މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,372 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1922 ވަނަ ޞަފްޙާ

އިމްރާން ފީފާ ސެންޗަރީ ކްލަބްގައި ހިމެނި، ތާރީޚްގެ ތެރެއަށް!

އިމްރާން ފީފާ ސެންޗަރީ ކްލަބްގައި ހިމެނި، ތާރީޚްގެ ތެރެއަށް!

ރާއްޖެއިން އެންމެ ފުރަތަމަ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރ،ާ ފިފާގެ ސެންޗަރީ ކްލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުން ތެރިޔާގެ ގޮތުގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުހައްމަދު ހިމެނި، ފުޓް ބޯޅައިގެ ތާރީޚުން އިތުރު ޖާގައެއް ކަށަވަރު ކޮށްފިއެވެ. ފީފާ އިން އެ އެސޯސިއޭޝަނުގެ ސެންޗަރީ ކްލަބުގައި އިމްރާން ހިމަނާފައި ވަނީ ގައުމީ ޓީމަށް އޭނާ ކުޅެދީފައިވާ 109 މެޗު ބަލައިގަތުމާއި އެކުގައިއެވެ. މިގޮތުން އިމްރާނަކީ، 100 ނުވަތަ އެއަށް ވުރެ […]

ހުސައިން ހަބީބް
މިއަދުވެސް 200 ބިދޭސީން ޤައުމަށް ފޮނުވާލައިފި

މިއަދުވެސް 200 ބިދޭސީން ޤައުމަށް ފޮނުވާލައިފި

ޤައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ވެސް އިތުރު 200 ބަންގްލަދޭޝްގެ މަސައްކަތްތެރިން އަނބުރާ ގައުމަށް ފޮނުވާލައިފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ފުރުވާލާފައިވާ ކަމަށާއި އެ މީހުން ފުރާފައި ވަނީ މިއަދު  މެންދުރު 12:34 ގައި ކަމަށެވެ. ކޯވިޑް19 ރާއްޖޭގައި ފެތުރެން ފެށުމާއިއެކު އެ ބަލި އެންމެ ބާރަށް ފެތުރިފައިވަނީ […]

އިބްރާހިމް ޚަލީލް
ހުސްވި މަހުގެ ބިލްތަކުން 40 ޕަސެންޓް ޑިސްކައުންޓް ލިބޭނެ: ފެނަކަ

ހުސްވި މަހުގެ ބިލްތަކުން 40 ޕަސެންޓް ޑިސްކައުންޓް ލިބޭނެ: ފެނަކަ

ފެނަކަ ކަސްޓަމަރުންނަށްވެސް ހުސްވި މަހުގެ ބިލްތަކުން 40 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ފެނަކައިން ބުނީ ޖޫން މަހުގެ ކަރަންޓް ބިލްތަކުން 40 ޕަސެންޓް ޑިސްކައުންޓް ފެނަކައިގެ ކަސްޓަމަރުންނަށް ދިނުމަށް ސަރުކާރުން ނިންމާފައި ވާކަމަށެވެ. ފެނަކައިގެ ކަސްޓަމަރުންނަށް ޖޫން މަހުގެ ބިލްތަކަށް ޑިސްކައުންޓް ލިބޭނެ ކަމަށް މިއަދު ހާމަކުރި އިރު، ޖޫން މަހުގެ ބިލުން 40 ކަނޑާލަން ސްޓެލްކޯއިންވެސް މިހާރު ވަނީ ނިންމައިފައެވެ. June mahuge karantu billthakun 40% discount Fenakaige […]

ޝިއުނާ އާދަމް
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ރޭޕުކޮށް ބަލިވެއިން މައްސަލާގައި މި މަހު ދެވަނަ ދުވަހު ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކުރި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ  ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ) އެވެ. މިމައްސަލައާ ގުޅިގެން 2020 ޖުލައި 3 ވަނަ ދުވަހު ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ) ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވ...

