ތިލަދުންމަތީގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ހއ. އަތޮޅުގެ މެންބަރުން، އެސްޓީއޯގެ އެމްޑީއާއި އެކު މަޝްވަރާކޮށްފި
ހއ އަތޮޅުގަ މަސްފެކްޓްރީ އެއް އެޅުމާއި ތިލަދުންމަތީގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމާއި ގުޅޭގޮތުން ހއ. އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ޢަމްރު އާއި އެކު މަޝްވަރާ ކުރައްވައިފިއެވެ. މިބައްދަލުވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހއ. ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރ އަބްދުﷲ ވަހީދު ވިދާޅުވީ އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ، މޯލްޑިވް ގޭސް އަދި އެ ނޫން ވެސް ކުންފުނިތަކުން ފޯރުކޮށްދ...