މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,361 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 194 ވަނަ ޞަފްޙާ

ރައީސް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޕްރޮގްރާމެއް މިރޭ ފަށަނީ

ރައީސް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޕްރޮގްރާމެއް މިރޭ ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޕްރޮގްރާމެއް ދައުލަތުގެ މީޑިއާއިން މިރޭ ގެނެސްދޭން ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. މި ޕްރޮގްރާމަށް ދީފައި ނަމަކީ “ނޭޝަން ޗެޓް” އެވެ. މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑް މިރޭ 9:00 ގައި އެސްއެމް ނިއުސްގެ އިތުރުން ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުން ވެސް ބްރޯޑްކާސްޓް ކުރާނެކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ކުރިއަށްގ...

ޝިއުނާ އާދަމް
ޑޮކްޓަރަށް ދައްކަން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިފި

ޑޮކްޓަރަށް ދައްކަން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު، ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ފިލި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައިވަނީ 2026 މެއި 20 ވަނަ ދުވަހުގެ ރޭ ކަމަށެވެ. ފުލުހުން ހާމަކުރި ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ މި ގައިދީ ފިލި މައްސަލަ އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވަނީ އެ ރޭގެ ވަގުތެއްގައެވެ. މި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންނެވެ. މި ފަދަ […]

ޝިއުނާ އާދަމް
ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށް އުފެއްދި އޮފީހުގެ ވެރިޔަކަށް މާހިދު

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށް އުފެއްދި އޮފީހުގެ ވެރިޔަކަށް މާހިދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރެއްވި “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” ނުވަތަ ރައްޔިތުންގެ ޝަކުވާތަކާ ބެހޭ އޮފީހުގެ ވެރިޔަކަށް، މ. ވެލަގަލި، ޑރ. މުޙައްމަދު މާހިދު ޝަރީފު މިއަދު އައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް ޑރ. މާހިދު އައްޔަންކުރައްވާފައިވަނީ މިނިސްޓަރުގެ ފެންވަ...

ޔުމްނާ ޢަލީ
މާލެ ސަރަހައްދުގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ

މާލެ ސަރަހައްދުގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ

“ޢީދު ހަވީރު 1447” ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން (އެމްއެންޑީއެފް) ވިލަރެސްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 އެސްއޯއީއަކުން ބައިވެރިވާނެއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ޢީދު ކުލަގަދަކޮށް ފާހަގަކުރަން ނިންމީ މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފު...

ޔުމްނާ ޢަލީ
ތައިލެންޑުން ދެމުންދިޔަ 60 ދުވަހުގެ ވިސާ ފްރީ އުވާލަނީ، ރާއްޖެއަށް 15 ދުވަސް

ތައިލެންޑުން ދެމުންދިޔަ 60 ދުވަހުގެ ވިސާ ފްރީ އުވާލަނީ، ރާއްޖެއަށް 15 ދުވަސް

ތައިލެންޑުގެ ވިސާ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. 19 މެއި 2026 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ނިންމާފައިވާ މި ނިންމުމާއެކު، މިހާރު ގައުމުތަކަށް ދެމުންދާ 60 ދުވަހުގެ ވިސާ ފްރީ އުވާލައި، ގައުމުތައް ތަފާތު ކެޓަގަރީތަކަކަށް ބަހާލުމަށް ވަނީ ނިންމާފައެވެ. މި އިސްލާހުގެ ދަށުން އެންމެ ބޮޑު ބަދަލެއް އަންނާނީ މިހާރު 60 ދުވަހުގެ ވިސާ ފްރީ ލިބޭ 93 ގައުމަށެވެ. މީގެ ބަދަލުގައި 54 ގައުމަކަށް 30 ދުވަހުގެ […]

ނާޒިމާ އަލީ
މިރެޔާއި މާދަމާ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ: މެޓް

މިރެޔާއި މާދަމާ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ: މެޓް

މިރެޔާއި މާދަމާ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވެ، މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ވަނީ ވޭތުވި 24 ގަޑިއިރު އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރިކަން ފާހަގަކޮށްފައެވެ. މި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހިފައިވާކަމަށް ރެކޯޑް ކުރެވައި ވަނީ އއ.ތޮއްޑޫ އަށް ކަމަށް މެޓުން ބުންޏެވެ....

