މަހިބަދޫ އާ އިންޖީނު ގޭގެ ބިންގާ އަޅައިފި
އދ. މަހިބަދޫގައި ހަދާ އާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ. އިއްޔެ މަހިބަދޫގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އާއިންޖީނުގޭގެ ބިންގާ އަޅުއްވާދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަދި ރައީސް އޮފީހުގެމިނިސްޓަރ މުހައްމަދު ޝިފާޒް އާއި އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުހައްމަދުއެވެ. މިއީ ސްޓެލްކޯއިން އެ ރަށުގައި އަޅާ އިންޖީނުގެއެކެވެ. މި އިންޖީނުގެ އަޅަން ހަމަޖެހިފައިވަނީ މިހާރު އެ ރަށުގެ އިންޖީނުގެ ހުރި ތަނުގައެވެ. މި އިންޖީނުގެ އެޅުމަށް މިހާރު ހުރި އިންޖީނުގެ ތަޅާލަން ޖެހޭނެއެވެ. [...