އިބްރާހިމް ޚަލީލް
އެފްއޭމްގެ އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް މިނިސްޓަރު ވިދާޅުވާން ޖެހޭ: އެމްޕީ ޢަލީ އާޒިމް

އެފްއޭމްގެ އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް މިނިސްޓަރު ވިދާޅުވާން ޖެހޭ: އެމްޕީ ޢަލީ އާޒިމް

ފުޓްބޯލް އެސޯސިއޭސަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަޙުމަދު މަޙްލޫފް ވިދާޅުވާން ޖެހޭ ކަމަށް ކުރީގެ އެފްއޭމްގެ ރައީސްކަން ކުރަށްވާފައިވާ، މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ. ޢަލީ އާޒިމް ވިދާޅުވީ ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމްގެ އިންތިޚާބު ބޭއްވީ، ޤާނޫނާއި ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެފްއޭއެމް ގެ އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް ކުޅިވަރާއި...

ހުސައިން ހަބީބް
ކޯވިޑް-19: 11 މިލިއަން މީހުންނަށް ބަލިޖެހި، 6 މިލިއަން މީހުން ރަނގަޅުވެއްޖެ

ކޯވިޑް-19: 11 މިލިއަން މީހުންނަށް ބަލިޖެހި، 6 މިލިއަން މީހުން ރަނގަޅުވެއްޖެ

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެންފެށި ކޯވިޑް-19 ވައިރަސް މިހާތަނަށް ދުނިޔޭގެ 11 މިލިއަނަށް ވުރެ ގިނަ މީހުންނަށްޖެހި، 6 މިލިއަނަށްވުރެ ގިނަ މީހުން އެ ބަލިން ރަނގަޅު ވެއްޖެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު މިބަލި ފެތުރެމުން ދާއިރު، އަދިވެސް މިބައްޔަށް އެދެވޭ ފަރުވާއެއް ހޯދުމުގައި ދުނިޔެވަނީ ނުކުޅެދިފައެވެ. އެހެންނަމަވެސް މިބަލި ޖެހޭ މީހުން ތެރެއިން ފަރުވާއަކާއި ނުލައިވެސް ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު ދަނީ ބާރު […]

ޝިއުނާ އާދަމް
ޝައްކު އުފެދޭ ގޮތަށް ޚަބަރު ނުފެތުރުމަށް އިލްތިމާސްކުރަން: އިސްލާމިކް މިނިސްޓްރީ

ޝައްކު އުފެދޭ ގޮތަށް ޚަބަރު ނުފެތުރުމަށް އިލްތިމާސްކުރަން: އިސްލާމިކް މިނިސްޓްރީ

‏ކޯވިޑް-19 އާ ގުޅިގެން އުފެދޭ ފިޤުހީ މައްސަލަތަކުގައި އިސްލާމިކް މިނިސްޓަރު ނިންމަވާ ނިންމެވުންތައް ނިންމަވަމުން ގެންދަވަނީ ޢިލްމްވެރިންނާއި، ޑޮކްޓަރުންގެ ލަފާ ހޯއްދަވައި، ޢިލްމުވެރިން ދައްކަވާ ޙުއްޖަތް ތަކުގެ މައްޗަށް ރިޢާޔަތްކުރެއްވުމަށް ފަހުގައި ކަމަށާއި، އެ ނިންމުންތަކާއި މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް ޚަބަރު ނުފެތުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. އެ މިނިސްޓްރީއިން މިގޮތަށް އިލްތިމާސް ކުރީ މިއަދު މެންދުރު 12:59 ގައި ކޮށްފައިވާ ޓުވީޓެއްގައެވެ. އެ ޓުވީޓ...

އަލީ އާދިލް
އަތޮޅު ތަކަށްވެސް ދިވެހި ޕްރިމިއާ ލީގު ފުޅާކުރަނީ!

އަތޮޅު ތަކަށްވެސް ދިވެހި ޕްރިމިއާ ލީގު ފުޅާކުރަނީ!

2023 ވަނަ އަހަރު އޮންނަ ދިވެހި ޕްރިމިއާ ލީގުގެ ސީޒަން މާލޭގެ އިތުރުން އަތޮޅުތަކަށް ފުޅާ ކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ. އެފްއޭއެމްގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބު ވުމަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ އެއް ކަމަކީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި […]

ހުސައިން ހަބީބް
މި ފޮޓޯތަކުން "އެންމެ ބޮޑު ކަނޑޫފާ" ހަލާކުވަމުންދާ މިންވަރު ވަޒަންކޮށްލާ!

މި ފޮޓޯތަކުން "އެންމެ ބޮޑު ކަނޑޫފާ" ހަލާކުވަމުންދާ މިންވަރު ވަޒަންކޮށްލާ!

