އިންޑިޔާ ސިފައިން ޖާގަ ނުދީގެން ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓަކަށް ނުޖެއްސުނު ކަމަށް ބުނާވާހަކަ ދޮގުކޮށްފި އެވެ.

މޯލްޑިވިއަންއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހަނިމާދުއަށް ޖައްސަން ދިޔަ ބޯޓަކަށް އިންޑިޔާ ސިފައިން ޖާގަ ނުދީގެން ނުޖެއްސުނު ކަމަށް ޗެނަލް13 އިން ރިޕޯޓްކޮށްފައިވަނީ ދޮގު ޚަބަރެއްކަމަށެވެ.

Ad
rt

"އެދުވަހު މޯލްޑިވިއަންގެ ބޯޓުތައްވަނީ ޝެޑިއުލާއެއްގޮތަށް އޮޕަރޭޓްކޮށްފައި."

މޯލްޑިވިއަންއިން މިއަދު ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

މޯލްޑިވިއަން އިން މިޚަބަރު ދޮގުކޮށްފައިވާއިރު ޗެނަލް13 ގެ މި ރިޕޯޓްގައި ބުނެފައިވަނީ އެއީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއިން ފުރައިގެން އައި މޯލްޑިވިއަންގެ ފްލައިޓެއްކަމަށެވެ. އެބޯޓު ނުޖެއްސި 30 މިނެޓް ހަނިމާދޫ މަތީގައި އުދުހެން ޖެހުނުކަމަށެވެ.

އިންޑިޔާގެ ޑޯނިޔާ ބޯޓެއްގެ ކޮންމެވެސް މަސައްކަތެއް ކުރާތީކަމަށްބުނެ ބޯޓު ޖެއްސުމަށް ދަތިކުރި ކަމަށާއި ހަނިމާދޫއަށް ފްލައިޓް ޖެއްސުނީ މާލޭގައި ތިބިބައެއް ފަރާތްތަކުން ހަނިމާދޫގައި ތިބި އިންޑިޔާ ސިފައިންނަށް އާދޭސްކޮށްގެން ކަމަށް ޗެނަލް13 ގެ ރިޕޯޓްގައި ބުނެފައިވެއެވެ.