ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބިލަށް އެއްވެސް ހިޔާލެއް ހުށަހަޅުއްވަން ބޭނުންނަމަ މިމަހުގެ 30 ގެ ކުރިން ކޮމެޓީގެ އީމެއިލް committee@majlis.gov.mv އަށް ހުށަހަޅުއްވަން ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ. ހިޔާލު ހޯދަން ހުޅުވާލިއިރު އެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމެޓީގައި މިހާރު ދަނީ ދިރާސާތައް ކުރަމުންނެވެ.
އެ ބިލާ ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ފުލުހުންނަށް ފާޑުކިއުން އަމާޒުކޮށް ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ބައެއް ފުލުހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ދިވެހި ފުލުހުންނަކީ ނުކިޔަވާ ތިބި ދަށްބައެއްގެ ގޮތުގައި ސިފަކޮށް ފުލުހުންގެ ބާރުތައް ކުޑަކުރުމަށް ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!