މި ލިޔުންކޮޅުގައި މި ހިމަނާލަނީ ލޭގެ ޕްރެޝަރ ދައްކުރުމަށް ޓަކައި ބޭސްކެއުމުގެ އިތުރުން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އައިޖީއެމްއެޗްގެ ޑަކްޓަރު، ޑ. މުހައްމަދު އަލީ ފޭސްބުކް މެދުވެރިކޮށް ހިއްސާކޮށްފައިވާ މުހިންމު މަޢުލޫމާތު ކޮޅެކެވެ.
ހަށިގަނޑުގެ ބަރުދަން ލުއިކުރުން (ގާތްގަނޑަކަށް ހަށިގަނޑުން ލުއިވާ ކޮންމެ ކިލޯއަކަށް 1 މިލިމީޓަރ އެޗްޖީ ގެ ޕުރެޝަރ ދަށްވެ އެވެ) މިގޮތުން މުޅިއެކު 5 ވަރަކަށް މިލިމީޓަރ އެޗްޖީ ގެ ޕުރެޝަރ ދައްވެއެވެ.
ކެއުމުގެ ތެރޭގަ ތަރުކާރީ މޭވާ، ހޯލްގުރެއިންގެ މާއްދާ ހިމެނޭ ތަކެތި އަދި ސަރުބީ މަދު ކިރުން ހަދާފަ ހުންނަ ތަކެތި ބޭނުން ކުރުން އިތުރު ކޮށްފި ނަމަ މުޅިޖުމްލަ ގާތްގަނޑަކަށް 11 މިލިމީޓަރ އެޗްޖީގެ ޕުރެޝަރ ދަށްވެއެވެ.
ކެއުމުގަ ލޮނުގެ ތެރޭން ސޯޑިއަމް ބޭނުން ކުރެވޭ މިންވަރު ދުވާލަކު 1500މގ އަށް ވުރެ މަދުން ބޭނުން ކުރުން އެދެވިގެންވީ ކަމަކު 1000މގ އަށްވުރެމަދުކުރެވިއްޖެ ނަމަ ޕުރެޝަރ 5-6 މިލިމީޓަރ އެޗްޖީ އަށް ޕުރެޝަރ ދަށްވެއެވެ.
ކެއުމުގައި ޕޮޓޭސިއަމް ލޮނުގެ މިންވަރު 5000-3500މގ ގައި ބެހެއްޓިއްޖެ ނަމަ 4 މިލިމީޓަރ އެޗްޖީ އަށް ދަށްވެއެވެ.
ހަފްތާއަކު 150-90 މިނެޓްގެ އެއޮރެބިކް ކަސްރަތު ކުރާއިރު ހިތުގެ ހިނގުން 75-65% ވަރުގައި ހިފަހައްޓައިގެން ކުރާނަމަ ޕުރެޝަރ 8-5 މިލިމީޓަރ އެޗްޖީއަށް ދަށްކޮށްލައެވެ. ހަމަ އެގޮތަށް ޑައިނަމިކް ކަސްރަތާއި އައިސޮމެޓްރިކް ރެސިސްޓެންސް ކަސްރަތުންވެސް ޕުރެޝަރ ދަށްކުރުވައެވެ.
ޑ.މުހައްމަދު އަލީއަކީ އަބަދު ވެސް މިފަދަ ބޭނުންތެރި މުހިންމު މަޢުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާ ހިއްސާ ކުރައްވަމުން އަންނަ ޑަކްޓަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!