މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހަންޏާމީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު އާއި އެންސްޕާގެ ޑެޕިއުޓީސީއީއޯ ރުގިއްޔާ މުހައްމަދު އާއި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމްއެވެ. މި ރަސްމީޔާތުގައި އެ ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ ރަށުގެ ފެނުގެ ނިޒާމް ގާއިމް ކުރުމަަށް ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ފެން ޕްލާންޓްބެހައްޓާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ހަންޏާމީދޫގައި 5.1 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ އިތުރުން، ފެންއުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހެއްޓާނެއެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ވެސް މި މަޝްރޫއުގެ ދަށުން އެ ރަަަށުގައި ބަހައްޓާނެއެވެ.
މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތުގެ އިތުރުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރުސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.
MWSC Managing Director @hassanshaahu , NSPA Deputy Managing Director @rugiyyamohamed and MWSC board member @IbrahimAnwar13 groundbreaking ADh. Hangnameedhoo Water Project, being undertaken by #TeamMWSC#MWSCAsaasee pic.twitter.com/b7ybokoNJ1
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) April 4, 2021
21.65 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ މަޝްރޫއު ހަވާލު ކުރީ 22 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!