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި އޮންނަ ކަނޑޫ ފަލަކީ ރާއްޖޭގައި އޮތް އެންމެ ބިޔަ އެއް ކަނޑޫފަލެވެ. ޤުދުރަތީ މި ބޮޑު ހަދިޔާ އަޅުގަނޑުމެން އަތުން ބީވެދާނެ ކަމުގެ ބިރު މިވަނީ ހީވެފައެވެ. ނޭކުރެންދޫގައި އޮންނަ މި ކަނޑޫފާ ހަލާކުވަމުންދާތީ އެރަށު ކައުންސިލުން އަންނަނީ ގިނަމަސައްކަތް ތަކެއްކުރަމުންނެވެ. މިކަން ކަމާބެހޭ ފަރާތްކުގެ ސަމާލުކަމަށް ގެނައުމަށް ގިނަގުނަ މަސައްކަތް ތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކަނޑުފާ ހަލާކުވެފައިވާ މިންވަރު ބަޔާންކޮށްދިނުމަށް ނޭކުރެންދޫ ކައުންސިލުން މިވަނީ ކަނޑ...

ޙުސައިން ޘަޤީފް
ބޮޑުފިނޮޅުގައި ބިދޭސީން ނިކުމެ ހަމަލާދޭ ވީޑިއޯއެއް!

ބޮޑުފިނޮޅުގައި ބިދޭސީން ނިކުމެ ހަމަލާދޭ ވީޑިއޯއެއް!

ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ރަހީން ކުރުމާއި ގުޅިގެން ފުލުހުން އެ ރަށަށް އަރައި އެ ދިވެހިން ސަލާމަތް ކުރުމަށް ދިއުމުން އެރަށުގައި ހަމަނުޖެހުން ހިންގި ބިދޭސީން ފުލުހުންގެ ސްޕީޑް ލޯންޗްއަށް ހަމަލަދޭ މަންޒަރު މިވަނީ މީސްމީޑިޔާގައި އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މި އެރަށުގެ ޖެޓީއާއި ކައިރި ކުރަން އުޅުނު ލޯންޗަކަށް ބިދޭސީން ދަނޑިބުރިއާއި ލަޓިބުރިތަށް ހިފައިގެން ދުވެފައި […]

އިބްރާހިމް އަސްވާޤް
"ކޭލު ފޯ": ވަރުދާގެ އެ ހަނދާނާއި، ތައްޔާރު ކުރާނެ ގޮތް!

"ކޭލު ފޯ": ވަރުދާގެ އެ ހަނދާނާއި، ތައްޔާރު ކުރާނެ ގޮތް!

ކޭލުގައި ތައްޔާރުކުރާ ކާނާގެ ބާވަތެއް ކަމަށްވާ “ކޭލު ފޯ” ވާހަކަ އަޑު އެހިން ހެއްޔެވެ؟ މިއީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކޭލުން ތައްޔާރުކޮށް އުޅުނު ކާނާގެ ބާވަތެކެވެ. ތިޔަ ރަށުގައި އެއްވެސް އިރެއްގައި “ކޭލު ފޯ” ތައްޔާރު ކުރިހެއްޔެވެ؟ މި ކާނާގެ ބާވަތާއި ގުޅިގެން އެކި ރަށްރަށުގައި ޒަމާންވީ ހަނދާންތަކެއްވެސް އެބަހުއްޓެވެ. މިފަހަރު އަނެއްކާވެސް މިގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ވަރުދާ އަޙްމަދު ކިޔައިދިން ” ކޭލު ފޯ” އާއި ގުޅިފައިވާ ހދ. […]

ޝިއުނާ އާދަމް
ބިދޭސީންގެ މައްސަލަ އެންމެފަހުން ޤައުމީ ސަލާމަތަށް ބޮޑު ނުރައްކަލަކަށް!

ބިދޭސީންގެ މައްސަލަ އެންމެފަހުން ޤައުމީ ސަލާމަތަށް ބޮޑު ނުރައްކަލަކަށް!

