އިންޑިއާ ސަރުކާރު ހޮސްޕިޓަލެއްގައި، ކޮވިޑް-19 ބަލިޖެހޭ މުސްލިމުންނައި ހިންދޫންނަށް ފަރުވާ ދިނުމަށް ވަކި ވޯޑުތަކެއްގައި ބިއްތިއްބަމުން އެބަދެއެވެ.
ބަލިޖެހޭ މުސްލިމުންނައި ހިންދޫންނަށް ވަކި ވޯޑުތަކެއް ހަދައިގެން ފަރުވާދޭ ގޮތަށް ހަދާފައިވަނީ އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖަރާތުގެ އެންމެ މައި ސިޓީ އަހްމަދުއާބާދުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއްކަމުގައިވާ އަހުމަދު އާބާދު ސިވިލް ހޮސްޕިޓަލު ގައިއެވެ.
އެ ހޮސްޕިޓަލްގައި ކޯވިޑް-19 ބަލި މީހުންނަށް 1200 އެނދުވަނީ ހާއްސަ ކޮށްފައެވެ. ނިއުސް އަށާރަ.ޑޮޓްކޮމްއިން އެ ހޮސްޕިޓަލާއި ހަވާލާދީ ބުނެފައިވަނީ އެ ހޮސްޕިޓަލްގައި ހިންދޫންނާއި މުސްލިމުން ވަކިން ބޭ ތިއްބުމަށް ނިންމާފައިވަނީ ސްޓޭޓް ގަވަރމަންޓުން ކަމަށެވެ.
ސްކްރޯލް.އިން ނިއުސްއަށް ވާހަކަ ދެއްކި އެ ހޮސްޕިޓަލްގެ އޮފިޝަލަކު ބުނެފައި ވަނީ އެ ނިންމުމުގެ ސަބަބުން ދެ ދީނުގެ މީހުންނަށްވެސް ފަސޭހަކަން ލިބިގެން ދާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ބުނީ އެ ނިންމުމަކީ ސަރުކާރުގެ ނިންމުން ކަމަށާއި، އެކަމާ ގުޅޭގޮތުން ސަރުކާރާ ސުވާލުކުރުމަށެވެ.
ނަމަވެސް މުޅި ދުނިޔެއަށް ފެތުރިފައިވާ ބޮޑު ބަލިމަޑުކަމުގެ މިހާލަތުގައި ހޮސްޕިޓަލުން މިގޮތަށް އަމަލު ކުރުމުން ހިތް ހަމަނުޖެހޭ މީހުން ބުނަމުން ދަނީ މިއީ އެ ހޮސްޕިޓަލުން ހިންގާ ނަސްލީއިމްތިޔާޒުގެ އަމަލެއް ކަމަށެވެ.
ގުޖަރާތު ސްޓޭޓްގައި ވެރިކަންކުރަނީ ބީޖޭޕީންނެވެ. މުޅި އިންޑިއާގައިވެސް ވެރިކަންކުރަނީ ބީޖޭޕީންނެވެ. ބީޖޭޕީއަކީ ހިންދީ ވަތަނީ ޕާޓީއެކެވެ.
އިންޑިއަން އެކްސްޕްރެސްއިން ބުނެފައިވަނީ، މުސްލިމުންނާއި ހިންދޫން ވަކިކޮށް، ވަކި ވޯޑުތަކަށް ބަދަލުކުރީ، މުސްލިމް ބަލިމީހުން ތިބޭ ވޯޑުތަކުގައި ފަރުވާހޯދަން ހިންދޫން ހިތްހަމަނުޖެހުން ފާޅުކުރާން ފެށުމުން ކަމަށެވެ.
އެ ހޮސްޕިޓަލުގައި ބައްޔަށް ޝައްކުވެގެން 186 މީހުން އެޑްމިޓް ކޮށްފައިވާ އިރު އޭގެ ތެރެއިން 150 މީހުން ވަނީ ބައްޔަށް ފައްސި ވެފައިކަމަށާއި، ފައްސިވި މީހުންގެ ތެރޭގައި 40 މުސްލިމުން ހިމެނޭ ކަމަށް ސްކްރޯލް.އިން ނޫހުން ބުނެފައި ވެއެވެ.
އިންޑިއާގައި ކޮރޯނާވައިރަސް ފެތުރެނީ މުސްލިމުންގެ ފަރާތުން ކަމަށްބުނެ އިންޑިއާގައި ދޮގު ހަބަރުތައް ވަރަށް ބޮޑަށް ފެތުރެމުން އެބަދެއެވެ. މިކަމާހެދި މުސްލިމުންނަށް ވަރަށް ބޮޑެތި ފުރައްސާރަކުރުންތައްވެސް ކުރިމަތިވަމުން ދާކަމަށް މީޑިއާއިން ބުނެއެވެ.
އަހްމަދުއާބާދަކީ މުސްލިމުންނާއި ހިންދޫންނާ ދެމެދު ވަރަށް ބޮޑު ދެކޮޅުވެރިކަމެއް އަބަދުވެސް އޮންނަ ސިޓީއެކެވެ.
މުޅި އިންޑިއާއަށް ބަލާއިރު، މިހާތަނަށް 13،271 އަށްވުރެ ގިނަމީހުން ކޯވިޑް-19 އަށް ފައްސިވެފައި ވާއިރު، ބަލިޖެހުނު މީހުންގެ ތެރެއިން 448 މީހުންވަނީ މަރުވެފައެވެ. އަދި 1،768 މީހުން ބަލިން ފަސޭހަވެފައި ވެއެވެ.
ވަކި ދީނަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވާތީ، މި ބަލިމަޑުކަމުގެ ހާލާތުގައި އެއްވެސް މީހަކަށް ތަފާތުކުރުމެއްނެތި ފަރުވާ ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން މިމަހުގެ ކުރީކޮޅު ދުނިޔޭގެ ހުރިހާ ގައުމަކަށް ގޮވާލާފައި ވެއެވެ. ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ ބައްޔެއް ޖެހުމަކީ އެއްވެސް މީހެއްގެ ކުށެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!