މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1783 ވަނަ ޞަފްޙާ

މިއީ ޒަމާނީ މަސްވެރިކަމުގެ ސިނާއަތެއް  ބިނާ ކުރަންވީ ވަގުތު: ސައުދު

މިއީ ޒަމާނީ މަސްވެރިކަމުގެ ސިނާއަތެއް ބިނާ ކުރަންވީ ވަގުތު: ސައުދު

މިއީ ޒަމާނީ މަސްވެރިކަމުގެ ސިނާއަތެއް ބިނާ ކުރަންވީ ވަގުތު ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ. ސައުދު މިހެން ވިދާޅުވީ، “މިފްކޯ އުވާލާ ސަރުކާރަށް މަސްގަންނާނެ ކަމެއް ނެތް” މި ސުރުޚީގެ ދަށުން ނޫހަކުން ގެނެސްދީފައިވާ ރިޕޯޓެއް ޓުވީޓާގައި ހިއްސާ ކުރަށްވަމުންނެވެ. ސައުދު ވިދާޅުވީ، ސަރުކާރުން މަސްގަތުން ހުއްޓާލުމަކީ އަދި ހައްލެއް ނޫން ކަމަށެވެ. އަދި މިއީ ޒަމާނީ މަސްވެރިކަމުގެ ސިނާއަތެއް ބިނާ ކުރަންވީ ވަގުތު ކަމަށް ސައުދު ވިދާޅުވިއެވެ. ސަރުކާރު ކުންފުނިތަކުން ބޮޑު […]

އަލީ އާދިލް
ވެމްކޯއިން ކުނި ނަގާ ގަޑިއަށް ބަދަލެއް

ވެމްކޯއިން ކުނި ނަގާ ގަޑިއަށް ބަދަލެއް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން މާލޭ ސިޓީއަށް ދެމުން ގެންދާ ކުނި އުކާލުމުގެ ވަގުތައް ބަދަލު ގެނެސްފިއެވެ. މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ޓާގެޓަކީ ފަތިސް ނަމާދަށް މާލޭ ރައްޔިތުން ހޭލަންވާއިރަށް މާލޭގެ މަގުތަކުގެ ހުރި ކުނި ނަގާ، ކުނި ކަހާފަ ބޭއްވުން ކަމަށެވެ. “ރީތި މަގެއްގަ ހިނގާލާފަ ނަމާދަށް ދެވޭ ވަރަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް ޔަގީންކަން އެބަ އޮތް،” އާދަމް މުހައްމަދު ވިދާޅުވި […]

އަޙްމަދު ވަހީދު
މާރާމާރީގެ މައްސަލައަކާއި ގުޅިގެން "އަލަމިން މިއާ" ހޯދަނީ

މާރާމާރީގެ މައްސަލައަކާއި ގުޅިގެން "އަލަމިން މިއާ" ހޯދަނީ

މާރާމާރީގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. މިގޮތުން އެ މައްސަލާގައި ހޯދަމުން ދަނީ ބަންގްލަދޭޝްގެ އުމުރުން 40 އަހަރުގެ އަލަމިން މިއާ ކަމަށް ފުލުހުން ވިދާޅުވިއެވެ. “އަލަމިން މިއާ އާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791674 އަށް ގުޅުއްވައި ހިއްސާކު...

ޔުމްނާ ޢަލީ
ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފި

ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފި

މަސްވެރިކަމުގައި އުޅެނިކޮށް ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެހާދީސާގައި މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ 40 އަހަރު ދިވެހި މަސްވެރިއަކަށްކަމަށެވެ. ޅ. ފާދޫ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު “ޒިކުރާ” ނަމަކަށް ކިޔާ ދޯނީގައި މަސްވެރިކަމު އުޅެނިކޮށް އެ މަސްވެރިޔާ ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް އޭނާ ގައިގާ ހިފާ ޒަޚަމްކޮށްލާފައި ވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިމިހާއަށް ލިބިފައިވާ ޒަޚަމްގެ މާ ބޮޑު ތަފްސީލެއް އަދި...

