ބޯޓަކުން މޫދަށް ވެއްޓުނު ބިދޭސީ މީހާ 51މ އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ
ތިލަފުށީ އުތުރުގައި އަޅާފައި އޮތް ބޯޓަކުން މޫޑަށް ވެއްޓުނުފަހުން ގެއްލިގެން ހޯދަމުން އައި ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ ތިލަފުށި އުތުރުގައި އަޅާފައި އޮތް “ގޭސް އެޓްލާންޓިކް” ބޯޓުން ވެއްޓުނު ބިދޭސީ މީހާ ހޯދުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން ކުރި މަސައްކަތުން މިރޭ 00:22 ހާއިރު، ކަނޑުގެ 51 މީޓަރު އަޑިން އެމީހާގެ ހަށިގަނޑު ފެނިފައިވާކަމަށެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ބިދޭސ...