ށ. ފޭދޫ ކައުންސިލްގެ ވެބްސައިޓް އިފުތިތާހު ކޮށްފިއެވެ.
ފޭދޫ ކައުންސިލްގެ ވެބްސައިޓް އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރު އެވެ.
މި ވެބްސައިޓް އިފުތިތާހު ކުރެވިގެން ދިއުމާއި ގުޅިގެން ފޭދޫ ކައުންސިލުން ބުނީ މިވެބްސައިޓް ހިންގަން ފެށުމާއިއެކު ފޭދޫ ކައުންސިލްގެ ޚިދުމަތްތަކަށް އިތުރު ފުރިހަކަމެއް ލިބިގެން ދާނެކަމަށެވެ.
މީގެއިތުރުން އެ ކައުންސިލުން ޚިދުމަތްތައް ލިބިގަންނަ ރައްޔިތުންނަށް އެތަކެއް ލުއިފަސޭހައެއް ލިބިގެން ދާނެ ކަމަށް ވެސް ފޭދޫ ކައުންސިލުން ބުންޏެވެ.
ވެބްސައިޓް ލޯންޗު ކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކާގައި ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރު ވިދާޅުވީ ޒަމާނީ ޓެކްނޮލަޖީގެ ވަސީލަތްތައް ބޭނުންކުރަމުންދާ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު މިވެބްސައިޓްގެ ސަބަބުން ރައްޔިތުންނަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ފަސޭހަކަމާއިއެކު ލިބިގެންދާނެކަމަށެވެ.
އަދި ކޯވިޑް-19ގެ މި ދަތި އުނދަގޫ ވަގުތުގައި ކައުންސިލުން ލިބޭ ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ގޭގައި ތިބެގެން ކުރެވޭނެ ފަދަ ގޮތަކަށް ހަމަޖެހިގެން ދިއުމަކީވެސް މި ވެބްސައިޓުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ލުއި ފަސޭހައެއް ކަމަށް ޝާމިރު ވިދާޅުވިއެވެ.
ފޭދޫ ކައުންސިލުން އެކައުންސިލްގެ ވެބްސައިޓް އިފުތިތާހުކުރި އިރު، އެކައުންސިލުން އަންނަނީ ރައްޔިތުންނަށް ލުއިގޮތްތައް ހޯދައިދީ، ފަސޭހަ ޚިދުމަތެއް ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.
ފޭދޫ ކައުންސިލްގެ ވެބްސައިޓަކީ www.feydhoo.gov.mv އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!