސަލާމަތަށް އެދި ތަކުބީރު ކިޔުމުގައި އެރަށުގެ ތިރީހަކަށް ފިރިހެނުން ބައިވެރިވެ، ރަށުގެ ހުރިހާ ބޮޑެތި މަގުތަކުގައި ހިނގާފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ރާއްޖެއަށް ކޮވިޑް-19ގެ ނުރައްކާ ކުރިމަތި ވެފައިވާއިރު މިހާތަނަށް 13 މީހުން ވަނީ އެވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!