ޅައިމަގު ބަނދަރު ފުން ކުރުމުގެ 78 އިންސައްތަ މަސައްކަތް ނިމިއްޖެ
ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމުގެ 78 އިންސައްތަ މަސައްކަތް ނިންމާަލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން ބޭރުތޮށިލުމަށްޓަކައި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓްމިދިޔަ ހަފުތާގައި ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެއެވެ. އަދި 276 މީޓަރުގެސަރަހައްދެއްގެ އ...