މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,372 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1927 ވަނަ ޞަފްޙާ

ފުލުހުންގެ ބިލު ދިރާސާކުރައްވާ 241 ކޮމެޓީއަށް އޭޖީ އޮފީހުން ފަންނީ އެހީތެރިކަން

ފުލުހުންގެ ބިލު ދިރާސާކުރައްވާ 241 ކޮމެޓީއަށް އޭޖީ އޮފީހުން ފަންނީ އެހީތެރިކަން

ފުލުހުންގެ ބިލު ދިރާސާކުރައްވާ 241 ކޮމެޓީއަށް އޭޖީ އޮފީހުން ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވަން ފައްޓަވައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ދިރާސާކުރައްވަމުންގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (ޤާނޫނުއަސާސީގެ 241 މާއްދާގައި ބަޔާންކުރާ ކޮމެޓީ)އިން އެ ބިލާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި މިއަދު ބޭއްވެވި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައިވެރިވެ، އެ ކޮމިޓީއަށް ބިލާގުޅޭ މަޢ...

އިބްރާހިމް އަސްވާޤް
ޖިންސީ އަނިޔާކުރާ މީހުން މުޖުތަމަޢަށް ދޫވާތީ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ޖިންސީ އަނިޔާކުރާ މީހުން މުޖުތަމަޢަށް ދޫވާތީ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ޖިންސީ ކުށުގެ ޤާނޫނު މިހާރު އޮތްގޮތުން ޖިންސީ ޝިކާރައަށްވާ މީހުން، އެކަން ރިޕޯޓުކުރަން ޖެހިލުންވެ، ޖިންސީ އަނިޔާކުރާ މީހުން މުޖުތަމަޢަށް ދޫވާނެ ފުރުސަތު ބޮޑުވާތީ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 53ވަނަ މާއްދާއަށް 3 އަކުރެއް އިތުރުކުރުމަށް މަޖިލީހަށް ހުށައަޅުއްވާފައެވެ. މިއިސްލާޙުތަކުގެ އެންމެބޮޑު ބޭނުމަކީ މިހާރު ޤާނޫނު އޮތްގޮތުން ކުށުގެ ޝިކާރައަށްވި މީހާއާއި އޭނާގެ ނަފުސުގެ އަބުރުވެރިކ...

ޔުމްނާ ޢަލީ
ޔަމަނުގެ ޙާލަތު އިތުރަށް ގޯސްވެއްޖެ، އެދެނީ އެހީތެރިކަމަށް!

ޔަމަނުގެ ޙާލަތު އިތުރަށް ގޯސްވެއްޖެ، އެދެނީ އެހީތެރިކަމަށް!

ޔަމަނުގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އެ ޤައުމުގެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެޖެންސީ ރިލީފް ކެމްޕޭނެއް ފަށައިފިއެވެ. ގާތްގަނޑަކަށް މީގެ ތިން އަހަރު ކުރިން އ.ދ އިން ދުނިޔޭގެ އެންމެ ނިކަމެތިން ގިނަ އަދި ހާލަތު ގޯސް ޤައުމުގެ ގޮތުގައި ކަނޑައަޅާފައިވާ ޔަމަނުގެ ހާލަތު ކޮވިޑް 19 އާއި ގުޅިގެން ވަނީ ބޮއްސުންލާފައެވެ. އެގޮތުން އެ ޤައުމުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ޔަމަނުގެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުން […]

އިބްރާހިމް އަސްވާޤް
މާލޭގައި އިތުރު އޭޓީއެމް ސެންޓަރެއް ބީއެމްއެލް އިން ހުޅުވައިފި

މާލޭގައި އިތުރު އޭޓީއެމް ސެންޓަރެއް ބީއެމްއެލް އިން ހުޅުވައިފި

ދިވެހިންގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ޒަމާނީ އޭޓީއެމްގެ ހިދުމަތްތައް ލިބޭނެ ތިން އޭޓީއެމް އާއިއެކު އޭޓީއެމް ސެންޓަރެއް ހުޅުވާ ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފުޅާކޮށްފި އެވެ. މި ސެންޓަރުން 24 ގަޑިއިރު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ މިއޭޓީއެމް ހުޅުވީ މ.ސްޓަރ ކްލައުޑް (ކުރީގެ ސްޓާ ސިނަމާ) އިމާރާތުގައެވެ. މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބިގެންދާނެ ކަމަށެވެ. މި އޭޓީއެމްތައް މެދުވެރިކޮށ...