ޝިއުނާ އާދަމް
ހުޅުމާލޭ ސްވިމިންގ ޕޫލް އާންމުންނަށް ހުޅުވާލައިފި

ހުޅުމާލޭ ސްވިމިންގ ޕޫލް އާންމުންނަށް ހުޅުވާލައިފި

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މެނޭޖްކުރަމުން އަންނަ ހުޅުމާލޭ ސްވިމިންގ ޕޫލް މެންބަރޝިޕް އުޞޫލުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ނިންމައިފި އެވެ. ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފައިވަނީ، ސްވިމިންގ ޕޫލު ހުޅުވާލާފައިވަނީ މެންބަރޝިޕް ފީ ނަގާ އުޞޫލެއްގެ ދަށުން ކަމަށެވެ. އެގޮތުން ދިވެހިންގެ އަތުން މެންބަރޝިޕް ފީ އެއްގެ ގޮތުގައި މަހަކު 1500.00 (ފަނަރަސަތޭކަ) ރުފިޔާ އެވެ. ނުވަތަ ދުވާލަކު އެއް ގަޑިއިރަށް 150.00 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ. ބިދޭސީންގެ މެން...

އިބްރާހިމް އަސްވާޤް
އެމްޑީއެންގެ ތަޙްޤީޤު ނުނިމޭތީ، 20 ޝައިހަކު ކަންބޮޑުވުންފާޅުކޮށް ސިޓީއެއް

އެމްޑީއެންގެ ތަޙްޤީޤު ނުނިމޭތީ، 20 ޝައިހަކު ކަންބޮޑުވުންފާޅުކޮށް ސިޓީއެއް

އެމްޑީއެންގެ ތަޙްޤީޤު ނުނިމޭތީ ދީނީ ވަޢުޛު ބުނުމުގެ ހުއްދަ ދެއްވާފައިވާ 20 ޝައިޙަކު ކަންބޮޑުވުންފާޅުކޮށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހީރު ޢަލީއަށް ސިޓީއެއް ފޮނުއްވައިފި އެވެ. އިއްޔެ ފޮނުވި އެސިޓީގައި ބުނެފައިވަނީ، 19 ޑިސެމްބަރ 2019 ގައި މިނިސްޓްރީ އޮފް ޔޫތުއިން އެޖަމްޢިއްޔާގެ ނަން ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގެ ދަފްތަރުން އުނިކޮށް އުވާލިފަހުން 365 ދުވަސް ފާއިތުވިއިރުވެސް އެ ރިޕޯޓު ލިޔުނު ފަރާތްތަކާއި މެދު އެއްވެސް ތަޙްޤީޤެއް ހިންގައި ނިންމިކަމެއް ޕޮލިހުން ހާމަކޮށްފ...

އަލީ އާދިލް
''މިއަދު އާދަން ނަސީރުބެ، މާދަމާ ކާކުބާ؟'' އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅުއަޅާ: ޓީމް

''މިއަދު އާދަން ނަސީރުބެ، މާދަމާ ކާކުބާ؟'' އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅުއަޅާ: ޓީމް

ކަނޑިންމަ ރިސޯޓުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ކޯވިޑް ބަލީގައި ނިޔާވެފައިވާ، މަރްޙޫމް އާދަމް ނަސީރާއިމެދު އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ގޮވައިލާ ފަށާފައިވާ ކެމްޕެއިންގެ އަޑު ނުކެނޑެއެވެ. މަރުޙޫމް އާދަމް ނަސީރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ ފަރާތްތަކުން ދަނީ އަދިވެސް އެކަމަށް ގޮވައިލަމުންނެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިއަދު ޓުވީޓާގައި އާންމުކުރި މެސެޖާއިއެކު، އިތުރަށް މިވަނީ މި ކެމްޕެއިންގެ...

ޙުސައިން ޝަހުދީ
ސަފުހަދާފައި ފެލިވަރަށް ދާންޖެހޭނީ ދައުލަތުގެ އިސް މީހުން: ރުކުމާ

ސަފުހަދާފައި ފެލިވަރަށް ދާންޖެހޭނީ ދައުލަތުގެ އިސް މީހުން: ރުކުމާ

ދިވެހި މަސްވެރިންގެ ހުރި ކަންބޮޱވުންތައް އަޑުއެހުމަށް، ސަފުހަދާފައި ފެލިވަރަށް ދާންޖެހޭނީ ދައުލަތުގެ އިސް މީހުންކަމަށް، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ. 18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނި ވަޑައިގެންނެވި، މިހާރުވެސް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ރުކުމާ މިހެން ވިދާޅުވީ ޝީލްޑް ތަކެއް ހިފައިގެން ހިނގާފައިދާ ފުލުހުންތަކެއް ފެންނަ ފޮޓޯއެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައެވެ. މީސްމީޑިއާގައި ކުރިން ދައުރުވި ފޮޓޯ...

