މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޓީމެއް ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރަން ނިންމައިފިއެވެ. އެމްޓީސީސީން ބުނީ މި ޓީމު ފުރަތަމަ ޒިޔާރަތް ކުރާނީ ހއ. އަތޮޅަށް ކަމަށެވެ. މިގޮތުން އެ އަތޮޅުގައި މި ޓީމު ހަރަކާތްތެރިވާން ހަމަޖެހިފައިވަނީ މިމަހުގެ 12 އިން 18ގެ ނިޔަލަށެވެ. އަދި ހދ. އަތޮޅުގެ ރަށްތަކަށް މި ޓީމު ދަތުރު ކުރާނީ ވެސް މިމަހުގެ 19 އިން 24 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ. މިދަތުރުގެ […]
ޝިއުނާ އާދަމް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ފަރާތުން ހއ ދިއްދޫގެ ކުނިކޮށި ސާފުކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާޝިމް ވިދާޅުވީ ދިއްދޫގެ ކުނި ކޮއްޓާއި ފުލެޓް ސަރަހައްދުގައި ޒަމާންތަކެއް ވަންދެން ޖަމާވެފައިހުރި ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތް ވެމްކޯގެ އެހީތެެރިކަމާއި އެކު ވަރަށް ބާރަށް ފެށިގެން ކުރިއަށް ދާކަމަށެވެ. ހާޝިމް ވިދާޅުވީ ކުނީގެ މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. ކުނިތައް ނަގާ ސާފުކުރުމާއި އެކު ރައްޔ...
އިބްރާހިމް އަސްވާޤް
ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުހައްމަދު މަބްރޫކް އަޒީޒް ހަމަޖައްސައިފިއެވެ. އޭނާ މި މަގާމަށް ޢައްޔަން ކުރައްވާފައި ވަނީ ވަޒީރުންގެ ނައިބުންގެ ފެންވަރުގައެވެ. އޭނާ މި މަގާމަށް އައްޔަންކުރައްވާފައި ވަނީ ޖެނުއަރީ 1، 2020 ދުވަހުން ފެށިގެންނެވެ. މަބްރޫކް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކެޓްރީގެ މަގާމުގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވީ އިބްރާޙީމް ހޫދެވެ. މަބުރޫކަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރަށްވާ...
އިބްރާހިމް އަސްވާޤް
20 ވަނަ ޤަރުނުގެ ތެރޭގައި ދުނިޔެ ދެކެފައިވާ އެންމެ ވިސްނުންތޫނު އެންމެ މޮޅު ސައިންޓިސްޓަކީ އެލްބާރޓް އައިންސްޓެއިންއެވެ. ޖަރުމަނަށް އުފަން މި ތިޔޮރެޓިކަލް ސައިންޓިސްޓްއަކީ ތަފާތު ގިނަ އީޖާދުތަކެއް ދުނިޔެއަށް އުފަން ކުރުވާފައިވާ މީހެކެވެ. އައިންސްޓެއިންއަށް ވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށްވާ ނޯބެލް ޕްރައިޒްވެސް ލިބިފައެވެ. އޭނާއަށް މި އިނާމު ލިބިފައިވަނީ އޭނާގެ މަޝްހޫރު ތަހުލީލީ މަސައްކަތް ކަމަށްވާ، ތިއޮރީ އޮފް ރިލޭޓިވިޓީ އަދި ލޯ އޮފް ފޮޓޯ އިލެކްޓްރިކް އިފެކްޓްއަށެވެ. އައިންސްޓެ...
މުޙައްމަދު މާއިލް ހަސަން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އާ އަދަދުތަކެއް ކަނޑައަޅައި ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދުތައް މިއަދު ދަށް ކޮށްފައިވާ ކަމަށް ބުނެ ފޭކް ލިއުމެއް ދައުރުވާންފަށައިފި އެވެ. ނޫސްތަކަށް މަޢުލޫމާތު ދެމުން އެކުންފުނިން ބުނެފައިވަނީ، ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ބޭންކުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައި ނުވާނެކަމަށެ...
އިބްރާހިމް އަސްވާޤް
މިރެއިން ފެށިގެން މާލޭގެ ގޭބީސީތަކުން ކުނި ނެރެންޖެހޭނީ ރޭގަނޑު 22:00 އިން 00:00 އާއި ދެމެދުކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ނިންމާފައިވާ ނިންމުން އެކުންފުނިން ހަނދާންކޮށްދީފި އެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ކުނި ނެގުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 އިން ފެށިގެން ކަމަށެވެ. ހެނދުނުން ފެށިގެން ބަޔެއް ގޭބީސީތަކުން ކުނި ނެރުމުންދާތަން ފެނަން ކަމަށާއި މިރޭ22:00 ގެ ކުރިން ކުނި މަގުމައްޗަށް ނުނެރުމަށް ވަނީ އެދި [...