އިބްރާހިމް އަސްވާޤް

ސަފާރީ ރޭޕްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން ބަލަނީ

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ނިންމައިފިއެވެ. މި މައްސަލަ މާދަމާ އޮތް އެކޮމެޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާކަން އެކޮމެޓީގެ މެންބަރު އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ޓްވިޓަރގައި ހާމަކުރައްވާފައެވެ. ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ މާދަމާގެ އެޖެންޑާގައި ހިމަނަން ޖީހާން ނިންމެވީތީ އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އެ މ...

ޔުމްނާ ޢަލީ
ހާލުދެރަވި މަސްވެރިއަކަށް ސިފައިން އެހީވެއްޖެ

ހާލުދެރަވި މަސްވެރިއަކަށް ސިފައިން އެހީވެއްޖެ

ަމަސްވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފް އިން ބުނެފައިވަނި ހދ. ވައިކަރަމުރައިދޫގެ ހުޅަނގު އުތުރުން މަސްވެރިކަން ކުރަން އުޅުނު “ރޯމާ” ދޯނީގައި ހުރި މީހެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފް ނަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މި ހާދިސާ އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 9:17 ހާއިރު ކަމަށާއި ހާލު ދެރަވީ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. HDh....

ޖަލްވާން ޖާދުﷲ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި

ތަފާތު އެކިދުވަސް މަތިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް މައްސަލަ ތަހުޤީޤު ކުރަން ފަށައިފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ  ތ.ވޭމަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު  މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ހިނގާ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް...

އިބްރާހިމް އަސްވާޤް
ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ސިފައިންގެ ޚިދުމަތް

ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ސިފައިންގެ ޚިދުމަތް

ކެޕްޓަން ޙުސައިން މުޙައްމަދު (ފިއްލަދޫ ޙުސައިން މަނިކު) އަކީ ސިފައިންގޭގައި ދެ ފަހަރެއްގެ މަތިން 34 އަހަރެއްހާ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ވެރިން އެންގެވި ކޮންމެ ކަމެއް އަދި ކުރެއްވި ކޮންމެ ޢަމުރެއް ފަސްޖެހިވަޑައި ނުގެން ތަންފީޒު ކުރެއްވި ބޭފުޅެކެވެ. ޖެހިލުންކުޑަކަމާއި ކެރުމާއި ހިތްވަރުގަދަ ކަމުގެ ނަމޫނާއެކެވެ. ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކަކީ އިސްވެރިންގެ އޯޑަރާ އެއްގޮތަށް ޢަޒުމާއެކު ކަންކަމާ ކުރިމަތިލައްވައި، ކާމިޔާބު ކުރެއްވި ހިތްވަރުގަދަ...

ޢަބްދުﷲ ސަޢީދު
ކޯވިޑް19: ޕޮޒިޓިވްވި މީހުންގެ ޢަދަދު 10 މިލިއަނަށް އަރައިފި

ކޯވިޑް19: ޕޮޒިޓިވްވި މީހުންގެ ޢަދަދު 10 މިލިއަނަށް އަރައިފި

ދުނިޔޭގެ ބައްރުތަކުގައި ފެތުރެމުންދާ ކޯވިޑް-19 ބަލި ޖެހުނު މީހުންގެ ޢަދަދު 10 މިލިއަން ފަހަނަ އަޅައި ގޮސްފިއެވެ. މިހާތަނަށް ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު މިބަލި ފެތުރެމުން ދާއިރު، އަދިވެސް މިބައްޔަށް އެދެވޭ ފަރުވާއެއް ހޯދުމުގައި ދުނިޔެވަނީ ނުކުޅެދިފައެވެ. މިހިނގާ ޖޫން 21 ވަނަ ދުވަހު މިބަލި ޖެހުނު މީހުންގެ ޢަދަދު 9 މިލިއަނަށް އަރާފައިވާއިރު، ޖޫން 15 ވަނަ ދުވަހު ވަނީ ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 8 މިލިއަނަށް އަރާފައެވެ. މިހިނގާ ޖޫން […]