އަލީ އާދިލް
އިތުރު 2 ބިލެއް ރައީސް ތަޞްދީޤުކުރައްވައިފި

އިތުރު 2 ބިލެއް ރައީސް ތަޞްދީޤުކުރައްވައިފި

އިތުރު 2 ބިލެއްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު  ތަޞްދީޤުކުރައްވައިފި އެވެ. އެގޮތުން މިއަދު ރައީސް ތަޞްދީޤުކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 7/2010) އަށް ނުވަވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2006/2) އަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 7/2010) އަށ...

އިބްރާހިމް އަސްވާޤް
މޭޖަރ ޖެނެރަލް، ޝިޔާމްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފޮނުވައިފި

މޭޖަރ ޖެނެރަލް، ޝިޔާމްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފޮނުވައިފި

ކުރީގެ ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް، އަޙްމަދު ޝިޔާމްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނު އެ މައްސަލާގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އެކޮމިޝަނުން މިއަދު ބުނެފައިވަނީ، ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ، ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް)ގެ ކުރީގެ ޗީފް އޮފް ޑިފެންސްފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބ...

ޔުމްނާ ޢަލީ
ލީގުގައި ޔުވެންޓަސް ބަލިވެއްޖެ

ލީގުގައި ޔުވެންޓަސް ބަލިވެއްޖެ

އިޓާލިއަން ސީރިއާ އޭގައި އަންގާރަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާއި ފިއޮރެންޓީނާ ބައްދަލު ކުރި މެޗުން ޔުވެންޓަސް ބަލިވެ އެ ޓީމު މި ސީޒަންގައި ލީގުގައި ބަލިނުވެ އޮތްއިތުން ނިމުމަކަށް އައިސްފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވެފައިވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ފިއޮރެންޓީނާއިން ވަނީ ލަނޑުޖާފައެވެ. މި ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ފްރޭންކް ރިބެރީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު […]

އިބްރާހިމް ޚަލީލް
ދުވާފަރު ސިއްޙީ މަރުކަޒުގެ ޝުކުރު އެމްޓީސީސީއަށް

ދުވާފަރު ސިއްޙީ މަރުކަޒުގެ ޝުކުރު އެމްޓީސީސީއަށް

ރ. ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވާތީ، އެ ސިއްޙީ މަރުކަޒުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ޝުކުރު އަދާކޮށްފިއެވެ. ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވާތީ، އެކަން ފާހަގަކޮށް ދުވާފަރު ސިއްޙީ މަރުކަޒުން ޝުކުރު އަދާކުރީ އެ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖާއި، ޓުވީޓާ މެދުވެރިކޮށެވެ. އެމްޓީޓީސީން ‏ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވަނީ، އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ...

ޝިއުނާ އާދަމް
އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މެސީ މުގުރާލައިފި

އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މެސީ މުގުރާލައިފި

ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެ ރޭ ބާސެލޯނާއާއި ރެއާލް ވަލަޑޮލިޑް ބައްދަލުކޮށް 3-0 ގެ ނަތީޖާއިން ބާސާ މޮޅުވި  މެޗުގައި މެސީ ކާމިޔާބު ކުރި ލަނޑާއިއެކު އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑް މެސީ މުގުރާލައިފިއެވެ. ރެއާލް ވަލަޑޮލިޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި 21 ވަނަ މިނެޓްގައި ބާސެލޯނާއިން ވަނީ ލަނޑުޖަހާފައެވެ. ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ  މެސީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި […]

އިބްރާހިމް ޚަލީލް
ތިނަދޫގައި ތަރައްގީކުރާ ސަރަހައްދީ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އަށް

ތިނަދޫގައި ތަރައްގީކުރާ ސަރަހައްދީ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އަށް

ގދ. ތިންދޫ ސަރަހައްދީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ. އެމްޕީއެލްގެ ފަރާތުން އެމްޓީސީސީއަށް އެ މަޝްރޫއު ހަވާލު ކުރި އިރު، ތިނަދޫ ސަރަހައްދީ ބަނދަރު ގާއިމުކުރުމަށް އެ ރަށުން...

ޔުމްނާ ޢަލީ
މި ސަރުކާރުން މަސްވެރިން ބާކީ ނުކުރާނެ، ވަޒީރަށް ނުވާނަމަ ބަދަލުކޮށްގެން ވެސް ހައްލު ހޯދާނެ: ނިހާދު

މި ސަރުކާރުން މަސްވެރިން ބާކީ ނުކުރާނެ، ވަޒީރަށް ނުވާނަމަ ބަދަލުކޮށްގެން ވެސް ހައްލު ހޯދާނެ: ނިހާދު

މި ސަރުކާރުން މަސްވެރިން ބާކީ ނުކުރާނެ ކަމަށާއި، މަސްވެރިކަމުގެ ވުޒާރާ ހިންގަވަން ހުންނެވި ވަޒީރު، ޒަހާ ވަހީދަށް މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުކުރެވޭނަމަ، ވަޒީރު ބަދަލުކޮށްގެން ވެސް ހައްލު ހޯއްދަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. ނިހާދު މިހެން ވިދާޅުވީ، ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި އިއްޔެ އިހުތިޖާޖު ކޮށްފައިވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ. ނިހާދުގެ މި ޓުވ...

