އަސާސީ ޚިދުމަތްތައް ދިނުމަށްޓަކައި އާދީއްތަ ދުވަހާއި ހޯމަދުވަހު ބޭންކުތައް ހުޅުވަން ނިންމައިފިއެވެ. މަރުކަޒީ ބޭންކް އެމްއެމްއޭއިން ވިދާޅުވީ އާދީއްތަ ދުވަހާއި ހޯމަ ދުވަހުގެ ހެދުނު 9:00 އިން ފެށިގެން މެންދުރު 12:30ގެ ނިޔަލަށް އެމްއެމްއޭ ހުޅުވާފައި ހުންނާނެކަމަށެވެ. ނަމަވެސް އެ ގަޑީގައި އެމްއެމްއޭއިން ވަކިވަކި ފަރުދުންނަށް ޚިދުމަތް ފޯރުކޮށް ނުދޭނެ ކަމަށެވެ. މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސްއާއި ރާއްޖޭގައި ހިންގާ އެހެނިހެން ބޭންކުތައްވެސް އާދީއްތަ އަދި ހޯމަދުވަހުގެ އެކި ގަޑިތަކުގައި ހިދުމަތް ދިނުމ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ކޮވިޑް-19 އާ ގުޅިގެން އެމްއެންޑީއެފުން ހިންގާ އޮޕަރޭޝަންގައި ވޮލަންޓިއާ ކުރުމުގެ ފުރުސަތު މިލިޓަރީ ވެޓެރަންސްއަށް ހުޅުވާލައިފިއެވެ. އެމްއެންޑީއެފުން ބުނީ ކުރިން އެމްއެންޑީއެފްގެ ވަޒީފާގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ކޮވިޑް-19 އޮޕަރޭޝަނަށް ވޮލަންޓިއާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، ފުރުސަތު ހުޅުވާލައިފާ ވާކަމަށެވެ. އެފަދަ ފަރާތްތަކުން ފޯނުން ގުޅުއްވާ ނަންނޯޓް ކޮށްދެއްވުން، ނުވަތަ ނަމާއި ނަންބަރު އީމެއިލް ކޮށްދެއްވުމަށް އެމްއެންޑީއެފުން އެދެއެވެ. ޔޫތު މިނިސްޓްރީންވެސް އ...
ޙުސައިން ޝަހުދީ
6 އަހަރު ކުރިން
މާލެ ސިޓީ އިން ސާދަ ވަނަ މީހާ ކޯވިޑް-19 އަށް ފަައްސި ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުން މިވަގުތު މިބައްޔާއި ގުޅިގެން ރާއްޖޭގައި 1053 މީހުން މިހާރު ކަރަންޓީން ފެސިލިޓީސްތަކުގައި އެބަތިއްބެވެ. އަދި 61 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ. އެޗްޕީއޭ އިން ބުނީ، ސާދަ ވަނައަށް މީހާއަކީ ފައްސިވި މީހާއަކީ ކޭސް 27 އާއި ސީދާ ދިމާވެފައިވާ މީހެއް ކަމަށެވެ. އެ މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭ […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
މާލެއިން އިތުރު މީހަކު ކޯވިޑް-19އަށް ފަައްސި ވެއްޖެއެވެ. އެހެން ކަމުން މިހާރު މާލެ އިން މިބައްޔަށް ފައްސިވި މީހުންގެ ޢަދަދު 13 އަށް އެރީއެވެ. އެ މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއެވެ. ކޭސް 33#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް:28) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި. — Health Protection Agency (@HPA_MV) […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް:30) ގެ ޑައިރެކްޓް ކޮންޓެކްޓެވި ބަންގްލަދޭޝް މީހެއްގެ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ކޭސް 32#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް:30) ގެ ޑައިރެކްޓް ކޮންޓެކްޓެވި ބަންގްލަދޭޝް މީހެއްގެ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި. — Health Protection Agency (@HPA_MV) April 18, 2020 މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
މާލެއިން އިތުރު 2 މީހަކު ކޯވިޑް-19 އަށް ފަައްސި ވެއްޖެއެވެ. އެހެން ކަމުން މިހާރު މާލެ އިން މިބައްޔަށް ފައްސިވި މީހުންގެ ޢަދަދު 11 އަށް އެރީއެވެ. މި ދެ މީހުންވެސް އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، 10 ވަނައަށް ފައްސިވި މީހާއަކީ ކޭސް 27 އާއި ސީދާ ދިމާވެފައިވާ މީހެއް ކަމަށެވެ. ކޭސް 30#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:27) ގެ […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޯވިޑް-19އަށް މާލެއިން