މާލެ ތޮއްޖެހުމަށް ހައްލު އައުމަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ މީހަކު ރުހޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 7000 ފުލެޓްގެ ބަހުސް ގަދަވެ މާލެ ތޮއްޖެހުމާއި މާލޭގެ ކުލީގެ އަގު ކުޑަ ކުރުމުގެ ވާހަކަ ގަދަވެފައިވާ ދުވަސްވަރެއް ގައި އެކަމަށް އަލި އަޅުވާލަމުން އަލީ ހުސައިން ބުނެފައިވަނީ މާލޭގެ ތޮއްޖެހުމަށް ހައްލު އައުމަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ އެއްވެސް މީހަކު ހިތުން ރުހުމުން ބޭނުންވާނެ ކަމެއް ނޫންކަމަށެވެ.

Ad
rt

ޢެއްވެސް އިންސާނަކު ތިމާއަށް ލިބެން އޮތް މަންފާޢެއް ފިލާ ދިއުމަކަށް ނޭދޭނެ. ނަތީޖާއަކީ ނިކަމެތީން އިތުރަށް ބިކަވެ ބޯހިޔާވަހިކަމަށް ތަޅާފޮޅަން މަޖުބޫރުވުން.

މާލެ ތޮއްޖެހުން ކުޑަކޮށް މާލެއަށް ޖަމާކޮށްފައިވާ ވަސީލަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ބަހާލުމަށް ވަކާލާތު ކުރަމުން އަންނަ އަލީ ހުސައިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

އަލީގެ ޓުވީޓްއަށް ރައްދު ދެއްވާ މީސްމީޑީޔާގައި މިކަމާއި ދެކޮޅަށް އަޑު އުފުލަމުން އަންނަ ޝާއިރާ ބުނެފައިވަނީ އެއީ މަންފާއެއް ނޫންކަމަށާއި ދަހިކަން ދޫކޮށްލަން ބޭނުން ނުވަނީކަމަށެވެ.އަދި ހިތްފުރެނީ ކިހާވަރެއްވީމަ ތޯ އާއި މިހިޔާ ފްލެޓުތަކުގެ މަސައްކަތް ހުއްޓާނުލާ ސަރުކާރުން ކުރިއަށް ގެންދިޔައީ ކީއްވެތޯ ވަނީ ސުވާލުކޮށްފައެވެ.

އިތުރު ޒުވާނަކު މި ޓުވީޓްއަށް ރައްދު ދެމުން ބުނެފައިވަނީ މިއީ ރަނގަޅު ވާހަކައެއްކަމަށާއި އިހުލާސްތެރިކަމެއް ހުރިނަމަ 5 ލައްކަ ހަމަނުވާ ތަނެއްގައި މިހާރު މިއޮތް ބޯހިޔާވަހިކަމުގެ ދަތިކަމެއް ނޯންނާނެކަމަށެވެ.

ބިން އެބަހުރި، ބިން އިތުރުކުރެވެން އެބައޮތް، ފޯމިއުލާ ނޭނގެނީއެއް ނޫން. އެކަމަކު މިކަންކަން ކޮށްދޭން ތިބި ގިނަ މީހުންނަކީ ބިމުން މަންފާ ލިބޭ ގެދޮރުވެރިން

ފާރިސް ޕާރޫގް ބުނެފައިވެއެވެ.