މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,360 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2017 ވަނަ ޞަފްޙާ

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން ފުނަދޫއަށް އަރާ ފޭބުން މަނާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން ފުނަދޫއަށް އަރާ ފޭބުން މަނާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓުތަކުން ށ. ފުނަދޫއަށް އަރާ ފޭބުން މަނާކޮށްފިއެވެ. ށ. ފުނަދޫ ކައުންސިލް އިދާރާއިން އިއްޔެ އެކައުންސިލް އިދާރާގެ ރަސްމީ ފޭސް ބުކް ޕޭޖްގައި އާންމު ކޮށްފައިވާ ލިޔުމެއްގައިވަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިއްޔެ ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެން އެއްވެސް ރިސޯޓަކުން މީހުން އެރަށަށް އެރުމާއި، އެރަށުން އެއްވެސް މީހަކު އެއްވެސް ރިސޯޓަކަށް ދިއުމަކީ މަނާ ކަމެއް ކަމަށެވެ. […]

ޔުމްނާ ޢަލީ
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 11 އަށް އަރައިފި

މާލެ އަތޮޅުގައި ހިންގަމުން އަންނަ އަނަންތަރާ ދިގު ރިސޯޓުން، އިތުރު ބިދޭސީއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ އެވެ. އެއީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 11 ވަނަ މީހާއެވެ. އެޗްޕީއޭ އިން ބުނީ އަނަންތަރާ ދިގު ރިސޯޓުން ޕޮޒިޓިވްވި މީހާ ހުރީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ކަމަށެވެ. އަނަންތަރަ ދިގު ރިސޯޓުން #ކޯވިޑް19 އަށް ޓެސްޓްކުރި ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެއްޖެ.މިފަރާތަކީ މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައިވާ ފަރާތެކެވެ. — Health Protecti...

ޝިއުނާ އާދަމް
ކޮވިޑް-19: ޓްރަމްޕް ނެގެޓިވް، ސްޕެއިންގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ޕޮޒިޓިވް

ކޮވިޑް-19: ޓްރަމްޕް ނެގެޓިވް، ސްޕެއިންގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ޕޮޒިޓިވް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 ނުވަތަ ކޯރޯނާވައިރަހަށް، ކުރެއްވި ޓެސްޓް ނެގެޓިވް ކަމަށް ވައިޓްހައުސް އިން ބުނެފި އެވެ. ޓްރަމްޕް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާއިރު، ސްޕެއިންގެ ބޮޑުވަޒީރުގެ އަނބިކަނބަލުން މާރިއާ ބެގަނޮވާ ގޮމޭޒް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުން ވަނީ ބުނެފި އެވެ. Spain’s government said Saturday that the wife of Prime Minister Pedro Sánchez, María Begoña Gómez Fernández, has tested positive for the […]

ޝިއުނާ އާދަމް
ޔޫރޯ 2020، އަންނަ އަހަރަށް ފަސްރުމާއި މެދު ގޮތެއް ނިންމަނީ

ޔޫރޯ 2020، އަންނަ އަހަރަށް ފަސްރުމާއި މެދު ގޮތެއް ނިންމަނީ

ކޮވިޑް-19 ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމާއި މެދު އަންނަ އަންގާރަ ދުވަހު ޔުއެފާއިން ގޮތެއް ނިންމާނެ ކަމަށް ބޭރުގެ ނޫހަކުން ބުނެފިއެވެ. އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހުން ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް 2021 ވަނަ އަހަރަށް ފަސްކުރުމާއި މެދު އަންނަ އަންގާރަ ދުވަހު ޔުއެފާއިން ގޮތެއް ނިންމާނެ ކަމަށެވެ. ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ ޔޫރަޕްގެ […]

ޝިއުނާ އާދަމް
އުތުރު 3 އަތޮޅުގައި ކަރަންޓިން 123 ޖާގަ، އައިސޮލޭޝަން 74 ޖާގަ ގާއިމު ކޮށްފި

އުތުރު 3 އަތޮޅުގައި ކަރަންޓިން 123 ޖާގަ، އައިސޮލޭޝަން 74 ޖާގަ ގާއިމު ކޮށްފި

ރާއްޖޭގެ 20 އަތޮޅެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލީޓީގެ ގޮތުގައި ޖުމްލަ 641 ޖާގަ މިހާރު ގާއިމްކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. އޭގެ ތެރޭގައި އުތުރު 3 އަތޮޅުކަމުގައިވާ ހއ. ހދ. އަދި ށ. އަތޮޅުގައި ވަނީ ކަރަންޓިން 123، އައިސޮލޭޝަން 74 ޖާގަ ގާއިމުކޮށްފައެވެ. އުތުރުގެ 3 އަތޮޅުގެ ޖާގަ: ހއ: ކަރަންޓިން 29، އައިސޮލޭޝަން 19 ހދ: ކަރަންޓީން 64، އައިސޮލޭޝަން 34 ށ: ކަރަންޓީން 30، އައިސޮލޭޝަން 21 ކޮވިޑް-19، އެމަޖެންސީ […]

އަލީ އާދިލް
ޓްރަމްޕް ކޮވިޑް-19އަށް ޓެސްޓްކުރައްވައިފި

ޓްރަމްޕް ކޮވިޑް-19އަށް ޓެސްޓްކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 ނުވަތަ ކޯރޯނާވައިރަހަށް، ޓެސްޓް ކުރައްވައިފިއެވެ. މިހާތަަނަށްވެސް ކޮރޯނާއަށް ޓެސްޓުކުރަން ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފައެވެ. އެކަމާ ގުޅިގެން ޓްރަމްޕްއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ކޯރޯނާގެ މައްސަލައިގެން ފާޑިކިޔުންތައް އަމާޒުވަމުން ދިޔަނަމަވެސް އެކަމަށް މާބޮޑު ފަރުވާލެއްނެތި ޓްރަމްޕް ގެންދެވީ އެކި ބޭފުޅުންނާ ސަލާމްވެސް ކުރައްވަމުންނެވެ. ކޮވިޑް-19 އަށް ޓެސްޓު ކުރެއްވީ އެކަން ކުރައްވަން ފެނިވަޑައިގަތުމުން ކަމަށާއި، ދެ ދުވަސްތެރޭ...

އިބްރާހިމް އަސްވާޤް
ގައުމީ ފެން ކުންފުނިން ކޮންމެ ގެއަކަށް އެއް ޓަނު ފެން ހިލޭ

ގައުމީ ފެން ކުންފުނިން ކޮންމެ ގެއަކަށް އެއް ޓަނު ފެން ހިލޭ

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، ކޮންމެ ގެއަކަށް އެއް ޓަނު ފެން ހިލޭ ދިނުމަށް އެމްޑަބްލިއުއެސްސީއިން ނިންމައިފި އެވެ. ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވި ގޮތުގައި، ކޮންމެ ގެއަކަށް ހިލޭ އެއް ޓަނު ފެން ދިނުމަށް އެމްޑަބްލިއުއެސްސީއިން ނިންމާފައިވާ ކަމަށެވެ. ރާއްޖޭގެ މިހާރު މިއޮތް ހާލަތުގައި އެ ކުންފުނިން މިގޮތަށް ނިންމެވުމުން އެކަމަށް މަބްރޫކް ވަނީ އެމްޑަބްލިއުއެސްސީއަށް ޝުކުރު އަދާކުރައްވާފައެވެ. މިހާތަނަށް ރާއްޖޭން ކޮރޯނާ ވައ...

އިބްރާހިމް އަސްވާޤް
ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި އެވެ. ޕޮލިސް އިންޓެލިޖެންސްއާއި ހއ ކެލާ ޕޮލިސް ގުޅިގެން، މަސްތުވާތަކެއްޗާއި ދެކޮޅަށް މިއަދު މެންދުރު 11:15 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންއެއްގައި 28 އަހަރުގެ ދިވެހި ފިރިހެނަކުއް ހައްޔަރުކޮއްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ، އޭނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން  ކެލާ ބަންދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން...

ޔުމްނާ ޢަލީ
އުގައިލްގެ ލަފަޔާއެކު އެތައް ބަޔެއްގެ ކަން ބޮޑުވުން!

އުގައިލްގެ ލަފަޔާއެކު އެތައް ބަޔެއްގެ ކަން ބޮޑުވުން!

