މިއަދަކީ ފަޚުރުވެރި ދިވެހި ބަހުގެ ދުވަހެވެ. މި ލޮބުވެތި ދިވެހި ޤައުމަށް އަމިއްލަ ބަހެއް ލިބިފައިވުމީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ފަޚުރެއްކަން ޔަޤީނެވެ. ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއްބައިކަން ކަށަވަރެވެ.
ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސް ކުރަމެވެ.
ދިވެހި ބަހުގެ ދުވަހާއި ގުޅިގެން މީސް މީޑިއާގެ ތެރެއަށް ފީނާލައި، ބައެއް ޓުވީޓުތައް މިތާނގައި ހިއްސާކޮށްލާނަމަވެ.
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީޓު:
ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނަށް އަރިސްކުރަން. ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ރަމްޒު އަދި ދިވެހި ޤައުމިއްޔަތުގެ ހިތް. އެއީ އަޅުގަނޑުމެން ހުރިހާ ދިވެހިން ގުޅުވާލަދޭ ފާލަން.
— Ibrahim Mohamed Solih (@ibusolih) April 14, 2020
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިޞލް ނަސީމް ކުރެއްވި ޓުވީޓު:
ދިވެހި ބަހަކީ ދިވެހިންގެ ދިވެހި ވަންތަކަން ރަމްޒުކޮށްދޭ އެންމެ ފުރަތަމަ ނިޝާން، ދިވެހި ބަހުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން.
— Faisal Naseem (@FaisalNasym) April 14, 2020
ފަންނާއި ސަޤާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫނު ކުރެއްވި ޓުވީޓު ތަކުގެ ތެރެއިން:
ކުރީގެ ރައީސް ރައީސް އަލްއުސްތާޛް މައުމޫން އަބުދުލް ޤައްޔޫމު ކުރެއްވި ކުރީޓު:
ދިވެހި ބަހަކީ ދިވެހިވަންތަ ކަމުގެ ބިންގާ. ދިވެހިބަހުގެ ދުވަހުގެ ތަހުނިޔާ ލޮބުވެތި ދިވެހި ރައްޔިތުންނަށާއި ދިވެހި ބަހަށް ލޯބި ކުރައްވާ އެންމެހައި ފަރާތް ތަކަށް ދަންނަވަން.#ދިވެހިބަހުގެދުވަސް2020@yumna_maumoon @MoACHmv @presidencymv @dhivehiacademy @MRM_Office
— Maumoon Abdul Gayoom (@maumoonagayoom) April 14, 2020
ދިވެހި ބަހުގެ އެކަޑަމީގެ ޓުވީޓެއް:
އަހަރެން ދިވެހިބަސް ދެކެ ލޯބިވޭ.
ތިބާޔޯ؟
އިސްކިރީނު ޝޮޓެއް ނަގައިފައި ހިއްސާކޮށްލާ#ދިވެހިބަހުގެދުވަސް2020 pic.twitter.com/b5Fwlbazyi— Dhivehibahuge Ekedamee (@DhivehiEkedamee) April 13, 2020
މިލަންދޫ ސްކޫލްގެ ޓުވީޓު:
ދިވެހިބަހުގެ ދުވަސް
14 އެޕްރީލް 2020 - އަންގާރަ
-------------------ފޮތް ކިޔުމާއި މުއާމަލާތު ކުރުން: އިސްކަން ދިވެހިބަހަށް@MoEdumv @aisthly @DhivehiEkedamee #ދިވެހިބަހުގެދުވަސް2020 pic.twitter.com/Afr1Z9DRiv
— Milandhoo School (@milandhooschool) April 14, 2020
ބައެއް ކުންފުނި ތަކުގެ ޓުވީޓުތައް:
ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ބަހަށް ލޯބި ކުރައްވާ އެންމެހައި ފަރާތްތަކަށް ދަންނަވަން.#ދިވެހިބަހުގެދުވަސް2020 #ދިވެހިބަސްއަހަރުމެންގެފަޚުރު pic.twitter.com/S579AFhika
— MTCC Plc (@MTCCPlc) April 14, 2020
#ދިވެހިބަހުގެދުވަސް2020 pic.twitter.com/SUAOOBdUxV
— STO (@stoplc) April 14, 2020
މިއަހަރުގެ ދިވެހި ބަހުގެ ޝިޢާރާއި އެއްގޮތަށް ހުރިހައި ދިވެހީންވެސް ފޮތް ކިޔުމުގައާއި މުޢާމަލާތް ކުރުމުގައިވެސް ދިވެހި ބަހަށް އިސްކަންދެމާ! ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ އެންމެހައި ދިވެހީންނަށް އަރިސްކުރަން. pic.twitter.com/mY9g067yTc
— Ooredoo Maldives (@OoredooMaldives) April 14, 2020
2020 ވަނަ އަހަރުގެ ދިވެހި ބަހުގެ ދުވަހަށް ދިވެހި ބަހުގެ އެކަޑަމީއިން ކަނޑައަޅުއްވާފައިވާ ޝިއާރަކީ "ފޮތްކިޔުމާއި މުއާމަލާތް ކުރުން: އިސްކަން ދިވެހި ބަހަށް" މިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!