އަލީ އާދިލް
1953 ގެ ސަރުކާރުން ދަޅުގައި މަސް ބަންދު ކުރަން ފެށިނަމަ މިފްކޯ އުފައްދާކަށްވެސް ނުޖެހޭނެ: ސައީދު

1953 ގެ ސަރުކާރުން ދަޅުގައި މަސް ބަންދު ކުރަން ފެށިނަމަ މިފްކޯ އުފައްދާކަށްވެސް ނުޖެހޭނެ: ސައީދު

1953 ގެ ސަރުކާރުން ދަޅުގައި މަސް ބަންދު ކުރަން ފެށިނަމަ މިފްކޯ ވެސް އުފައްދަން ނުޖެހުނީސް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވިކަމަށް ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިއްސާ ކުރަށްވައި ކުރެއްވި ޓުވީޓެއްގައެވެ. އެ ނޫހުގައި އެ ޚަބަރު ގެނެސްދީފައިވާ ސުރުޚީގައި ބުނަނީ، ”ކުރީ ސަރުކާރުތަކުން މިފްކޯ […]

އަލީ އާދިލް
ޓުޓިކޮރިންއާއި ރާއްޖޭގެ ދެކުނާ ގުޅާލައި، ފުރަތަމަ ކާގޯ ދަތުރު ތިނަދޫއަށް

ޓުޓިކޮރިންއާއި ރާއްޖޭގެ ދެކުނާ ގުޅާލައި، ފުރަތަމަ ކާގޯ ދަތުރު ތިނަދޫއަށް

އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީ އާއި ގދ ތިނަދޫ ގުޅާލައި، ފުރަތަމަ ކާގޯ ދަތުރުގައި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ކާގޯ ބޯޓު ”އެމް.ވީ ބޮންތި 2″ ތިނަދުއަށް އިއްޔެ ބަނދަރުކޮށްފިއެވެ. ރާއްޖޭގެ ގައުމީ ޝިޕިން ލައިން ހިންގުމަށް އުފެއްދި އެމްއެސްއެސް އަކީ، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަަމަށްވާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިކުންފުނީގެ ކާގޯ ބޯޓު ”އެމް.ވީ ބޮންތި 2″އިން އިންޑިއާގެ ޓުޓިކޮރިން އިން ތިނަދޫއަށް ކުރި ފުރަތަމަ […]

އަޙްމަދު ވަހީދު
ކޯވިޑް-19ގެ އައު ސްޓްރެއިން: މިހާތަނަށް އެނގިފައިވާ މިންވަރު!

ކޯވިޑް-19ގެ އައު ސްޓްރެއިން: މިހާތަނަށް އެނގިފައިވާ މިންވަރު!

ދުނިޔޭގައި އެންމެ ހޫނުކޮށް މިވަގުތު ދެކެވެމުންދާ އެއްް ވާހަކައަކީ، އިނގިރޭސިވިލާތުން ކޯވިޑް-19 ގެ އައު ސްޓްރެއިންއެއް ފެނުނު ވާހަކައެވެ. ދުނިޔޭގެ ތަފާތު ގިނަ ސައިންސްވެރިން މިކަމާއި ގުޅިގެން ތަފާތު ނިންމުންތައް ނިންމަމުންދާއިރު، ކޮށްލަން ރަނގަޅު ސުވާލެއް އެބައޮތެވެ. މީގެ ދުވަސް ކޮޅެއް ކުރިން އިނގިރޭސިވިލާތުން ވަރަށް މަދުން ފެނިފައިމިވާ ސްޓްރެއިން، މި ވަގުތު އެ ޤައުމުން އެންމެ ބޮޑަށް ފެންނަމުންދަނީ ކީއްވެގެން ހެއްޔެވެ؟ އިނގިރޭސިވިލާތުގެ ދަޢުލަތަށް ސިއްޙީ ލަފާ އަރުވަމުންދާ ފަރާތްތަކުން ބުނާ ގޮތުގަ...

މުޙައްމަދު މާއިލް ހަސަން