ޝިއުނާ އާދަމް
ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އަލުން ބަލަން އޭސީސީއިން ނިންމައިފި

ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އަލުން ބަލަން އޭސީސީއިން ނިންމައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަނަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނަވައިގެން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ މައްސަލަ އަލުން ރިވިއު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ. އޭސީސީއިން މިރޭ ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާ ފަދައިން، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިމިޓެޑުނ...

އަލީ އާދިލް
ކޮމިޓީން މިނިސްޓަރު އަސްލަމަށް ރުހުން ދޭން ފާސްކޮށްފި

ކޮމިޓީން މިނިސްޓަރު އަސްލަމަށް ރުހުން ދޭން ފާސްކޮށްފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވި މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފިއެވެ. އަލަށް އުފެއްދެވި އެ މިނިސްޓްރީއަށް މިނިސްޓަރު އަސްލަމް އައްޔަނު ކުރަށްވައި، މަޖިލީހަށް ހުށަހެޅުއްވުމުން މިނިސްޓަރަށް ރުހުން ހޯދުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވ...

އަލީ އާދިލް
އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް!

އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް!

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ. މި އެހީއަކީ ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް ވެދެއްވި އެހީއެކެވެ. އެގޮތުން އެ ބޭންކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ދޭން ނިންމީ 25 މިލިއަން ޑޮލަރުގެ ލޯނަކާއި 25 މިލިއަން ޑޮލަރުގެ ހިލޭ އެހީ ކަމަށެވެ. މިއެހީތެރިކަމަކީ ކޯވިޑް-19 އާއި ގުޅިގެން އޭޑީބީގެ މެމްބަރު ގައުމުތަކަށް އެހީތެރިވާން […]

ޖަލްވާން ޖާދުﷲ
ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 2 މީހުން ދޫކޮށްލައިފި

ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 2 މީހުން ދޫކޮށްލައިފި

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 ދިވެހިން ދޫކޮށްލައިފިއެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި އެ ދެމީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އިއްޔެ ފަތިހު 5:00 ހާއިރުއ...

އަލީ އާދިލް
ރައްޔިތުންގެ ސައްލާއާއިއެކު ނޭކުރެންދޫ ކަނޑޫފާ ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ ސައްލާއާއިއެކު ނޭކުރެންދޫ ކަނޑޫފާ ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ ނިސްބަތުން އެންމެ ބިޔަ އެއް ކަނޑޫފާ ކަމަށްވާ، ހދ. ނޭކުރެންދޫ ކަނޑޫފާގެ ކަނޑޫގަސްތައް މަރުވެ، ނެތިދާ ސަބަބު ހޯދުމުގެ މަސައްކަތް، އެރަށުގެ ރައްޔިތުންނާއި ސޭވް މޯލްޑިވްސް ގުޅިގެން ފަށައިފިއެވެ. މިގޮތުން އެރަށުގެ ކައުންސިލުންވަނީ ސޭވް މޯލްޑިވްސްއިން އެރަށަށް ދިޔަ ޓީމާއި، އެރަށުގެ ރައްޔިތުންނާއިއެކު މަޝްވަރާ ބައްދަލުވުމެއް މި މަހުގެ 25 ވަނަ ދުވަހުގެ ރޭ އެރަށުގައި ބާއްވާފައެވެ. ނޭކުރެންދޫ ކަނޑޫފަލުގެ ކަނޑޫގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް ފެށި މިމަސައްކަތުގެ ތެރެއިން ރައްޔިތުންގެ ސައް...

ޔުމްނާ ޢަލީ
މިފަހަރުގެ ސްޓޫޑެންޓް ލޯނު 500 އަށް ވުރެ ދަރިވަރުންނަށް!

މިފަހަރުގެ ސްޓޫޑެންޓް ލޯނު 500 އަށް ވުރެ ދަރިވަރުންނަށް!

މިއަހަރުގެ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ނަންތައް އިއުލާނުކޮށްފި އެވެ. މިފަހަރުގެ ފުރުޞަތުގައި 500 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ ލޯނުގެ ފުރުޞަތު ދީފައެވެ. މިފަހަރުގެ ފުރުޞަތުގައި ވަނީ  މަތީ ތައުލީމް ހާސިލްކުރުމަށް 514 ދަރިވަރުން ލޯނުގެ ފުރުޞަތު ދީފައެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން މިފަހަރު ހުޅުވާލި 550 ފުރުސަތަށް، 1،300 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ. ބުރާސްފަތި ދުވަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ކުރިޔަށް […]

ޝިއުނާ އާދަމް
މޯލްޑިވިއަންއަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެ

މޯލްޑިވިއަންއަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެ

ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއަށް ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު އޮފް ކެނެޑާ ލިމިޓެޓް (ޑި ހެވިލެންޑް އެއަރކްރާފްޓު) ގެ އެންމެ އިތުބާރު ކުރެވޭ އެއަރލައިންގެ އެވޯޑް ލިބިއްޖެއެވެ. ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު ގެ 2019 ވަނަ އަހަރުގެ އެންމެ އިތުބާރުކުރެވޭ އެއަރލައިންގެ އެވޯޑް ހާސިލް ކުރި އެއަރލައިން ތަކުގެ ތެރޭގައި މޯލްޑިވިއަން ހިމެނިފައިވާކަން ޢިއުލާންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މޯލްޑިވިއަންއަށް މި އެވޯޑު ލިބިފައިވަނީ އޯޝޭނިއާ ކެޓަގަރީގެ ޑޭޝް 8 – 100/200/300 ގެ...

ޔުމްނާ ޢަލީ
ހއ. އަތޮޅު ހޮސްޕިޓަލުގެ ދިވެހި ނަރުހުން ދިއްދޫ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލުގެ ދިވެހި ނަރުހުން ދިއްދޫ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަށްވާ ދިވެހި ނަރުހުން، ހއ. ދިއްދޫ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަށްވާ ދިވެހި ނަރުހުންގެ ފަރާތުން ދިއްދޫ މިސްކިތްތަކުގައި ބޭނުން ކުރުމަށް އަތްދޮންނަ ފުޅި ހަދިޔާކޮށްފައިވާ ކަމަށެވެ. މި ތަކެތި ހަދިޔާ ކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ދިއްދޫ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައިއެވެ. މިބައްދަލުވުމުގައި ހއ. އަތޮޅު ހޮސްޕިޓަލް ތަމްސީލުކުރާ ދިވެހި ނަރުހުން ވަނީ ބައިވެރިވެ، މިތަކ...

ޔުމްނާ ޢަލީ
ގަމު ރީޖަނަލް ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ސާމާނު ފޮނުވައިފި

ގަމު ރީޖަނަލް ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ސާމާނު ފޮނުވައިފި

ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ބައެއް ސާމާނާއި، އެ ހޮސްޕިޓަލްގައި ޤާއިމް ކުރަމުންގެންދާ މ.ފ.ދ.ތ.ލ ރީޖަނަލް ކޯވިޑް ފެސިލިޓީ އަށް ބޭނުންވާ ގިނަ މެޝިނަރީޒްއާއި އިކުއިޕްމެންޓް ހެލްތު މިނިސްޓްރީން އެ ހޮސްޕިޓަލަށް ފޮނުވައިފި އެވެ. އެ ހޮސްޕިޓަލުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ‏ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށާއި އެ ހޮސްޕިޓަލްގައި ޤާއިމް ކުރަމުންގެންދާ މ.ފ.ދ.ތ.ލ ރީޖަނަލް ކޯވިޑް ފެސިލިޓީ އަށް ބޭނުންވާ ގިނަ މެޝިނަރީޒްއާއި އިކުއިޕްމެނ...

ޝިއުނާ އާދަމް