ނައިވާދޫ ވަށައިގެން ރާޅު ގުޑި!
އިއްޔެ އަކީ ހދ. ނައިވާދޫ އަށް “ރާޅު ގުޑީގެ” ޢީދެއް އައި ދުވަހެކެވެ. ރަށުގެ ވަށައިގެން ރާޅު ގުޑިތައް ” އުދުހެމުން” ދިޔަ މަންޒަރަކީ އެރަށުގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވި މަންޒަރެކެވެ. އިއްޔެ ވަނީ ނައިވާދޫ ގައި ކުޅުދުއްފުށީ ސިޓީގެ ޓީމެއް ރާޅު ގުޑި އެރުވުމުގެ ހަރަކާތެއް ހިންގާފައެވެ. މި ހަރަކާތުގައި ވަނީ ޖުމްލަ 40 ޒުވާނުން ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 37 ޒުވާނުންގެ އިތުރުން ކ. މާފުއްޓަށް ނިސްބަތްވާ ޒުވާނަކާއި، […]