ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ހުދުކޫޑި (ވައިޓް ފްލައި) ކޮންޓްރޯލް ކުރާނެ ގޮތާއި ގުޅޭގޮތުން މަޢުލޫމާތުގެ ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ކުޅުދުއްފުށީގެ ގިނަ ގަސްރުކަށް ހުދުކޫޑި ފެތުރިފައިވާތީ އެ ގަސްރުކަށް ދިމާވެފައިވާ މިމައްސަލަ ހައްލު ކުރުމަށްޓަކައި އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ބާއްވާ މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގައި އަފީފުއްދީން ސުކޫލް ހޯލްގައެވެ.

Ad
rt

މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ތަޖުރިބާކާރެކެވެ. މި މަޢުލޫމާތު ސެސަންގައި ހުދުކޫޑި ކޮންޓްރޯލް ކުރުމަށް ބޭސް ބޭނުންކުރާނެ ގޮތާއި ގަސްތަކަށް އާންމުކޮށް ޖެހޭ ބަލިތަކުގެ މަޢުލޫމާތު އަދި ކޮންޓްރޯލް ކުރުމަށް ގޭގައި ތައްޔާރު ކުރެވިދާނެ ބޭހުގެ މަޢުލޫމާތު ފޯރޮކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Ruh adhi ehenbaavaithakuge gasthakuga Hudhu kulaige koodieh varah baarah eba fethurey. Mikamuge hallu engey kuhjjaku buneladheynveenu?!

Posted by Abdul Muhaimin on Saturday, February 29, 2020

މި ސެޝަންގައި ބައިވެރި ވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލާފައިވާއިރު މި ސެޝަންއަށް ވަޑައިގަންނަވާއިރު މާސްކު އަޅުއްވައިގެން ވަޑައިގެންނެވުމަށާއި، ހޯލަށް ވަދެ ނުކުމެ އުޅުމުގައި ގައިދުރުކަން ބެހެއްޓުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިފަދަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަހަރުގެ މާރޗް މަހުގެ ތެރޭގައިވެސް އެސިޓީގައިވަނީ ބާއްވާފަ އެވެ.