މާއްދާ 27ގެ އިމުގެ ތެރެއިން ހިޔާލު ފާޅުކޮށްގެން އަދަބުދީ ފިޔަވަޅު އަޅައިގެންނުވާނެ: އަލީ
ޤާނޫނު އަސާސީގެ މާއްދާ 27ގެ އިމުގެ ތެރެއިން ހިޔާލުފާޅު ކޮށްގެން އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެންނުވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. މާއްދާ ހަތާވީހަކީ ދިވެހި ރާއްޖެގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ”ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން” (މާއްދާ 27:އެ މާއްދާގެ މިނިވަން ކަމާއި އެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާ ގޮތެއްގެ މަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތް ގޮތަށް ފާޅުކ...