ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް ހޯމް މިނިސްޓްރީއިން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީއިން ބުނެފައިވަނީ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނުބާއްވާގޮތަށް ނިންމީ ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން ބާރު އަޅަމުންދާތީއެވެ. އަދި އެނިންމުން ނިންމީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ އެގްޒެކްޓިވް ކޮމިޓީގެ ލަފާގެ މަތިންކަމަށާއި، އެނިންމުން ނިންމި ނަމަވެސް ގިނަ މީހުން އެއްވުން ނުހިމެނޭގޮތަށް ޝަހީދުންގެ ދުވަސް ފާހަގަކުރާނެކަމަށެވެ.

Ad
rt

ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް މިއަހަރު ރާވާފައިވާ ހަރަކާތްތަކަކީ ޓީވީ ޗެނަލްތައް މެދުވެރިކޮށް ދުވަހާ ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިއުމާއި، ދުވަހާގުޅޭ ޚާއްޞަ ވީޑިއޯ ރިޕޯރޓެއް ދެއްކުމެވެ. މީގެއިތުރުން ދުވަހާގުޅޭ މުޙިއްމު މައުލޫމާތުތައް ސޯޝަލް މީޑިޔާގެ ޒަރީޔާއިން ޙިއްޞާކުރުމެވެ.

މިއަހަރުގެ ޝަހީދުންގެ ދުވަސް ދިިމާވަނީ މިމަހުގެ 25 ވަނަ ދުވަހާއެވެ.