މިހާރު މި އޮތް ހާލަތަކީ އެންމެ ނުރައްކާތެރި ހާލަތު ކަމަށާއި، ކޮންމެ މީހަކު ވެސް ވިސްނަންވީ އެ މީހަކަށް އެޅެން އޮތް ފިޔަވަޅެއް އެޅޭތޯ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ. ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހަވީރު ދަރުބާރު ގޭގައި ހުންނަ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި މަބްރޫކު ވިދާޅުވީ ކޮންމެ މީހަކު ވެސް ވިސްްނަންވީ އެ މީހަކަށް އެޅެން […]
ޝިއުނާ އާދަމް
މާލެއިން 8 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން #ކޯވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތަކުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި އަށްވަނަ މީހާ، މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން.#ގޭގައިމަޑުކުރައްވާ — Health Protection Agency (@HPA_MV) April 17, 2020 މިއީ މާލެއިން […]
އިބްރާހިމް އަސްވާޤް
މާލެއިން އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ފައްސި ވެއްޖެއެވެ. އެޗްޕީއޭއިން ބުނީ ކޯވިޑް-19 އަށް ފައްސި ވި ދިވެއްސެއް (ކޭސް:23) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދިޓެސްޓުން އެމީހާ ފައްސި ވެއްޖެ ކަމަށެވެ. މިއީ، މާލެއިން މި ބައްޔަށް ފައްސިވި ހަވަނަމީހާ ކަމަށާއި، އެ މީހާ އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މާލެއިން ކޯވިޑް-19 އަށް ފައްސިވި ކޭސް 21، ކޭސް 22 އަދި […]
ޝިއުނާ އާދަމް
ނާޒިމްއަފާ ފައުންޑޭޝަނުން ދަނގެތީ ދާއިރާގެ ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާ ފޮނުވައިފިއެވެ. އެގޮތުން ދާއިރާގެ ކޮންމެ ގޭބީސީއަކަށް ފިޔާ ބަސްތާއަކާއި ބިސް ކޭހެއް ރޯދަ އިނާޔަތުގެ ގޮތުގައި އެ ފައުންޑޭޝަނުން ވަނީ ދީފައެވެ. މި އެހީތެރިކަން ފާއިތުވި ރޯދަމަހުވެސް ދާއިރާގެ މެމްބަރު ނާޒިމްގެ ފަރާތުން ދާއިރާގެ ރަށްޔިތުންނަށް ވަނީ ފޯރު ކޮށްދީފައެވެ. ކުރިން ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި، މިހާރު ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު ނާޒިމް ވިދާޅުވީ މިއީ ރައްޔިތުންނަށް އެންމެ އެހީތެރިކަން ބޭނުންވާ ވަގުތު ކަ...
ޔުމްނާ ޢަލީ
އިންޑިއާ ސަރުކާރު ހޮސްޕިޓަލެއްގައި، ކޮވިޑް-19 ބަލިޖެހޭ މުސްލިމުންނައި ހިންދޫންނަށް ފަރުވާ ދިނުމަށް ވަކި ވޯޑުތަކެއްގައި ބިއްތިއްބަމުން އެބަދެއެވެ. ބަލިޖެހޭ މުސްލިމުންނައި ހިންދޫންނަށް ވަކި ވޯޑުތަކެއް ހަދައިގެން ފަރުވާދޭ ގޮތަށް ހަދާފައިވަނީ އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖަރާތުގެ އެންމެ މައި ސިޓީ އަހްމަދުއާބާދުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއްކަމުގައިވާ އަހުމަދު އާބާދު ސިވިލް ހޮސްޕިޓަލު ގައިއެވެ. އެ ހޮސްޕިޓަލްގައި ކޯވިޑް-19 ބަލި މީހުންނަށް 1200 އެނދުވަނީ ހާއްސަ ކޮށްފައެވެ. ނިއުސް އަށާރ...
އަލީ އާދިލް
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖެއަށް ދިމާވާނެ މާލީ ދަތި ތަކުން އަރައި ގަތުމަށް އެހީތެރި ވުމުގެ ގޮތުން އޮޕެކް ފަންޑުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ އެމަޖަންސީ ލޯނެއް ދޭން ނިންމައިފިއެވެ. އޮޕެކް ފަންޑުން ރާއްޖެއަށްދޭން ނިންމި 20 މިލިއަން ޑޮލަރުގެ ލޯނު އެހީއަކީ ދިވެހި ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕްލޭނަށް އެހީވުމަށް ދޭން ނިންމާފައިވާ ލޯނެއް ކަމަށް އޮފިޑުން ބުނެއެވެ. ޕަބްލިކް ސެކްޓަރއަށް ހަރަދުކުރުމަށް ދޭ ލޯނުގެ ގޮތުގައި އޮޕެކްގެ ގަވަރނިން ބޯޑުން 130.5 މިލިއަން ޑޮލަރުގެ […]
ޔުމްނާ ޢަލީ
މާލެއިން އިތުރު ދެ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް އެޗްޕީއޭ (ހެލްތު ޕްރޮޓެކްޝަން އޭޖެންސީ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ ކޭސް 23 އާއި ސީދާ ބައްދަލުވި ދެ ދިވެހިން ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށެވެ. މި ދެ ކޭހާއެކު މާލެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. އެޗްޕީއޭ އިން ބުނީ، ކަރަންޓީން ފެސިލިޓީސްގައި ތިބި އެ ދެމީހުން މިހާރު އައިސޮލޭޝަން ފެސިލީޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. މާލެއިން އިއްޔެ ތިން ކޭސް ފެނުމާ […]
ޝިއުނާ އާދަމް
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ނިންމައި، ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް އެޗްޕީއޭއިން އަންގައިފިއެވެ. އެޗްޕީއޭއިން އާންމު ކުރި އެންގުމެއްގައި ވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު /2012 July 2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފ...
