ހއ. އަތޮޅުގެ 3 ރަށެއްގެ ފެނަކައިން އިމާރާތްކުރާ އާ އޮފީސް އިމާރާތާއި، 2 ރަށެއްގައި އަލަށް އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.

މިރަށްތަކުގައި ފެނަކައިގެ ފަރާތުން އިމާރާތްކުރާ އޮފީސްތަކުގެ ބިންގާ އަޅުއްވައި ދެއްވީ، ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސައީދު 31 ޑިސެމްބަރު 2020 އިން 2 ޖެނުއަރީ 2021 އަށް އެ އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ.

Ad
rt

މިގޮތުން 31 ޑިސެމްބަރު 2020 ވަނަ ދުވަހު ވަނީ ބާރަށުގައި ފެނަކައިން އިމާރާތްކުރާ އާ އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. އެދުވަހު ހެނދުނު 8:30 ހާއިރު އޮތް މި ރަސްމިއްޔާތުގައި އެ އިމާރާތުގެ ބިންގާ އަޅައިދެއްވީ ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސައީދާއި، ރައްޔިތުންގެ މަޖިލީހުގައި ބާރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ އެވެ.

ހަމަ އެދުވަހު ވަނީ މުރައިދޫގައި ފެނަކައިން އިމާރާތްކުރާ އާ އޮފީސް އިމާރާތާއި، އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް ބާއްވާފައެވެ. އެދުވަހު ހެނދުނު 11:00 ހާއިރު އޮތް މި ރަސްމިއްޔާތުގައި އެ ދެ އިމާރާތުގެ ބިންގާ އަޅައިދެއްވީ ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސައީދާއި، ރައްޔިތުންގެ މަޖިލީހުގައި މުރައިދޫ ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ އެވެ.

ބާރަށުގައު ކުރިއަށް ދިޔަ ރަސްމިއްޔާތުގެ ތެރެއިން

އެދުވަހު ވަނީ ކެލާގައި ފެނަކައިން އިމާރާތްކުރާ ދެ ބުރީގެ އާ އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް ބާއްވާފައެވެ. އެދުވަހު ހަވީރު 16:00 ހާއިރު އޮތް މި ރަސްމިއްޔާތުގައި އެ އިމާރާތުގެ ބިންގާ އަޅައިދެއްވީ ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސައީދާއި، ރައްޔިތުންގެ މަޖިލީހުގައި ކެލާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފެވެ.

ކެލާގައި ކުރިއަށްދިޔަ ރަސްމިއްޔާތުގެ ތެރެއިން

މޮޅަދޫ ފެނަކަ އާ އޮފީސް އިމާރާތާއި، އާ އިންޖީނުގޭގެ ބިންގާ އެޅުން އޮތީ 1 ޖަނަވަރީ 2021 ވަނަ ދުވަހުގެ ހެނދުނު 8:30 ހާއިރު އެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދެ އިމާރާތުގެ ބިންގާ އަޅައިދެއްވީ ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސައީދާއި، ރައްޔިތުންގެ މަޖިލީހުގައި މޮޅަދޫ ތަމްސީލް ކުރަށްވާ، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ.

މޮޅަދޫގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގެ ތެރެއިން

މީގެއިތުރުން މިތުރުގައި ވަނީ އިހަވަންދޫގައި އަލަށް އިންސްޓޯލް ކުރެވުނު 1 މެގަވޯޓްގެ ޖެނެރޭޓަރ ސެޓާއި އިންޖީނުގެއަށް އަލަށް އިތުރުކުރެވުނު ޑެގުރޫމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުވެސް އިހަވަންދޫގައި ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ރަސްމީކޮށް އެކަންކަން އިފްތިތާޙް ކޮށްދެއްވީ އިހަވަނދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު އެވެ. މިރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައީދުގެ އިތުރުން ހއ. އަތޮޅުގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފެނަކަ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސައީދު ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި މި ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތީ 2 ޖެނުއަރީ 2021 ގައެވެ.