ނަމާދަށް ހަޖޫޖެހި މުވައްޒަފުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނަން: އެމްޑަބްލިއުއެސްސީ
ސޯސަލް މީޑިއާގައި ދައުރުވަމުންދާ، މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މުވައްޒަފަކު ނަމާދު ކުރަން ހުއްޓައި ނަމާދަށް ހަޖޫޖެހާ، ނަމާދު ކުރަން ހުރި މުވައްޒަފަށް ފުރައްސާރަ ކުރާ ވީޑިއޯގާއި ގުޅިގެން އެ މައްސަލަ ބަލައި، އެ އަމަލު ހިންގި އެ ކުންފުނީގެ މުވައްޒަފަށް ފިޔަވަޅު އަޅާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމައްސަލައާއި ގުޅިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު “ތިލަދުން”އަށް ވިދާޅުވީ، އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކުންފުނީގެ އެޗްއާރ...