އަވަސްވެ ގަންނަންވީ އެޖެންޑާ 19 އަވަހަށް ހާސިލްކުރަން: އެމްޕީ ޝިފާޢު
ކައުންސިލްތަކާއި، އެލްޖީއޭ އުވާލުމަށް ގޮވާލައި ހުށަހެޅި ޤަރާރު ފަދަ ޤަރާރުތަކަށް ވަގުތު ބޭކާރުނުކޮށް އަވަސްވެ ގަންނަންވީ އަވަހަށް އެޖެންޑާ 19 ހާސިލް ކުރަން ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. އޭނާ އެހެންވިދާޅުވީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކައުންސިލްތަކާއި، އެލްޖީއޭ އުވާލުމަށް ގޮވާލައި، ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ހުށަހަޅުއްވާފައިވާ ޤަރާރަށް އިޝާރާތް ކުރަށް...