އިބްރާހިމް އަސްވާޤް
“ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ގެ ނަމުގައި ޕްރޮގްރާމެއް ށ. ފުނަދޫގައި ފަށައިފި އެވެ. މި ޕްރޮގުރާމާއި ބެހޭގޮތުން މަޢުލޫމާތު ދެމުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ، މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގާއި ޔުނިސެފް އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން، މި ޖެނުއަރީ މަހުގެ 9 ން 14 އަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ. މި ޕްރޮގްރާމުގެ ތެރެއިން […]
އިބްރާހިމް އަސްވާޤް
ހަށީގައި ފުރާނަ ހުރިހާ ހިނދަކު ހއ. ދައްޕަރު ”ތިދޭން އުޅޭ ބަޔަކަށް ނުދެވޭނެ” ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޕްރޮގްރެއްސިވް ކޯލިޝަނުން ވާދަކުރާ ކެނޑިޑޭޓު ޙުސައިން ރަޝީދު ބުނެފިއެވެ. ޙުސައިން މިހެން ބުނީ، ހއ. ކެލާގައި ރޭ އިދިކޮޅު ޕްރޮގްރެއްސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ ”މުޅިފޯ،މުޅިފޯ- ހޭވާ މުޅިފޯ” ޖަލްސާގައި ބައިވެރިވެ، ދެއްކި ވާހަކާގައި އެވެ. ޙުސައިން ބުނީ ވޭތުވި 2 އަހަރުގެ ތެރޭގައި 70 ބިލިއަން […]
އަލީ އާދިލް
ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުންދޭ “އިންކަމް ސަޕޯޓް އެލަވަންސް”ގެ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިގޮތުން ޖޮބް ސެންޓަރުން ވަނީ، ނިމުނު އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” ލިބޭނީ ދިވެހިރާއްޖޭގައި […]
ޝިއުނާ އާދަމް
ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މިހާލަތުގައި ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނާ މުޖްތަމަޢަށް އަސަރުފޯރާ ކަންކަމުން ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މަސައްކަތްތަކަށް ހުށަހެޅޭ އިންވޮއިސް ތަކަށް ފައިސާ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، އަދާކޮށް ދެއްވުމަށް ބާރުއެޅުއްވުމަށް ސަރުކާރުގެ ކަމާއިބެހޭ ހުރިހާ އިދާރާތަކަށް ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން އިލްތިމާސްކޮށްފިއެވެ. އެ ޖަމިއްޔާއިން މި ގޮތަށް އިލްތިމާސް ކުރީ މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި އެ ޖަ...
އަޙްމަދު ވަހީދު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް އަންނަ ހދ. ނެއްލައިދޫ ބަނދަރުގެ 42 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 5 ޕަސެންޓް ވަނީ ނިމިފައިވާކަމަށެވެ. އެމްޓީސީސީއިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، ކުރިން ފުންކޮށްފައިވާ 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އ...
ޔުމްނާ ޢަލީ
ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުންއަންނަ ކުރިއެރުމާއި، ނަފާގެ ވާހަކަ ދައްކާއިރު، މަޖުބޫރީ ހާލަތުގައި ރިސޯޓުތަކުގައި އެތައް ދުވަހެއް ހޭދަކުރަމުންދާ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް ތެރީންގެ ގުރުބާނީ ވެސް ހަނދާން ކުރަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޢަލީ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް ތެރީންގެ އަނބިފިރި ކަމުގެ ޙައްޤަކީވެސް އިންސާނީ ޙައްޤެއް ކަމަށެވެ. ޢަލީ މިމޭރުމުން ވިދާޅުވީ، ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، އެ...
އަޙްމަދު ވަހީދު
ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަލް މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ، ޝަމާލް ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން އިއްޔެ ޓެސްޓް ކުރުމުން ކަމަށެވެ. ޗީފް ކޯވިޑަށް ޕޮޒިޓިވްވުމާ އެކު، މިހާރު ހުންނެނީ އަމިއްލައަށް ގޭގައި އައިސޮލޭޓްވެގެން ކަމަށާއި، ކަރަންޓީނު ކުރަންޖެހޭ އިތުރު ފަރާތްތައް ވެސް މިހާރު ކަރަންޓީންކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒ...
