ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 1.9 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ. މިހާތަނަށް މިބަލި ވަނީ ދުނިޔޭގެ 1,924,288 މީހުންނަށް ޖެހިފައެވެ.
މިބަލި ފެތުރޭ ބާރުމިނަށް ބަލާއިރު، މިރޭ ނުވަތަ މާދަމާ މި ޢަދަދު ދެ މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ. އިއްޔެ ބަލި ބަލި ޖެހުނު މީހުންގެ ޢަދަދަށް ލައްކައެއް އިތުރުވި އިރު، މިއީ ޖެހި ޖެހިގެން ލައްކައެއް އިތުރުވި 4 ވަނަ ދުވަހެވެ.
މިބަލި އިއްޔެ އެކަނިވެސް 71,589 މީހުންނަށްވަނީ ޖެހިފައެވެ. މިބަލީގައި އިއްޔެ 5,423 މީހުންވަނީ މަރުވެފައެވެ.
ކޮވިޑް-19 ދުނިޔެ ،14 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- ފައްސިވި މީހުންގެ ޢަދަދު: 1,924,288
- މަރުވި މީހުންގެ ޢަދަދު: 119,654
- ރަނގަޅުވި މީހުންގެ ޢަދަދު: 444,832
ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް
- 2020 ޖެނުއަރީ 19، 100 މީހުން
- 2020 ޖެނުއަރީ 24، 1،000 މީހުން
- 2020 ފެބްރުއަރީ 12، 50،000 މީހުން
- 2020 މާރިޗް 6، 100،000 މީހުން
- 2020 މާރިޗް 18، 200،000 މީހުން
- 2020 މާރިޗް 21، 300،000 މީހުން
- 2020 މާރިޗް 24، 400،000 މީހުން
- 2020 މާރިޗް 28، 600،000 މީހުން
- 2020 މާރިޗް 29، 700،000 މީހުން
- 2020 މާރިޗް 31، 800،000 މީހުން
- 2020 އޭޕްރިލް 1، 900،000 މީހުން
- 2020 އޭޕްރިލް 2، 1،000،000 މީހުން
- 2020 އޭޕްރިލް 3، 1،100،000 މީހުން
- 2020 އޭޕްރިލް 4، 1،200،000 މީހުން
- 2020 އޭޕްރިލް 6، 1،300،000 މީހުން
- 2020 އޭޕްރިލް 8، 1،500،000 މީހުން
- 2020 އޭޕްރިލް 10، 1،600،000 މީހުން
- 2020 އޭޕްރިލް 11، 1،700،000 މީހުން
- 2020 އޭޕްރިލް 12، 1،800،000 މީހުން
- 2020 އޭޕްރިލް 13، 1،900،000 މީހުން
އެމެރިކާ
މިބަލި ކޮންޓްރޯލް ނުވެ އެންމެ ބާރު މިނެއްގައި ފެތުރެނީ އެމެރިކާގައިއެވެ. އެންމެ ގިނަ މީހުނަށް ބަލިޖެހި، މަރުވީވެސް އެ ޤައުމުންނެވެ. މިބަލި ބާރު މިނުނުގައި ފެތުރުނު ޔޫރަޕްގެ ގިނަ ޤައުމުތަކުގައި ކޮންމެވެސް މިންވަރަކަށް ބަލި ވަނީ ކޮންޓްރޯލު ކުރެވިފައެވެ.
- އިއްޔެ އަލަށް އެމެރިކާގައި ބަލި ޖެހުނު މީހުންގެ ޢަދަދު: 26,641
- އިއްޔެ އަލަށް އެމެރިކާގައި ބަލީގައި މަރުވި މީހުންގެ ޢަދަދު: 1,535
- އިއްޔެގެ ނިޔަލަށް އެމެރިކާގައި ބަލި ޖެހުނު މީހުންގެ ޢަދަދު: 586,941
- އިއްޔެގެ ނިޔަލަށް އެމެރިކާގައި ބަލީގައި މަރުވި މީހުންގެ ޢަދަދު: 23,640
- އިއްޔެގެ ނިޔަލަށް އެމެރިކާގައި ބަލިން ރަނގަޅުވި މީހުންގެ ޢަދަދު: 36,948
2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 210 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!