ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)ގެ އެގްޒެކެޓިވް ބޯޑަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިންތިހާބު ވެވަޑައިގެންފިއެވެ.
ޕާޓާއަކީ ޓޫރިޒަމް ދާއިރާފެ އަމިއްލަ ފަރާތްތަކާއި ގައުމުތަކުގެ ޓޫރިޒަމް އިދާރާތައް ބައިވެރިވާ އޭޝިއާ ޕެސިފިކުގެ ފަރުތުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަންމަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.
ޕާޓާގެ ވޯޓުލާ މެންބަރުންގެ މެދުގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސިއްރު ވޯޓު ކާމިޔާބު ކުރައްވައި އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑަށް މައުސޫމު އިންތިހާބުވެވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ބޯޑުގެ މެމްބަރަކަށް މައުސޫމް ހޮވާފައިވަނީ ދެ އަހަރުގެ ދައުރަކަށެވެ.
ޕާޓާގެ ޕްރޮގުރާމުތައް ހިންގުމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށް ދޭ 32 ޗެޕްޓާ ދުނިޔޭގެ ކަންކޮޅުތަކުގެ ހިމެނޭ އިރު ޕާޓާ މޯލްޑިވްސް ޗެޕްޓާގެ ޗެއާއަކީ ފަތުރުވެރިކަމުގެދާއިރާގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ އަބްދުﷲ ގިޔާސްއެވެ.
ޕާޓާގެ މިހާރުގެ ސީއީއޯ ޑރ. މާރިއޯ ހާޑީގެ ދައުރު މިމަހު ނިމުމުން ދެން އެ ޖަމިއްޔާގެ ސީއީއޯއަކަށް ހަމަޖައްސަން ނިންމާފައި ވަނީ ލިޒް އޯޓިގިއުރާއެވެ. އޭނާއަކީ 1951 ވަނަ އަހަރު ޕާޓާ އުފެދުނީއްސުރެ އެ ޖަމިއްޔާއަށް އައްޔަން ކުރާ ފުރަތަމަ އަންހެން ސީއީއޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!