އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެކުނުން ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މިއީ 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ، މިރޭ 20:06 ހާއިރުއެވެ.

Ad
rt

މި ބިންހެލުން އައިސްފައި ވަނީ، ރާއްޖެއާއި 948 ކިލޯ މީޓަރުގެ ދުރުންނެވެ.

އަދި މި ބިންހެލުން ރެކޯޑް ކުރެވިފައިވަނީ އިންޑިއާ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވީ މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ނުފޯރާނެ ކަމަށެވެ.