ޔުމްނާ ޢަލީ
އދ. މަހިބަދޫ ފަޅުގައި އަޅާފައިވާ ލޯންޗްތަކެއްގައި ރޯކޮށްލުމުގެ ޒިންމާ ހަނގުރާމަވެރި ނިރުބުވެރި ޖަމާއަތް އައިއެސްއައިސް ޖަމާއަތުން އުފުލައިފި ކަމަށް، ޓެރަރިޒަމްގެ އަމަލުތައް ދިރާސާކުރާ ސައިޓް އިންޓެލިޖެންސުން ބުނެފި އެވެ. ސައިޓް އިންޓެލިޖެންސް ގްރޫޕްގައި ބުނެފައިވާގޮތުން، ފުލުހުންގެ ލޯންޗަކާއި ސީ އެމްބިއުލާންސް ހިމެނޭގޮތަށް ދިން މި ހަމަލާގެ ޒިންމާ އައިސިސް އިން ނަގާފައިވާކަމަށާއި އެއީ ގޮވާތަކެތި ބޭނުންކޮށްގެން ކުރި ކަމެއްކަމަށް އެ ޖަމާއަތުން ބުނެފައިވާ ކަމަށެވެ. އދ. މަހިބަދޫގައި ހިނގާފައިވާ އަލިފ...
އިބްރާހިމް އަސްވާޤް
ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އެޗްޕީއޭގެ ނިންމުންތައް ރަނުންރަނަށް ތަންފީޒު ނުކޮށްދޭކަމުގައިވާނަމަ އެކަށޭނެ ނަތީޖާ ނުފެންނާނެކަމަށާއި ނުރައްކާ ބޮޑުވާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން އަޙްމަދު ފާއިޒް ހުސައިން އެބޭފުޅާގެ ފޭސްބުކްގައި ބުނެފައިވަނީ މާލެ ލޮކްޑައުންކޮށްފައިވާއިރުވެސް މާލޭގެ ކުދި ކުދިގޯޅިތަކަށް ނުކުމެއުޅޭ ބޭރުމީހުން ގެއަށް ވެއްދޭތަނެއް ނުފެންނަކަމަށެވެ. ތަނެއް ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހެނީ އެތަނެއްގައި...
ޔުމްނާ ޢަލީ
ސަރުކާރުގެ މައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖްސް މޯލްޑިވްސް (އައިބީއެމް) އިން އުފައްދާ “ތާޒާ” ފެނުގެ ފެންފުޅިތައް އޮންލައިންކޮށް އޯޑަރ ކުރުމުން މާލޭ ސިޓީގެ ގޭގެއަށް ގެންގޮސްދިނުމިގެ ޚިދުމަތް ފަށައިފިއެވެ. އައިބީއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އަންވަރު ވިދާޅުވީ ކޯވިޑް19 އާއި ގުޅިގެން ދިމާވެފައިވާ ދަތިހާލުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން 5 ކޭހަށްވުރެ އިތުރަށް އޯޑަރ ކުރައްވާ ފަރާތްތަކަށް ޑެލިވަރީގެ ޚިދުމަތް ފަށާފައިވާކަމަށެވެ. އެ...
ޔުމްނާ ޢަލީ
ވޭތުވެދިޔަ 14 ދުވަސް ތެރޭގައި ކުޅުދުއްފުށި ސިޓީއަށް އައިސްފައިވާ ފަރާތްތަކުން 14 ދުވަސް ވަންދެން ގޭގައި މަޑުކުރުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށްޓަށް އައިސްފައިވާ ފަރާތްތަކުން އެ ފަރާތްތައް ރަށަށް އައި ދުވަހުން ފެށިގެން މަދުވެގެން 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކުރެއްވުމަށް އެރަށު ޓާސްކް ފޯހުން ނިމްމާފައިވާކަމަށެވެ. އެ...
ޖަލްވާން ޖާދުﷲ
ކޯވިޑް-19 އާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗުން) ން ދެމުންދާ ހިދުމަތްތަކަށާއި އުސޫލުތަކަށް ބަދަލުގެނެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފި އެވެ. ކޭއާރުއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ ކުޅުދުއްފުށީގައި އުފައްދާފައިވާ ކޮވިޑް-19 ގެ ޓާސްކް ފޯސް އަދި ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދަނީ ފިޔަވަޅުތަކެއް އަޅަމުންކަމަށެވެ. ހޮސްޕިޓަލުން އަޅާފައިވާ ބައެއް ފި...