އަދިވެސް ހޭއަރާކަށް ނުވޭތޯއެވެ. ރަށުމީދާ ރަށަށް ގަދަވާނޭ ކިޔާ އަޅާނުލައި ކޮންމެގޮތެއް ވިޔަސް ވަރިހަމަ ކޮށްލައިގެން ތިބެންވީތޯއެވެ؟ ބީދޭސީންގެ މައްސަލަ ބޮޑުވެފައިވާ މިންވަރު މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އިވުނު އަޑުތަކާއި ފެނުނު މަންޒަރުތަކުން އެނގި ހާމަނުވޭތޯއެވެ. އާދޭހެވެ. މި ދައްކަން އުޅެނީ ބިދޭސީންގެ ވާހަކައެވެ. އެމީހުންގެ ޢަދަދު ގިނަކަމުގެ ވާހަކައެވެ. ރަށު މީހާއަށްވުރެ ނުވަތަ ދިވެހިންނަށްވުރެ ދިވެހި ބިމުގައި އެމީހުންގެ ބާރުގަދަކަމުގެ ވާހަކައެވެ. އެކަމުގެ ނުރައްކަލުގެ ވާހަކައެވެ. މިއީ އިއ...

އަޙްމަދު މުނައްވަރު
ބޮޑުފިނޮޅުން 19 ބިދޭސީއަކު ހައްޔަރުކޮށް ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފި

ބޮޑުފިނޮޅުން 19 ބިދޭސީއަކު ހައްޔަރުކޮށް ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފި

ބ.ބޮޑުފިނޮޅުގައި  ދިވެހިންތަކެއް ރަހީނު ކުރުމުން ހިނގަދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެކަމުގައި ޝާމިލްވި 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން މިހާރުވަނީ ކޯޓަށް ހާޒިރުކުރުމަށް ތުޅާދޫއަށް ގެންގޮސްފައެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާއެކު މުޢާމަލާތް ކޮށްގެންކަމަށެވެ. އަދި ޕަބްލިކް އޯޑަރ ރެސ...

އަލީ އާދިލް
ހދ. އަތޮޅު ކައުންސިލުން ދެމުން ގެންދާނެ ޓްރާންސްޕޯޓްގެ ޚިދުމަތްތައް އާންމުކޮށްފި

ހދ. އަތޮޅު ކައުންސިލުން ދެމުން ގެންދާނެ ޓްރާންސްޕޯޓްގެ ޚިދުމަތްތައް އާންމުކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން ހދ.އަތޮޅު ކައުންސިލުގެ އިދާރާއިން، ދެމުން ގެންދާނެ ޚިދުމަތްތައް އާންމުކޮށްފިއެވެ. ޖުލައި ހަތަރުވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން އެ ކައުންސިލުން ދެމުން ގެންދާނެ ޚިދުމަތްތައް އާންމުކޮށް، މިއަދި  ކުރި އިޢުލާނުގައިވަނީ އެ ކައުންސިލުން ދެމުންގެންދާނެ ޖުމްލަ އަށް ޚިދުމަތެއް ހާމަކުރައްވާފައެވެ. އެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ: އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އާކުރުން. (ގެއްލިގެން، ޙަލާ...

އިބްރާހިމް ޚަލީލް
އަލީ ރިޟާގެ އެކައުންޓްތައް ފްރީޒްކޮށް މުދާ ނަގައިގެންވިޔަސް މުސާރަ ދިނުމަށް ގޮވާލައިފި

އަލީ ރިޟާގެ އެކައުންޓްތައް ފްރީޒްކޮށް މުދާ ނަގައިގެންވިޔަސް މުސާރަ ދިނުމަށް ގޮވާލައިފި

ބ އަތޮޅު ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންތަކަށް މުސާރަ ނުދީގެން މިހާރު އެރަށުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މި ބިދޭސީން ލައްވާ މަސައްކަތްކުރުވާ ކުންފުނީގެ ވެރިފަރާތް ކަމުގައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޟާގެ އެކައުންޓްތައް ފްރީޒް ކޮށް އޭނާގެ މުދާ ނަގައިގެން ވިޔަސް މަސައްކަތްތެރިންގެ މުސާރަ ދިނުމަށް ނަވާނަވައިން ސަރުކާރަށް ގޮވާލައިފިއެވެ. ނަވާނަވައިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބ. ބޮޑުފިނޮޅުގައި ހަދަމުންދާ ރިޒޯޓުގެ ބިދޭސީ މަސައްކަތްތެރިން 16...

