އެޕަލް އިން އެންމެ ފަހުން ނެރުނު އައިޕެޑް ޕްރޯ އާއި މެކްބުކް އެއާ އަދި މެކްބުކް ޕްރޯ ޕްރީއޯޑަރަށް އުރީދޫ އިން ހުޅުވާލައިފިއެވެ.

އުރީދޫގެ މޫލީ މެދުވެރިކޮށް މި ތަކެތި ޕްރީއޯޑަރަށް ހުޅުވާލިއިރު މި ތަކެތި ގަތުމަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރިކަމާއެކު ޕޭމަންޓު ހެދޭނެ ކަމަށް ވެސް އުރީދޫންބުންޏެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އޯޑަރު ކުރާ ތަކެތި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

Ad
rt

އުރީދޫން ބުނީ މޫލީ މެދުވެރިކޮށް މިތަކެއްޗަށް ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް މި މަހުގެ މެދު ތެރޭގައި އެ ތަކެތި ލިބޭނެ ކަމަށެވެ.

މޫލީން އެޕަލްގެ އުފެއްދުންތައް ޕްރީއޯޑާ ކުރެވޭ އަގުތައް

- އައިޕެޑް ޕްރޯ (26ޖީބީ): 22،299ރ.

- މެކްބުކް އެއާ (512ޖީބީ): 22،599ރ.

- މެކްބުކް ޕްރޯ (512ޖީބީ) 32،199ރ.

މޫލީ މެދުވެރިކޮށް ވިޔަފާރި ކުރަން ބޭނުންވާ މީހުންނަށް އުރީދޫ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެއެވެ.