މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,365 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1987 ވަނަ ޞަފްޙާ

ދިރިއުޅުން އާ ވައްޓަފާޅިއަކަށް

ދިރިއުޅުން އާ ވައްޓަފާޅިއަކަށް

ކޯވިޑޭކިޔާ އާލަމީ ވަބާގެ ރަޖާގަނޑުގެ ދަށުގައި ދުނިޔެއެކޭ އެއްފަދައިން ރާއްޖެ ވެސް އޮތީ ބިރުން ސިހިސިހިއެވެ. މާދަމާވާނެ ގޮތެއް ނޭނގިފައެވެ. މި ވަބާއަށް ވެކްސިނެއް ނާންނަނީހެއް މި ސިހުމަކަށް ހަމަޖެހުމެއް ނާންނާނެއެވެ. އެކަމަށް އަދިވެސް ދުވަސް ނަގާނެއެވެ. އެ ވެކްސިނެއް ލިބިގެން އެންމެންނަށް ޖެހެންދެން ވެސް އަޅުގަނޑުމެން ދިރިއުޅުން ކުރިއަށް ގެންދަން އެބަޖެހެއެވެ. ރަށު ބަންދާއި ގޭބަންދާއި ފުރަބަންދަށް އަމިއްލައަށް ޙުކުމް ކުރެވިގެން ލޮލުންބޮލުން އެދި ޤަބޫލުވެގެން ތިބެން އެބަޖެހެއެވެ. މިއަދު އެހެން ނޫޅ...

ޢަބްދުﷲ ސަޢީދު
މަހިބަދޫ ބަނދަރުގައި ހުރި އުޅަނދުތަކެއްގައި އަލިފާން ރޯވެއްޖެ

މަހިބަދޫ ބަނދަރުގައި ހުރި އުޅަނދުތަކެއްގައި އަލިފާން ރޯވެއްޖެ

އދ. މަހިބަދޫ ބަނދަރުގައި ހުރި އުޅަނދުތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރި ވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ އދ. މަހިބަދޫ ބަނދަރުގައި ހުރި އުޅަނދުތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ ޓީމު ހަރަކާތްތެރި ވާން ފަށާފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ފަތިހު 5:45 ގައި ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. މިހާދިސާ ހިނގި ސަރަޙައްދުގައި މަހިބަދޫ ޕ...

ޔުމްނާ ޢަލީ
އިންޑިޔާގެ 2 ސަރަޙައްދެއްގައި ތިބި ދިވެހިން ރާއްޖެ ގެނެސްފި

އިންޑިޔާގެ 2 ސަރަޙައްދެއްގައި ތިބި ދިވެހިން ރާއްޖެ ގެނެސްފި

އިންޑީއާގެ ބެންގަލޫރާއި ކޮޗިންގައި ތިބި 159 ދިވެހިން ރާއްޖެއަށް ގެނެސްފިއެވެ. މޯލްޑިވިއަން އިން މިކަން ހާމަކޮށް މިއަދު ކުރިި ޓުވީޓްގައި ބުނެފައިވަނީ އިންޑިއާގެ ބެންގަލޫރު އަދި ކޮޗިންގައި ތިބި ދިވެހިން މޯލްޑިވިއަންގެ ފްލައިޓުގައި ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން މިއަދު އައި ފްލައިޓުގައި ޖުމްލަ 159 ފަސިންޖަރުން ގެނެސްފައިވާކަމަށް މޯލްޑިވިއަން އިން ބުނެއެވެ. އެ ފްލައިޓު ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ ގާތްގަނޑަކަށް މިއަދު މެނދުރު 1:00 ހާއިރިކަމަށް މޯލްޑިވިއަނުނ...

ޖަލްވާން ޖާދުﷲ
ރާއްޖޭގައި 98،000 މީހުން ކޯވިޑް19 އަށް ފައްސި ވެދާނެ ކަމުގެ ބިރުވެރި އިންޒާރެއް!

ރާއްޖޭގައި 98،000 މީހުން ކޯވިޑް19 އަށް ފައްސި ވެދާނެ ކަމުގެ ބިރުވެރި އިންޒާރެއް!

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން އެޗްޕީއޭއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މައުލޫމާތު މިރޭ ސަރުކާރުން ހާމަ ކޮށްފިއެވެ.މިވައިރަސްގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ވަބާއާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ، 98،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި ދާނެ ކަމަށް ލަފާ ކުރެވޭކަމަށް އެ ރިޕޯޓުގައި ލަފާ ކޮށްފައިވެއެވެ. އެރިޕޯޓުގެ މައުލޫމާތުތައް މީޑިއާއާއި ހިއްސާ ކުރެއްވީ ކޯވިޑް-19 ގެ މައުލޫމާތު ދިނުމަށް މިރޭ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބަ...

ޝިއުނާ އާދަމް
ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ!

ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ!

މިއަދަކީ ފަޚުރުވެރި ދިވެހި ބަހުގެ ދުވަހެވެ. މި ލޮބުވެތި ދިވެހި ޤައުމަށް އަމިއްލަ ބަހެއް ލިބިފައިވުމީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ފަޚުރެއްކަން ޔަޤީނެވެ. ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއްބައިކަން ކަށަވަރެވެ. ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސް ކުރަމެވެ. ދިވެހި ބަހުގެ ދުވަހާއި ގުޅިގެން މީސް މީޑިއާގެ ތެރެއަށް ފީނާލައި، ބައެއް ޓުވީޓުތައް މިތާނގައި ހިއްސާކޮށްލާނަމަވެ. ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީ...

ޔުމްނާ ޢަލީ
އިތުރު ދެ ދިވެއްސަކު ކޯވިޑް19 އިން ރަނގަޅުވެއްޖެ

އިތުރު ދެ ދިވެއްސަކު ކޯވިޑް19 އިން ރަނގަޅުވެއްޖެ

ރާއްޖޭން ކޮވިޑް 19 އަށް ޕޮޒިޓިވްވި އިތުރު ދެ ދިވެއްސަކު އެބަލިން ރަނގަޅުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭ އިން މިރޭ ބުނީ ކޮރޯނާ އަށް ޕޮޒިޓިވް ވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެ ދިވެއްސަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. “އެދެމީހުންގެ ޓެސްޓު ޑަބަލް ނެގެޓިވް ވުމުން ދެ މީހުން ބަލިން ރަނގަޅުވެފައިވާކަމަށް ވަނީ ނިންމިފައި،” އެޗްޕީއެ އިން ބުންޏެވެ. ރާއްޖެއިން މިހާތަނަށް ޖުމްލަ ފަސް ދިވެއްސަކު މި ބައްޔަށް […]

ޝިއުނާ އާދަމް
ފީވަކުގައި ހަމަނުޖެހުން ހިންގި ދެމީހުން ހައްޔަރުކޮށްފި

ފީވަކުގައި ހަމަނުޖެހުން ހިންގި ދެމީހުން ހައްޔަރުކޮށްފި

ށ. ފީވަކު ސްކޫލްގައި އެރަށުގެ ކޮވިޑް-19 ޓާސްކްފޯސްއިން ބޭއްވި ބައްދަލުވުމެއްގައި ހަމަނުޖެހުން ހިންގި ދެމީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިމައްސަލާގައި ޙައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރާއި 28 އަހަރުގެ ދިވެހި ދެފިރިހެނުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ބުނީ، މިމަހުގެ 13 ވަނަ ދުވަހުގެ ރޭ މިމާރާމާރީގެ ރިޕޯރޓް ލިބުމާއި ގުޅިގެން ފުލުހުން އެތަނަށް ދިއުމުން މިދެމީހުންވެސް ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގާފައިވާކަމަށެވެ. މިދެމީހުންވެސް ޙަ...

ޝިއުނާ އާދަމް
ނަރުދޫގައި ހުރި "ލޭ" ފާޑުގެ އެއްޗެއް އަންނަ، އާދަޔާއި ހިލާފު ގަސް!

ނަރުދޫގައި ހުރި "ލޭ" ފާޑުގެ އެއްޗެއް އަންނަ، އާދަޔާއި ހިލާފު ގަސް!