ފުރަތަމަ މީހަކު ފައްސިވުމާއި އެކު ސަރުކާރުން މާލެ ސިޓީ ލޮކްޑައުން ކުރިއެވެ. އަދި އެދުވަހުގެ 15:30 ގެ ކުރިން ރައްޔިތުން ގޭތަކަށް ވަނުމަށް ފުލުހުން އިލްތިމާސް ކުރިއެވެ. ކުރިންވެސް ކިޔަމަންވީހެން އެ އަޑުއަހައި، ކިޔަމަންވީ ގިނަ ޢަދަދެއްގެ ބަޔަކު ތިއްބެވެ. އެ އަމުރަށް ބޯލެނބި އެތައް ބަޔަކު ތިއްބެވެ. ނަމަވެސް އެ އަމުރު މުގުރާލައި ރެޔާއި ހަމައަށް ދެއަތް ފުރާފައި ވިޔަފާރި ކުރި މީހުން ވަރަށް ގިނައެވެ. ކިޔަމަންވީ މީހުންނަކީ ކުރިންވެސް ކިޔަމަންތެރިކަން އިސްކުރި […]
އަލީ އާދިލް
6 އަހަރު ކުރިން
ކޮރޯނާ ވައިރަސް ޗައިނާގައި ފެތުރެން ފެށުމާއި އެކު ދިވެހި ބައެއް ޑަކްޓަރުން ހިމެނޭހެން ބައެއް ސިއްހީ ޚިދުމަތްތެރީން ކެނޑި ނޭޅި މީސް މީޑިއާގައި އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. ކޮރޯނާވައިރަސް އަށް ކޯވިޑް-19 ގެ ނަން ދިނުމުގެވެސް މާ ކުރިން ބައެއް ޑަކްޓަރުން ގެންދެވީ މީސް މީޑިއާ މެދުވެރި ކުރަށްވައި ބައްޔާއި ބެހޭ ފަހުގެ މަޢުލޫމާތު އާންމުންނަށް ފޯރު ކޮށްދެމުންނެވެ. ޑަކްޓަރުންގެ އިންޒާރުތައް ފުލުފުލުގައި އަންނަމުން ދިޔައެވެ. ރާއްޖޭގައި މިބަލި ފެތުރިއްޖެ ނަމަ ވެދާނެ ގޮތާއި، ސަބަބުތަކ...
ޙުސައިން ޝަހުދީ
6 އަހަރު ކުރިން
މާލެއިން 9 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ މާލެއިން މިއަދު ކޯވިޑަށް ޕޮޒިޓިވްވި 6 ވަނަ މީހާއެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްފައިވަނީ 28 މީހެކެވެ. މީގެ ތެރެއިން 9 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ. Case: MAV029 Samples taken from a Maldivian national who was a Direct Contact of Case: MAV027 […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޯވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި، 2020 އެޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 30 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތަށް ނިންމެވީ، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުންނެވެ. މިގޮތަށް ހަމަޖެއްސެވިކަން ސަރުކާރުގެ އޮފީސްތަކަށް އެންގެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި މ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ގދ.ކޮނޮއްޓާ ރިސޯޓް މޯލްޑިވްސްގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރަށް ފުޅިއަޅައިގެން އެންދަމަން ފީނި، މީހެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން ދަނިކޮން އެމީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އެމްއެންޑީއެފްއިން ބުނީ އެމީހާ ހޯދަމުން ދަނިކޮން ފެނިފައިވަނީ ކަނޑު އަޑީގައި މަރުވެފައި އޮއްވާކަމަށެވެ. މިހާދިސާގެ ރިޕޯޓް މިރޭ 20:12 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާއެކު އެ އޭރިއާ ހާބަރކްރާފްޓް ލޯންޗް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފ...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ވެމްކޯ އިން ރ. ވަންދޫގައި ހިންގަމުން އަންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް ވަގުތީ ގޮތުންް ހުއްޓާލަން ނިންމައިފި އެވެ. ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އަންގާފައި ވާތީ އެކަމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެއީ އެއް ރަށުން އަނެއް ރަށަށް […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ކޯވިޑް-19 އިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ހަނިމާދޫގެ ފަސް ގެއަކަށް މީހުން ވަދެ ނުކުތުން މަނާކޮށްފައިވާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ. ހަނިމާދޫ ކައުންސިލުން ބުނީ ފަސް ގެޔަކަށް މީހުން ވަދެ ނުކުތުން މަނާ ކުރީ ކުޅުދުއްފުށީ ސިޓީމަގުން ހަނިމާދޫއަށް އައި މީހަކާއި، އަދި އިއްޔެ ހަނިމާދޫ އެއަރޕޯރޓުމަގުން ވަށަފަރަށް ދަތުރު ކުރި މީހަކާއި ގުޅިގެން ހަނިމާދޫ ހެލްތު ސެންޓަރާއި، ހަނިމާދޫ ކޯވިޑް-19 ޓާސްކް ފޯހާއި، ކައުންސިލާއި މަޝްވަރާ ކުރުމަށް ފަހުގައި ރަށު ފެންވަރުގައި އަޅާ ރައްކާތެރި […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
މާލެ ސަރަހައްދުގައި ލޮކްޑައުންގެ ހާލަތު އިއުލާނުކޮށްފައިވާއިރު މަގުމަތީގައި އުޅޭ ފަރާތްތަކާއިމެދު މިރެއިން ފެށިގެން ފިޔަވަޅު އަޅާނެ ކަމުގައި ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ މިރޭ 08:30 އިން ފެށިގެން ފިޔަވަޅު އަޅާނެކަމަށާއި މަގުމަތީގައި އުޅޭ އެންމެން 08:30 ގެ ކުރިން ގެއަށްވަނުމަށް އިލްތިމާސް ކުރާ ކަމަށެވެ. Starting from 20:30hrs tonight, we will take actions against anyone on the streets. So please go back inside and #StayAtHome! Your […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ވަކި ހާލަތްތަކުގައި ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށް ޓަކައި ވަކި ފަރާތެއްގެ ނަން އާންމުކޮށް ހާމަކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަމަށް ކަނޑައަޅައި، އާންމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު އެޗްޕީއޭއިން އާންމު ކޮށްފިއެވެ. އެގޮތުން އެޗްޕީއޭއިން އާންމު ކުރި ޤާވާޢިދަކީ ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކ...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ހއ. ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އެރަށުގެ ކޮންމެ ގޭބީސީއަކަށް 15 ކިލޯ ހަނޑޫ ފޯރުކޮށްދީފި އެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން އެޖަމިއްޔާގެ އިފިސަލަކު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ޖަމިއްޔާއިން އިސްނަގައިގެން އިއްޔެ 260 ގޭބީސީއަކަށް ހަނޑޫ ބަހާފައިވާނެ ކަމަށެވެ. އެގޮތުން ކޮންމެ ގެއަކަށް 15 ކިލޯގެ ރޭޓުން ހަނޑޫ ފޯރުކޮށްދީފައިވާނެކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އެފަރ...
ޝިއުނާ އާދަމް
6 އަހަރު ކުރިން
މިއަދުގެ އިރުއޮއްސި 18:00 ގެ ފަހުން ޒަރޫރީ ބޭނުމެއްގައިވިޔަސް ހދ. ފިނޭއަށް ދާނަމަ ފިނޭ ކައުންސިލްގެ ހުއްދަ ހޯދުމަށް ފިނޭ ކައުންސިލުން އެދިއްޖެއެވެ. އެކަމާއި ގުޅޭ ގޮތުން ފިނޭ ކައުންސިލުން މިއަދު އާންމު ކުރި ދެންނެވުމެއްގައި ބުނެފައި ވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައިވާތީ، ފިނޭގައި އެކުލަވާލާފައިވާ ކޮވިޑް-19 ޓާސްކްފޯހާއި، ފިނޭ ސޯޝަލް ސަޕޯޓް ޑެސްކުގެ އިރުޝާދ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އޮންލައިން ޝޮޕް eSTOre.mv އިން އޯޑަރ ކުރާ މުދާ ގޭގެއަށް ގެންގޮސް ދިނުމުގައި ގައުމީ ދިފާއީ ބާރުގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެސްޓީއޯގެ ހޯމް ޑެލިވަރީއަށް ބާރު ބޮޑުވެ، ހުއްޓިފައިވާތީ، ގޭގެއަށް މުދާ ގެންގޮސް ދިނުމުގެ މަސައްކަތް ސިފައިން ކުރަނީ އެސްޓީއޯގެ އުޅަނދުތައް ބޭނުންކޮށްގެންނެވެ. https://twitter.com/mariyadidi/status/1251125483720151040?s=21 ސިފައިން ދަނީ އާއްމުން ގޭގެ އަށް މުދާ ހޯދަން ދީފައިވާ އޯޑަރު ތަކަށް މުދާ ފޯރުކޮށް ދިނުމުގެ މަސ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން