މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލި ތިން ބޭފުޅެއްގެ ނަން، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މިއަދު ކުރިއަށްދާ މަޖިލިސްގެ ޖަލްސާގައި އެ ނަންތައް ވަނީ، ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

Ad
rt

ރައީސް އޮފީހުން، ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ފުރުޞަތު ހުޅުވައިލީ އެ ކޮމިޝަންގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު އޭޕްރީލް ހަތަރު ވަނަ ދުވަހަށް ހަމަވާތީ އެވެ.

ބްރޯޑްކޮމްގެ މެންބަރެއް ކަނޑައެޅުމަށް މަޖިލިސްއަށް ފޮނުވި 3 ނަން

  • ފާތިމަތު ސައުސަން، މ. ވެންކޫވަރ
  • ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ
  • ޑރ. މުހައްމަދު އިބްރާހީމް، ޖަވާހިރުއައްސޭރި، އދ. މާމިގިލި

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯކޮމްގެ ރައީސް ކަމުގައި ހުންނަވަނީ މަރިޔަމް ވަހީދާއެވެ. އަދި ކޮމިޝަންގެ ނައިބު ރައީސްއަކީ އަހުމަދު ގައިސްއެވެ. ދެން އެ ކޮމިޝަންގައި ތިއްބެވީ އަލީ ޔޫސުފު، އައިމިނަތު އަމީނާގެ އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި، އަމްޖަދު ވަހީދު އަދި މުޙައްމަދު ފަޒީނެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.