މިއީ މަސްހޫރު ށ. ނަރުދޫގައި ހުންނަ އާދަޔާއި ހިލާފުކަމެއް ފެންނަން ހުރި ގަހެއްގެ ވާހަކައެކެވެ. މިގަހަށް އެރަށުމީހުން ކިޔާއުޅެނީ “ނަން ނޭނގޭ ގަސް” ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެއެވެ. އެރަށު ޒުވާނެއް ކަމުގައިވާ އަލީ ރަމްޒީ މައުލޫމާތުދިން ގޮތުގައި މިހާރުވެސް އެގަހުގެ ގޮތްޕެއް ކަނޑާލިޔަސް ގަހުންއަންނަ ކިރުގެ ބަދަލުގައި އަންނަނީ ރަތްކުލައިގެ ލޭ، ފާޑުގެ އެއްޗެއް ކަމަށެވެ. ރަށުގެ ކައުންސިލް ކުރިމައްޗަށްވާ ގޮތަށް ހެދިފައި ހުރި މިގަހަށް މިހާރު 100 (ސަތޭކަ ) އަހަރަށްވުރެ ގިނަދުވަސްވެފައިވާކަމަށ...

އަލީ އިބްރާހިމް
ކުޑަކުދިންނަށް ކޯވިޑް-19 ގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޔުނިސެފް އިން ޚާއްސަ ވާހަކަ ފޮތެއް

ކުޑަކުދިންނަށް ކޯވިޑް-19 ގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޔުނިސެފް އިން ޚާއްސަ ވާހަކަ ފޮތެއް

ކުޑަކުދިންނަށް ކޮވިޑް-19 ގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ 50 ޖަމްއިއްޔާއަކުން ގުޅިގެން ވާހަކަ ފޮތެއް ތައާރަފް ކޮށްފިއެވެ.  އޭރިއޯ ނަމަކަށް ކިއާ ހިޔާލީ ކެރެކްޓަރ އެއް ހިމެނޭ މިވާހަކައިގައި ކުޑަކުދިންނަށް އެކުދިންނާއި އާއިލާ އަދި އެކުވެރިން ކޮވިޑް-19 އިން  ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ވަނީ ހިމަނާފައެވެ. އަދި ދިރިއުޅުމަށް އަންނަމުން މިދާ ބަދަލުތަކުގެ ސަބަބުން އުފެދޭ އިހުސާސްތަކާއި ނަފްސާނީ ކަންތައްތަކާއި ކުރިމަތިލާނެ ގޮތުގެ މައުލޫމާތު ވެސް ހިމެނެއެވެ. https:/...

އައިމިނަތު ޔުމްނާ
ފެރިދޫން ކާށިތަކެއް ނީލަން ކިޔަނީ

ފެރިދޫން ކާށިތަކެއް ނީލަން ކިޔަނީ

އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ ކާށިތަކެއް ނީލަން ކިޔުމަށް ބޭނުންވެގެން އިޢުލާންކޮށްފިއެވެ. މިއަދު އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ 07 މާރޗް 2020 ވީ ހޮނިހިރު ދުވަހާއި 21 މާރޗް 2020 ވީ ހޮނިހިރު ދުވަހާއި 04 އޭޕްރީލް 2020 ވީ ހޮނިހިރު ދުވަހު ކާށި ވާ ދޫކޮށް ލިބިފައިވާ ކާށިކަމަށް ބުނެފައިވެއެވެ. އެ ގޮތުން އެކައުންސިލަށް ލިބިފައިވާ ކާށި ނީލަންކިޔުން 23 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އެކައުންސިލް […]

އަލީ އިބްރާހިމް
ފިހާރައެއް ފަޅާލައި ބައިލައްކައެއްވުރެ ގިނަ ރުފިޔާ ވަގަށްނެގި 2 މީހަކު ހައްޔަރުކޮށްފި

ފިހާރައެއް ފަޅާލައި ބައިލައްކައެއްވުރެ ގިނަ ރުފިޔާ ވަގަށްނެގި 2 މީހަކު ހައްޔަރުކޮށްފި

ފިހާރައެއް ފަޅާލައި ބައިލައްކައެއްވުރެ ގިނަ ރުފިޔާ ވަގަށްނެގި 2 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ. މާލެގައި ހުންނަ ބިޒްމޮބައިލް ފިހާރަ ފަޅާލި ދެމީިހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ މާރޗްމަހުގެ 23 ވަނަ ދުވަހައިި އެމަހުގެ 30 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ބުނެފައިވަނީ ފުލުހުންނަށް ހުށަހެޅި މިވައްކަމުގެ މައްސަލައިގައި 75000 ރުފިޔާއަށްވުރެން ގިނަ ފައިސާގެ ތަކެތި ވަގަށް ނަގާފައިވާކަމަށް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ހާމަކޮށްފައިވެއެވެ. މީގެއިތުރުން އެތަކ...

އަލީ އިބްރާހިމް
އެސްޓީއޯއިން ވިއްކާ ފިޔާ އަލުވި އަދި ބިހުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ފިޔާ އަލުވި އަދި ބިހުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ. މިއަދު އެސްޓީއޯއިން ގެނައި މި ބަދަލާއެކު ކުރިން 15 ރުފިޔާއަށް ލިބެންހުރި ފިޔާ ކިލޯއެއް 11 ރުފިޔާއަށް ލިބޭނެއެވެ. އަދި އަލުވި ކިލޯއެއް 12 ރުފިޔާއަށް އަދި ބިހެއް 1.50 ރުފިޔާއަށް ލިބޭނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. މީގެ އިތުރުން ކުރިން 325 ރުފިޔާއަށް ހުރި ފިޔާ ބަސްތާއެއް މިހާރު 255 ރުފިޔާއަށް ލިބޭނެކަމަށެވެ. ބިސް ކޭސް ކުރިން 290 އަށް […]

އަލީ އާދިލް
ދިވެހިބަހުގެ ޝުޢޫރު

ދިވެހިބަހުގެ ޝުޢޫރު

ތިބާ އަހުރެން ދަންނަމުހެއްޔެވެ؟ މިއީ ތިބާގެ މާދަރީ ބަހެވެ. ތިބާގެ މަންމަގެ އުނގުން ދަސްކުރި ބަހެވެ. ތިބާއަށް އެންމެ ފުރަތަމަ ވާހަކަ ދައްކާ އަޑު އިވުނު ބަހެވެ. ތިބާއަކީ ކާކުކަން ބުނެދިން ބަހެވެ. ތިބާ ތިބާއަށް ހަދައިދިން ރީތި ދިވެހިބަހެވެ. ތިބާ އަހުރެން ދެކެ ލޯބި ވަމު ހެއްޔެވެ؟ ނުވަންޏާ ނުވަނީ ކީއްވެހެއްޔެވެ؟ ތިބާއަށް ލޯބި އެއީ ކޮން އެއްޗެއްކަން ނޭނގެނީ ހެއްޔެވެ؟ އަހުރެން ހައިރާނެއް ނުވަމެވެ. މި ދުނިޔޭގައި އެ މީހަކު ބަނޑުއަޅައި ވިހޭ މައި […]

ޢަބްދުﷲ ސަޢީދު
ޤައުމު އުފަލުން ރޮއްވާލި ގޯލު

ޤައުމު އުފަލުން ރޮއްވާލި ގޯލު

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ނުދެކޭ ސިޔާސީ ވާދަވެރި އާ ރޭހަކަށް ޤައުމު ތައްޔާރުވަމުން ދިޔަ ވަގުތެވެ. ޤައުމެއްގެ ހަޔާތުގައި ސިޔާސީ ގޮތުން ބަޔަކު ބައިބައިވެފައި އޮންނާނީ އެހާކަންހާވަރަށެވެ. އެކަމަކު 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗުގައި މުޚުތާރު ނަޞީރު (ޓޫކިލޯ) ވައްދާލި ހިތްގައިމު ގޯލާއެކު މުޅި ޤައުމު އުފަލުން ރޮއްވާލިއެވެ. ބައިބައިވެ ކަފިކަފިވެފައިވާ ފިކުރުތައް ޤައުމީ ރޫޙުން ބަނދެލައިދިނެވެ. އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ވިންދު ދިވެހި ފަސްގަނޑުގައި އަލުން ޖ...

ޢަބްދުﷲ ސަޢީދު
ހުޅުމާލެ ތެރެއަށް ކުނި ނޭޅުމަށް އެޗްޑީސީއިން އިލްތިމާސްކޮށްފި

ހުޅުމާލެ ތެރެއަށް ކުނި ނޭޅުމަށް އެޗްޑީސީއިން އިލްތިމާސްކޮށްފި

ހުޅުމާލެ ތެރެއަށް ކުނި ނޭޅުމަށާއި، ރަށުތެރެ ސާފުކޮށް ބާއްވައި ދިނުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޑިސީއިން ބުނީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަދު ކުރުމަށާއި، މޫދޫ، ގޮނޑުދޮށް މަގުތަށް ނުވަތަ ދިރިއުޅޭ ސަރަހައްދަށްވިއަސް ކުނިއެޅުން ހުއްޓާލުމަށް އިލްތިމާސް ކުރާ ކަމަށެވެ. މިކަން ހާމަކޮަށް އެޗްޑީސީއިން ކުރި ޓުވީޓްގައި ބުނެފައިވައިގޮތުގައި ހޯމަ ދުވަހު ހުލުމާލެ ފަޅުތެރެއިން އެކަނިވެސް ބޮޑެތި 20 ޖަމްބޯ ބޭގްގެ ކު...

އައިމިނަތު ޔުމްނާ
ކޮވިޑް-19: ބަލި ޖެހުނުމީހުންގެ ޢަދަދު 1.9 މިލިއަނުން މައްޗަށް

ކޮވިޑް-19: ބަލި ޖެހުނުމީހުންގެ ޢަދަދު 1.9 މިލިއަނުން މައްޗަށް

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 1.9 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ. މިހާތަނަށް މިބަލި ވަނީ ދުނިޔޭގެ 1,924,288 މީހުންނަށް ޖެހިފައެވެ. މިބަލި ފެތުރޭ ބާރުމިނަށް ބަލާއިރު، މިރޭ ނުވަތަ މާދަމާ މި ޢަދަދު ދެ މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ. އިއްޔެ ބަލި ބަލި ޖެހުނު މީހުންގެ ޢަދަދަށް ލައްކައެއް އިތުރުވި އިރު، މިއީ ޖެހި ޖެހިގެން ލައްކައެއް އިތުރުވި 4 ވަނަ ދުވަހެވެ. މިބަލި އިއްޔެ އެކަނިވެސް […]

އަލީ އާދިލް
އެޕޯލޯ އޮފީސް ފަޅާލައި 2 މިލިއަނަށް ވުރެ ގިނަ ފައިސާގެ ވަށްކަމެއް!

އެޕޯލޯ އޮފީސް ފަޅާލައި 2 މިލިއަނަށް ވުރެ ގިނަ ފައިސާގެ ވަށްކަމެއް!

ކޮންސްޓްރަކްޝަން ސާމާނާއި ހާޑްވެއާ ސާމާނު އެތެރެކުރާ ރާއްޖޭގެ ވިޔަފާރި ކުންފުންޏެއްކަމަށްވާ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ ތިޖޫރީ ފަޅާލައި 2 މިލިއަނަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފިއެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަަމަށެވެ. އެގޮތުން އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ފަޅާލައި، އޮފީހުގައި ހުރި ތިޖޫރީން 1.7 މިލިއަން ރުފިޔާއާއި، 2،200 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާކަމަށް ރިޕޯޓްތައް...

ޝިއުނާ އާދަމް
ރާއްޖެތެރޭގެ 48 ރަށެއް ބޯފެނަށް ޖެހިއްޖެ

ރާއްޖެތެރޭގެ 48 ރަށެއް ބޯފެނަށް ޖެހިއްޖެ

ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ރާއްޖެއިން ބޯފެނަށް ޖެހިގެން ރާއްޖެތެރޭގެ ގިނަ ރަށްރަށުން އެހީތެރިކަމަށް އެދޭއިރު މިއަހަރުގެ މިހާތަނަށް 48 ރަށަކުން ބޯފެނަށް ޖެހިގެން އެހީތެރިކަމަށް އެދިފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ރާއްޖޭގެ ބައެއް ނޫސްތަކަށް މަޢުލޫމާތު ހިއްސާ ކުރަމުން ބެނެފައިވަނީ 15 އަތޮޅެއްގެ 48 ރަށަކުން ފެނަށް ޖެހިގެން އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އެމިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ އެ ރަށްތަކަށް ފެން ފޯރުކޮށް ދެމުން ގެންދާ ކ...

އަލީ އާދިލް