ކޮވިޑު-19 ރާއްޖޭގައި ފެތުރޭނެ މިންވަރުން އެންމެ ގޯސް ހާލަތެއްގައި ލަފާ ކުރައްވައި ޕްރޮފެސަރު އުގެއިލު މިއަދު ކުރެއްވި ޓުވީޓާއި ގުޅިގެން ގިނަބަޔަކު ކަން ބޮޑުވެއްޖެއެވެ. އުގެއިލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެންމެ ގޯސް ހާލަތެއްގައި ރާއްޖެއިން 10،000 މީހުން ކޮވިޑް-19 ޖެހިގެން މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން އެއްވެސް ކަމެއް ނުކުރާނަމަ، އާބާދީގެ 65 އިންސައްތައަށް އެ ވައިރަސް ފެތުރި އޭގެތެރެއިން 3 އިންސައްތަ މީހުން މަރުވާނެ ކަމަށް […]

ހުސައިން ހަބީބް
ކީއްވެބާ؟ ކިހިނެތްބާ؟

ކީއްވެބާ؟ ކިހިނެތްބާ؟

އުފާފާގަތި މުސްތަގުބަލަކަށް ވާސިލުވެވޭނެގޮތް އަޅުގަޑުމެން ކޮންމެ މީހަކަށްވެސް ކޮންމެ ޖަމާއަތަކަށްވެސް، ހަމައެހެންމެ ކޮންމެ ގައުމަކަށްވެސް އެބައޮތެވެ. އެއީ މާތްﷲ އިންސާނުންނަށް ދެއްވި އެންމެބޮޑު ނިއުމަތުގެ ބޭނުންހިފައިގެންނެވެ. އާދެ، އެއީ އިންސާނާގެ ބުއްދިއެވެ. ބުއްދިއަކީ މާތްﷲ ދުނިޔޭގައި ލެއްވި ނިއުމަތްތަކުގެ ތެެރެއިން ހުސްނުވާ އަދި ވަކިމިންވަރެއްނެތް ހަމައެކަނި ނިއުމަތެވެ. އިންސާނާގެ ބުއްދީގެ މިންވަރެއްނެތެވެ. ހުސްވުމެއް ނެތެވެ. މިނިއުމަތުގެ ބޭނުން ހިފައިގެން، އެމީހަކަށް ނުވަތަ އެބަޔަކު ހިމެނޭ...

މުޙައްމަދު ޝިހާބް
ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ޕާކުތައް ބަންދުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ޕާކުތައް ބަންދުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ޕާކުތައް ބަންދުކޮށްފިއެވެ. އެނިންމުމާއި ގުޅިގެން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ އިރުޝާދުގެ މަތިން ކުޅުދުއްފުށީގެ ޕާކުތައް މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރެވިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރާކަމަށެވެ. އިތުރަށް އެކައުންސިލުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ މިދަނޑިވަޅުގައި އާންމުއެހެން ސަރައްދުތ...

ޔުމްނާ ޢަލީ
ކޮވިޑް19އިން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތަކެއް ސަރުކާރުން އަޅައިފި

ކޮވިޑް19އިން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތަކެއް ސަރުކާރުން އަޅައިފި

ޅ. ކުރެއްދޫ ރިސޯޓުން އިތުރު މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއިގުޅިގެން ރާޖޭގައި މިވައިރަސް އަށް ޕޮޒިޓިވް މީހުންގެ އަދަދު މިވަނީ10 އަކަށް އަރާފައެވެ. މިއާއިއެކު ސަރުކާރުން މިވަނީ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ގިނަ ކަންތައްތަކެއް ނިންމަވާފައެވެ. ދަރުބާރުގެ ގޭގައި ގައިިމުކޮށްފައިވާ ކޮރޯނާ ވައިރަސް އިމެޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުން ނިންމި ކަންކަން ވަނީ އިޢުލާން ކުރައްވާފައެވެ. ވިލިވަރުގެ ޖާގަ 100 އެނދަށް އިތުރުން ކޮރޯނާ ވަ...

އިބްރާހިމް އަސްވާޤް
މާލެ ސަރަހައްދުގެ ހޮޓާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މަނާކޮށްފި

މާލެ ސަރަހައްދުގެ ހޮޓާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މަނާކޮށްފި

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން މިރޭ 12 އިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ޓުރިސްޓުން ގެނައުން އެޗްޕީއޭއިން މަނާކޮށްފި އެވެ. މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް 14 ދުވަސް ވަންދެން މޭލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓަލާއި ގެސްޓްހައުސްތަކަށް ބިދޭސީ އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރެވިގެން ނުވާނެ ކަމަށެވެ. އެޗްޕީއޭ އިން ވެސް މިހާރު […]

ޝިއުނާ އާދަމް
ރިސޯޓުތަކުން އެހެން ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގައިފި

ރިސޯޓުތަކުން އެހެން ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގައިފި

ރިސޯޓުތަކުން އެހެން ރަށްރަށަށް ދަތުރުކުރުން މިއަދުން ފެށިގެން 14 ދުވަހަށް ހުއްޓާލުމަށް އެޗްޕީއޭއިން އަންގައިފިއެވެ. ކޮރޯނާވައިރަސް (ކޯވިޑު-19) ބަލި އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން ރިސޯޓުތަކުން ރާއްޖޭގެ މީހުންދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން މިއަދުގެ 18:0...

ޔުމްނާ ޢަލީ
ކޯވިޑް-19 އިން ރައްކާތެރިވުމަށް މާފުށީ ޖަލު ސާފުކުރުމުގެ މަސައްކަތް ފަށައިފި

ކޯވިޑް-19 އިން ރައްކާތެރިވުމަށް މާފުށީ ޖަލު ސާފުކުރުމުގެ މަސައްކަތް ފަށައިފި

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާފުށީ ޖަލުގެ އޮފިސަރުން މިއަދު އެ ޖަލު ސާފުކުރުމާއި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ. މާފުށީ ޖަލުގައި ކުރިއަށް ގެންދާ މި މަސައްކަތަކީ ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެގައި 30 ދުވަހަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅިގެން، މި ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުން އަދި ޖަލުތަކުގައި މަސައްކަތްކުރަމުންދާ އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކަލައްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން...

ޔުމްނާ ޢަލީ
ކުރެއްދޫން އަނެއްކާ ވެސް އިތުރު މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ

ކުރެއްދޫން އަނެއްކާ ވެސް އިތުރު މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ

ކުރެއްދޫ މޯލްޑިވްސްއިން ކޯވިޑް-19 އަށް ޓެސްޓުކުރި މީހުންގެ ތެރެއިން އިތުރު މީހަކު މި ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ، ކުރެއްދޫއިން މި ބައްޔަށް ޝަކުކުރެވޭ އަލާމަތްތައްހުރި 10 މީހެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުން އެކަކު ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާކަމަށެވެ. އަދި އަނެއް 9 މީހުންގެ ސާމްޕަލް މި ބައްޔަށް ނެގެޓިވްވެފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވިއެވެ. މިއާއެކު ރާއްޖޭން މި ބައްޔަށް ފެނުނު މީހުންގެ އަދަދު މިވަނީ 10 އަކަށް އިތުރުވެފައެވެ. ކުރެއްދޫއިން ޕޮސިޓިވް މީހާ މިހާރު ފަރުކ...

ޔުމްނާ ޢަލީ
ފެނަކަައިގައި މަސައްކަތް ކުރާ މާބަނޑު މީހުންނަށް ގޭގައި މަސައްކަތް ކުރެވޭގޮތް ހަދައިފި

ފެނަކަައިގައި މަސައްކަތް ކުރާ މާބަނޑު މީހުންނަށް ގޭގައި މަސައްކަތް ކުރެވޭގޮތް ހަދައިފި

ދުނިޔޭގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުން ދާތީ ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރާ މާބަނޑު އަންހެނުން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ. ފެނަކަ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކަލުން ދިވެހި ރައްޔިތުން އަދި ހާއްސަކޮށް ފެނަކައިގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މަ...

އިބްރާހިމް އަސްވާޤް
އެމެރިކާގައި ކުއްލި ޙާލަތު އިއުލާނުކޮށްފި

އެމެރިކާގައި ކުއްލި ޙާލަތު އިއުލާނުކޮށްފި

މިހާރު ފެތުރެމުންދާ ކޮވިޑް-19 (ނޮވެލްކޮރޯނާވައިރަސް) އާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގައި ސްޓޭޓް އޮފް އެމަރޖެންސީ (އެސްއޯއީ) އިއުލާނުކުރައްވައިފިއެވެ. އެމަނިކުފާނު ކުއްލި ޙާލަތު އިއުލާނު ކުރެއްވީ ހުކުރު ދުވަހު ވައިޓްހައުސްގައި އިންނަވައި ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަ ފުޅުގެ ތެރެއިންނެވެ. President Trump declares a national emergency to combat the coronavirus: “I’m urging every state to set up emergency operation centers effectively immediately” https://t.c...

ހުސައިން ހަބީބް