ޔުމްނާ ޢަލީ
ޖޭއެސްސީގެ މެމްބަރުކަމަށް ބޭފުޅަކު ޢައްޔަނުކުރަށްވައިފި

ޖޭއެސްސީގެ މެމްބަރުކަމަށް ބޭފުޅަކު ޢައްޔަނުކުރަށްވައިފި

ރައީސް ޑރ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމަށް މިއަދު ބޭފުޅަކު ޢައްޔަނުކުރަށްވައިފިއެވެ. ޖޭއެސްސީގެ ނައިބު ރައީސްކަމުންނާއި މެމްބަރުކަމުން އެ ޔަޒްމީދު މުޙައްމަދު 19 މެއި 2026 ގައި އިސްތިއުފާދެއްވުމުން ޖޭއެސްސީގެ މެމްބަރެއްގެ މަގާމު އޮތީ ހުސްވެފައެވެ. ޔަޒްމީދު ޖޭއެސްސީގެ މެމްބަރުކަން ފުރުއްވީ ރައީސުލްޖުމްޙޫރިއްޔާ ޢައްޔަނުކުރަށްވާ މެމްބަރެއްގެ ގޮތުގައެވެ. ޔަޒްމީދު އިސްތިއުފާދެއްވުމުން ހުސްވި މަގާމަށް ރައީސް މިއަދު ޢައްޔަނުކުރަށްވާފައި ވަނީ ދަފްތަރު ނަންބަރު ރސ 535، އަލްއުސްތާޛު ޢ...

ޔުމްނާ ޢަލީ
ޝަމްއާންގެ މައްސަލާގައި ހުކުމް އިއްވުން ފަސްކޮށްފި

ޝަމްއާންގެ މައްސަލާގައި ހުކުމް އިއްވުން ފަސްކޮށްފި

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކޮށް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ. މިދިޔަ އަހަރުގެ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް, އޭނާ ހައްޔަރުކުރީ 500،000ރ. އާއެކު އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ މީހާ އަތުން ފައިސާ އަތުލައިގެން ޝަމްއާންގ...

ހުސައިން ހަބީބް
ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާތީ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލައިފި

ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާތީ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލައިފި

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަލާ އދ.ގެ ހާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެ ގައުމުން އުވާލައިފިއެވެ. މި ފިޔަވަޅުތައް އުވާލާފައި މިވަނީ، އެ ފިޔަވަޅުތަކުގެ ސަބަބުން އޭނާގެ ބަސްބުނުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް އެމެރިކާގެ ފެޑަރަލް ފަނޑިޔާރަކު ކަނޑައެޅިތާ ހަފްތާއެއް ފަހުންނެވެ. އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުދަ ދުވަހު އާންމުކުރި އަޕްޑޭޓެއްގައި، ބައިނަލްއަގުވާމީ ޖިނާއީ ކޯޓ...

ނާޒިމާ އަލީ
ފަލަސްތީނުގެ އެއްވެސް ބިމެއްގައި އިސްރާއީލަށް ސިޔާދަތީ ބާރު ހިންގުމުގެ ހައްގެއްނެތް: އދ.

ފަލަސްތީނުގެ އެއްވެސް ބިމެއްގައި އިސްރާއީލަށް ސިޔާދަތީ ބާރު ހިންގުމުގެ ހައްގެއްނެތް: އދ.

އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާގައި ހުންނަ އދ. ގެ ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީ (އަންރުވާ) ގެ ކޮމްޕައުންޑުގައި އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ނިންމި ނިންމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މި ކޮމްޕައުންޑަކީ މިއަހަރުގެ ޖެނުއަރީ މަހު އިސްރާއީލުން އަތްގަދަކޮށްފައިވާ ތަނެކެވެ. އިސްރާއީލްގެ އަމަލު ކުށްވެރިކުރަށްވައި ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ނެރުއ...

ޔުމްނާ ޢަލީ
އޭދަފުށި މެޗު އެއްވަރުވެ ޗެމްޕިއަން ދިއްދޫ ލީގު ނިންމާލީ ބަލިނުވުމުގެ ރެކޯޑާއެކު

އޭދަފުށި މެޗު އެއްވަރުވެ ޗެމްޕިއަން ދިއްދޫ ލީގު ނިންމާލީ ބަލިނުވުމުގެ ރެކޯޑާއެކު

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ފަހު މެޗުގައި ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ އާއި ބ. އޭދަފުށީގެ ކުރިހަމަތިލުން 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ. މެޗަށް ނުކުތްއިރުވެސް ދެ މެޗު ބާކީއޮއްވައި ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ދިއްދޫ ވަނީ މި ލީގުގައި މެއި 3 ގައި ހޯމްގައި ކުޅުނު މެޗު 2-1 އިން އޭދަފުށި ބަލިކޮށްފައެވެ. ދިއްދޫ ލީގު ލީގު ނިންމާލާފައި ވަނީ އެއްވެސް މެޗަކުން ބަލިނުވެ އެ ޓީމު ދައްކަމުން އަންނަ ރެކޯޑާއެކުއެވެ. […]

ޔުމްނާ ޢަލީ
ފްލޮޓިލާގެ އެކްޓިވިސްޓުން އަތްފައި ބަނދެ ކުޑަކަކޫ މަތީ ބައިތިއްބުމަށްފަހު އިޒްރާއީލުން މަލާމާތްކޮށްފި

ފްލޮޓިލާގެ އެކްޓިވިސްޓުން އަތްފައި ބަނދެ ކުޑަކަކޫ މަތީ ބައިތިއްބުމަށްފަހު އިޒްރާއީލުން މަލާމާތްކޮށްފި

ގާޒާގެ ބަންދު އުވާލުމަށް ދަތުރުކުރި ފްލޮޓިލާގެ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށް، އެމީހުންގެ އަތްފައި ބަނދެ ބިންމަތީގައި ބައިތިއްބާފައި ތިއްބާ މަލާމާތްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގަވީރު އާންމުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑު ނުރުހުމެއް އިސްރާއީލަށް އަމާޒުވެއްޖެއެވެ. ބެން ގަވީރު އެކްސްގައި ހިއްސާކުރި މި ވީޑިއޯއިން ފެންނަނީ ގާޒާއަށް އެހީ ހިފައިގެން ދަތުރުކުރި އުޅަނދުތައް ހުއްޓުވައި، އަޝްދޫދު ބަނދަރުގައި...

ނާޒިމާ އަލީ
އަލުން ހަނގުރާމަ ފަށައިފިނަމަ ހަނގުރާމަ މެދުއިރުމަތީގެ ސަރަހައްދުން ބޭރަށް ފުޅާވާނެ: އީރާން

އަލުން ހަނގުރާމަ ފަށައިފިނަމަ ހަނގުރާމަ މެދުއިރުމަތީގެ ސަރަހައްދުން ބޭރަށް ފުޅާވާނެ: އީރާން

އީރާނަށް އަމާޒުކޮށް އިތުރު ހަމަލާއެއްދީ އަލުން ހަނގުރާމަ ފަށައިފިނަމަ، މިހާރު ހިނގަމުންދާ ހަނގުރާމަ މެދުއިރުމަތީގެ ސަރަހައްދުން ބޭރަށް ފުޅާވެގެންދާނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ދީފިއެވެ. ތަސްނީމް އަދި ފާރްސް ނިއުސް ފަދަ ދައުލަތުގެ މީޑިއާތަކުން އާންމުކުރި މި ބަޔާނަކީ، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން އައިއާރުޖީސީގެ ރަސްމީ ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ. އައިއާރުޖީސީގެ ބަޔާނުގައި...