ޔުމްނާ ޢަލީ
ށ. ފުނަދޫގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއިން، އެ ޖަމިއްޔާގެ ”ދަ ގްރީން ޕްރޮޖެކްޓް” ފަށައިފިއެވެ. ފުނަދޫގައި އާލާކުރަން ޖެހިފައިވާ ގަސްގަހާ ގެއްސާއި، މަދުވަމުންދާ ގަސްގަހާގެހީގެ ބާވަތްތައް އާލާކުރުމުގެ މަޤްޞަދުގައި ފެށި މި މަސައްކަތް، އެ ޖަމިއްޔާއިން ފަށާފައި ވަނީ އިއްޔެއެވެ. އުންގާ ޖަމިއްޔާއިން ފުނަދޫގެ ވެށީގެ ސަލާމަތަށާއި، ރަށުގެ ރީތިކަން ދަމަހައްޓަން ހިންގާ މައިގަނޑު ހަރަކާތަކީ ކޮންމެ ހަފުތާއަކު ހޮނިހިރަށް...
ޙުސައިން ޝަހުދީ
ރައްޔިތުންގެ މަޖިލިސްއިން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ މިހާރު ތަސްދީގު ކުރަށްވާފައިވާ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން، 8 ފެބްރުއަރީ 2012 ގައި ލިބުނު 280 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ހޯދައިދޭނެކަމަށް ނިލަންދ ޫދާއިރާގެ ކުރީގެ މެންބަރު، ޑރ. ޢަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޚަލީލް މިހެން ވިދާޅުވީ، ހއ. ކެލާގައި ރޭ އިދިކޮޅު ޕްރޮގްރެއްސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ ”މުޅިފޯ، މުޅިފޯ- ހޭވާ މުޅިފޯ” ޖަލްސާގައި ބައިވެރިވެ، ދެއްކި ވާހަކާގައި އެވެ. ޚަލީލް ވިދާޅުވީ ރައީސް މުޙައްމަދު އަމީން […]
އަލީ އާދިލް
އިއްޔެެގެ ވަގުތެއްގައި އިންޑޮނޭޝިޔާއަށް ނިޞްބަތްވާ މަތިންދާބޯޓެއް ވެއްޓުމުގެ ހާދިސާއަށްފަހު، އެ ބޯޓު ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުން އިންސާނުންގެ ހަށިތަކާއި، އަދި އެހެނިހެން ބޯޓަށް ނިޞްބަތްވާ ސާމާނުކަމަށް ބެލެވޭ ތަކެތި ފެންނަން ފަށައިފިއެވެ. ސްރީ ވިޖޭޔާއަށް ނިޞްބަތްވާ މި737-500 ގެ މަރުކާގެ މި ބޯޓު ކަނޑަށް ވެއްޓިފައިވަނީ ޖަކާރޓާއިން ނައްޓާލިތާ މަދު އިރުކޮޅެއްގެ ތެރޭގައެވެ. އަދި މިހާތަނަށް މި ބޯޓު ވެއްޓެން ދިމާވި ސަބަބެއް ކަނޑައެޅިފައިނުވާ އިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންއަން...
މުޙައްމަދު މާއިލް ހަސަން
އަދާލަތު ޕާޓީ (އޭޕީ)ގެ ރައީސް ކަމުގެ މަގާމަށް އަންހެނުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު އިސްލާޙްކޮށް، ރައީސް އާއި ނާއިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ. އޭޕީން ބުނީ އެ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް، ބަދަލު ގެނައީ 08 ޖެނުއަރީ 2021 ވަނަ ދުވަހު ބޭއްވުނު މަޝްވަރާ މަޖިލީހުން ކަމަށެވެ. އޭޕީގެ އެންމެ އިސް ދެ މަގާމަށް އަލުން ކުރިމަތިލުމަށް ހުޅުވާލުމާއިއެކު އެ ޕާޓީން ވަނީ އެ ޕާޓީގެ ރިޔާސީ […]
ޝިއުނާ އާދަމް
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއާއި ގްރެނާޑާ ބައްދަލު ކުރިމެޗު ފަސޭހަ ކަމާއިއެކު ބާސެލޯނާއިން ކާމިޔާބު ކޮށްފިއެވެ. ގްރެނާޑާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ބާސެލޯނާއިންނެވެ. ފުރަތަހާފުގައި ބާސެލޯނާގެ ފަރާތުން ތިން ލަނޑު ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް ފޯވާޑް ގްރިޒްމަންއެވެ. ދެވަނަ...
އިބްރާހިމް ޚަލީލް