އަލީ އާދިލް
ފުލުހުން މީޑިޔާތަކަށް ހަމަހަމަ ކަމާއި އެކު ފުރުޞަތު ނުދޭތީ އަދި މަޢުލޫމާތު ދިނުމުގައި ފަސްޖެހޭތީ ކަންބޮޑުވުން

ފުލުހުން މީޑިޔާތަކަށް ހަމަހަމަ ކަމާއި އެކު ފުރުޞަތު ނުދޭތީ އަދި މަޢުލޫމާތު ދިނުމުގައި ފަސްޖެހޭތީ ކަންބޮޑުވުން

މޯލްޑިވްސް ޕޮލިސް ސާވިސްއިން މީޑިޔާތަކަށް ހަމަހަމަ ކަމާއި އެކު ފުރުޞަތު ނުދޭތީ އަދި މަޢުލޫމާތު ދިނުމުގައި ފަސްޖެހޭތީ މީޑިއާ ކައުންސިލް އިން ކަންބޮޑުވުންފާޅުކޮށްފިއެވެ. މީޑިއާ ކައުންސިލުން މިފަދައިން ގޮވާލާފައިމިވަނީ ބ އަތޮޅު ބޮޑުފިނޮޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން އެއްވެސް އުސޫލެއް ނެތި 2 މީޑިއާއަށް އެ ކަވަރުކުރުމުގެ ފުރުސަތު ދީފައިވަނިކޮންނެވެ. މިކަމާއި ގުޅިގެން ފުލުހުން މީޑިޔާތަކަށް މަޢުލޫމާތު ދިނުމަށް...

އަލީ އާދިލް
ކޯވިޑް ބަލީގައި 11 ވަނަ މީހަކު މަރުވިކަމަށް އެޗްޕީއޭއަށް ބުނެވުނީ އޮޅުމަކުން!

ކޯވިޑް ބަލީގައި 11 ވަނަ މީހަކު މަރުވިކަމަށް އެޗްޕީއޭއަށް ބުނެވުނީ އޮޅުމަކުން!

ރާއްޖެއިން ކޯވިޑް-19 ބަލީގައި 11 ވަނަ މީހަކު މަރުވެއްޖެ ކަމަށް މިރޭ އިރާކޮޅު ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އަށް މައުލޫމާތު ދެވިފައި ވަނީ އޮޅުމަކުން ކަމަށް ބުނެފިއެވެ. މިރޭ 12 ޖެހި އިރު އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން ކޯވިޑް ބަލީގައި އިންޑޮނޭޝިއާ މީހަކު މަރުވިކަށް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށެވެ. އަދި އެމީހާ މަރުވެފައި ވަނީ ކެންސަރު ބަލީގެ ސްޓޭޖު 4 އަށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އެޗްޕީއޭއިން މިރޭ އިރާކޮޅު […]

ޝިއުނާ އާދަމް
ބިދޭސީންނަށް މުސާރަނުދޭތީ ހިނގި ބޮޑު ހަމަނުޖެހުން ކޮންޓުރޯލުކުރަން ސަލާމަތީ ބާރުތަކުން ބޮޑުފިނޮޅަށް

ބިދޭސީންނަށް މުސާރަނުދޭތީ ހިނގި ބޮޑު ހަމަނުޖެހުން ކޮންޓުރޯލުކުރަން ސަލާމަތީ ބާރުތަކުން ބޮޑުފިނޮޅަށް

ބ.އަތޮޅު ބޮޑު ފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް މާލެއިން ފުލުހުންނާއި ސިފައިން އެރަށަށް ފުރައިފިއެވެ. ރިޒޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންގެންދާ ބ.އަތޮޅު ބޮޑު ފިނޮޅުގައި މަސައްކަތްކުރާ ބަނގުލަދޭޝްގެ ރައްޔިތުންތަކެއް ވަނީ އެމީހުންނަށް ކުންފުނިން މުސާރަ ނުދޭކަމަށް ބުނެ، މުދަލާއި ތަކެއްޗަށް ގެއްލުންދީ، އެރަށުގައި މަސައްކަތްކުރާ ދިވެހިންތަކެއް ރަހީނުކޮށްފައެވެ. އެގޮތުން އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މުވައްޒަފުންތަކެއް އަންނަނީ ދިވެހި މުވައްޒަފުންތަކެއް އެ ރަށުނ...

ޔުމްނާ ޢަލީ