ނާޒިމާ އަލީ
މަހުދީ ނިޔާވި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ތަހްގީގްކުރަނީ

މަހުދީ ނިޔާވި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ތަހްގީގްކުރަނީ

ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ތަހްގީގްކުރަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ 16 މެއި 2026 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. […]

ޔުމްނާ ޢަލީ
ތުރާކުނުގެ ޚިދުމަތްތެރިޔާ ޖަލީލު ނިޔާވުމުން ރައީސްގެ ތައުޒިޔާ 

ތުރާކުނުގެ ޚިދުމަތްތެރިޔާ ޖަލީލު ނިޔާވުމުން ރައީސްގެ ތައުޒިޔާ 

ހއ. ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަން ކުރެއްވި، އެރަށު ނޫރަންވިލާ ޢަބްދުﷲ ޖަލީލް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޖަލީލު ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެރޭ އުމުރުން 84 އަހަރުގައި އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. ޖަލީލްގެ ވަކިވުމާއި ގުޅިގެން ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައި ވިދާޅުވީ، ޢަބްދުﷲ ޖަލީލަކީ 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަ...

ޔުމްނާ ޢަލީ
ހުއްދަނެތި 21 ބޭހެއް އެތެރެކޮށް ވިއްކާ، އިސްތިހާރުކުރާތީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

ހުއްދަނެތި 21 ބޭހެއް އެތެރެކޮށް ވިއްކާ، އިސްތިހާރުކުރާތީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ ލިސްޓުގައި ނެތް 21 ބާވަތެއްގެ ބޭސް ރާއްޖެއަށް އެތެރެކޮށް، ވިއްކައި އަދި އިސްތިހާރު ކުރަމުންދާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ އޮތޯރިޓީން މިއަދު ދީފިއެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި، މި ބޭސްތަކަކީ އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި މިހާރު އެންމެ ގިނައިން ވިއްކަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ބާވަތްތަކެވެ. އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ބޭހާ ބެހޭ ގަވާއިދާއި […]

ޔުމްނާ ޢަލީ
ފަހު މެޗުގައި ވެސް ހަނިމާދޫ މަނަދޫ ބަލިކޮށްފި

ފަހު މެޗުގައި ވެސް ހަނިމާދޫ މަނަދޫ ބަލިކޮށްފި

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގައި ހަނިމާދޫ އާއި މަނަދޫގެ ފަހުމެޗު 3-2 ލަނޑުން ހަނިމާދޫ ކާމިޔާބުކޮށްފިއެވެ. މަނަދޫގައި މިއަދު ކުޅުނު މި މެޗުގައި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލް ހުޅުވާލެވިފައެއްނުވެއެވެ. މި ހާފުގައި ދެ ޓީމުން ހަމަހަމަކުޅުމެއް ކުޅެފައިވާއިރު ދެ ޓީމަށްވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބި ވަނީ ނާކާމިޔާބުވެފައެވެ. ދެވަނަ ހާފު ފަށައި ދެވަނަ މިނިޓްގައި، މެޗުގެ 46 ވަނަ މިނިޓްގައި ހަނިމާދޫގެ ޖޯޒީ ނަންބަރު 5 މުހައްމަދު ޚާލިދު […]

ޔުމްނާ ޢަލީ
ހިމަބިހީގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 7 އަށް

ހިމަބިހީގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 7 އަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 7 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. މި ކޭސްތަކާ ގުޅިގެން މިހާތަނަށް 74 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނެއެވެ. މިދުވަސްވަރަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވެސް ހިމަބިހީގެ ކޭސްތައް އިތުރުވަމު...

ޔުމްނާ ޢަލީ