ޔުމްނާ ޢަލީ
މާލެއިން ކޯވިޑް-19 އަށް ފައްސިވި ކޭސް 21، ކޭސް 22 އަދި 23 އާއި ގުޅިގެން ހއ. ވަށަފަރުން ގެއެއް މޮނިޓަރުން ހާލަތަށް ގެނެސްފިއެވެ. ހއ. ވަށަފަރުން މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ ހއ. ނިޔަނދުރުމާގެއެވެ. އެ ގެޔާއި އެކު އެކޭސްތަކާއި ގުޅުން ހުރި 22 ގެއެއްވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. މިގެތައް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ މާލެއިން ކޯވިޑް-19 އަށް ފުރަތަމަ ފައްސިވި މީހާއާ ސީދާ ދިމާވި މީހުން ހޯދުމަށްފަހުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު މި […]
ޔުމްނާ ޢަލީ
އިއްޔެ މާލޭގެ ފްލޫ ކްލިނަކަކަށް ދެއްކުމުން ފައްސިވި ރާއްޖެއިން ފެނުނު 21 ވަނަ ކޮވިޑް-19 ބަލި މީހާއާއި، އޭގެ ފަހުން ފައްސިވި 2 މީހުންނާއި ގުޅޭ އިތުރު މައުލޫމާތު ސަރުކާރުން ހާމަކުރަށްވައިފިއެވެ. މި މައުލޫމާތުތައް އާންމުކޮށް ދެއްވީ ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހަވީރު ދަރުބާރު ގޭގައި ހުންނަ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި ކޮވިޑް-19 ޓާސްކު ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މިއަދު މަބްރޫކު […]
ޝިއުނާ އާދަމް
ހދ. ހަނިމާދޫ ކައުންސިލުން ދެމުން އަންނަ ކުނި އުކާލުމުގެ ހިދުމަތުގެ ފީ ތިން މަސް ދުވަހަށް ނުނެގުމަށް ނިންމައި، އެރަށުގެ ގޭބިސީ ތަކަށް ތިން މަސްދުވަހު ކުނި އުކައި ދިނުމުގެ ފީ މާފުކޮށްދީފިއެވެ. ހަނިމާދޫ ކައުންސިލުން ބުނީ އެ ކައުންސިލުން އެގޮތަށް ނިންމީ ނުރައްކާތެރި ކްރޯނާ ވައިރަސް އާއި ގުޅިގެން އެރަށުގެ ރައްޔިތުންނަށް ދިމާވާނެ އިގުތިޞާދީ ހީނަރުކަމަށް ބެލުމަށްފަހު، ކުރިމަތިވަމުން އަންނަ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް އާއްމު ދިރިއުޅުމުގެ ޚަރަދު އިތުރަށް ބޮޑުވާނެއަތީ ރައްޔިތުންނަށް ލުއި ދިނުމުގެ [...
ޝިއުނާ އާދަމް
7207438 ނަމްބަރުން ގުޅައި، އޮޅުވާލައިގެން ފައިސާއިން ވައްކަން ކުރުމަށް މަސައްކަތް ކުރަމުން ދާތީ އެކަމަށް ސަމާލު ވުމަށް ފުލުހުން އެދިއްޖެއެވެ. ބޭންކް އޮފިޝަލުން ކަމަށް ހެދިގެން އެ ނަމްބަރުން ގުޅަނީ އޮޅުވާލައިގެން ވައްކަން ކުރުމުގެ ބޭނުމުގައި ކަމަށާއި، އެފަދަ ކޯލުތަކަށް ސަމާލުވެ އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމާއި، އެ ކޯލަށް ޖަވާބު ނުދިނުމަށް ފުލުހުން އެދިފައި ވެއެވެ. why you can't block that number. — ali.sulaiman (@AliSulaimanu) April 16, 2020 ފުލުހުން ބުނީ ފޭކު […]
ޝިއުނާ އާދަމް
މާލެ ސިޓީ ލޮކްޑައުންގައިވާ ހާލަތުގައި ބޭސް ސިޓީ ފޮނުވުމުން ކޮންމެހެން ބޭނުންވާ ބޭސްތައް، ގެއާ ހަމައަށް ފޯރު ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ. އެސްޓީއޯއިން ބުނީ 7922035 ބޭސް ސިޓީއާއި ބަލިމީހާގެ އައިޑީކާޑު ފޮޓޯއެއް ފޮނުވައިދިނުމުން ގެއާ ހަމައަށް ބޭސް ގެންގޮސްދޭނެ ކަމަށެވެ. އެ ޚިދުމަތަށް އެދިލަށްވާއިރު ޑެލިވަރީ ކުރަން ޖެހޭ ގޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ. @StoMedical will coordinate with command centers to […]
ޝިއުނާ އާދަމް