ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރިޓޯ ސޮލިއުޝަންގެ ފަރާތުން "ޝަހީދު ޙުސައިން އާދަމް"ގެ އާއިލާއަށް ފެން ފިލްޓަރެއް ހަދިޔާކޮށްފި އެވެ.
އެފިހާރައިން ހަދިޔާކުރި ވޯޓަރ ޕިއުރިފައަރ މެޝިން އާއި ހަވާލުވެފައިވަނީ، ޝަހީދު ޙުސައިން އާދަމްގެ މަންމަ އާއި ބައްޕަ އެވެ. މި މެޝިން ހަދިޔާ ކޮށްދެއްވުމަށް، ރިޓޯ ސޮލިއުޝަންގެ ފަރާތުން ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން އަންނަ ޓީމުން ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެގެއަށް ޒިޔާރަތް ކޮށްފަ އެވެ.
ރިޓޯ ޝޮލިއުޝަންގެ ފަރާތުން ވިޔަފާރިވެރިޔާ އަލީ ރިފާޢު "ތިލަދުން" އަށް މަޢުލޫމާތުދެމުން ވިދާޅުވީ މިއީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެކުންފުނިން ޝަހީދު ޙުސައިން އާދަމްގެ އާއިލާއަށް ވެދިން އެހީއެއްކަމަށެވެ.

އެންމެ ރަނގަޅު ގޮތެއްކަމަށް ފެނުނީ ދުނިޔޭގައި ތިބި ބަޔަކަށް ފައިދާއެއް ކޮށްދިނުން، އެގޮތުން ނިންމީ ހުސައިން އާދަމްގެ އާއިލާއަށް އެކުންފުނިން ވިއްކަމުން އަންނަ ފެންފިލްޓަރ ހަދިޔާ ކުރުމަށް، އިންސްޓާލް ކުރުމާއި ބެލެހެއްޓުމުގެ ހުރިހާ ހަރަދެއް މިކޮޅުން އަބަދުވެސް ކުރާނެ
އަލީ ރިފާޢު ވިދާޅުވި އެވެ.
ރީޓޯއިން ރާއްޖެއަށް ތަޢާރަފް ކޮށްފައިވާ ފެން ފިލްޓަރުތަކަކީ ގޭގެއާއި، އޮފީސް އަދި ސްކޫލްތަކުގައިވެސް ބޭނުން ކުރުމަށް ޚަރަދުކުޑަވެފައި އެހާމެ ފަސޭހަ އެއްޗެކެވެ. މިއީ ރާއްޖޭގެ ގިނަ ގޭގެއަށް އެންމެ އެކަށީގެންވާ ފެން ފިލްޓަރެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ދެމުން އަންނަ ރީޓޯއިން ވިއްކާ ފެންފިލްޓަރުތަކުން ގަޑިއިރެއްގެ ތެރޭގައި 17 ލީޓަރުގެ ފެން އުފައްދައެވެ. މިއީ ޢާންމުކޮށް ބޯފެން ގަންނަން ކުރާ ޚަރަދަށްވުރެ އެތައް ގުނައެއް ހެޔޮ އަގެއް ހޭދަވާ ކަމެއްކަމަށް އެފަރާތުން މަޢުލޫމާތު ދީފައިވެއެވެ. މި މެޝިނުން ފެން އުފައްދާ ނިސްބަތަށް ބަލާއިރު ފަސް ލީޓަރުގެ ފެން އުފެއްދުމަށް ހޭދަވަނީ 32 ލާރިއެވެ.
މި ފެންފިލްޓަރާއިބެހޭ އިތުރު މަޢުލޫމާތެއް ބޭނުންމަ ރީޓޯ ސޮލިއުޝަންގެ ނަމްބަރު 9973829 ފޯނަށް ގުޅާލެއް ވުމަށް އެފަރާތުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!