ފެނަކަ ކަސްޓަމަރުންނަށްވެސް ހުސްވި މަހުގެ ބިލްތަކުން 40 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިން ބުނީ ޖޫން މަހުގެ ކަރަންޓް ބިލްތަކުން 40 ޕަސެންޓް ޑިސްކައުންޓް ފެނަކައިގެ ކަސްޓަމަރުންނަށް ދިނުމަށް ސަރުކާރުން ނިންމާފައި ވާކަމަށެވެ.

Ad
rt

ފެނަކައިގެ ކަސްޓަމަރުންނަށް ޖޫން މަހުގެ ބިލްތަކަށް ޑިސްކައުންޓް ލިބޭނެ ކަމަށް މިއަދު ހާމަކުރި އިރު، ޖޫން މަހުގެ ބިލުން 40 ކަނޑާލަން ސްޓެލްކޯއިންވެސް މިހާރު ވަނީ ނިންމައިފައެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ފެނަކައިން މިހާރުވެސް 145 އަށް ވުރެ ގިނަ ބްރާންޗްތަކުން ދަނީ ހިދުމަތް ދެމުންނެވެ.

މި ދެ ކުންފުންޏަކީ ސަރުކާރުން ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނި ކަމަށްވާއިރު، ސަރުކާރުން ޚިދުމަތްދޭ ރާއްޖޭގެ މުޅި އާބާދީއަށް ޖޫން މަހުގެ ކަރަންޓް ބިލުން 40 ޕަސެންޓް ޑިސްކައުންޓް ލިބޭގޮތަށް ހަމަޖެހިގެން ދިޔައީއެވެ.