ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ދައަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 4:15 އާއި މިރޭ 08:00 އާއި ދޭތެރޭގެ ވަތުތުތަކަށެވެ.
ދެކުނުގެ 3 އަތޮޅުގެ ރަށްތައް ފިޔަވައި އެހެން ހުރިހާ ރަށަކަށް އުދަ އަރާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވާއިރު އިއްޔެ ވަނީ މާލެއަށްވެސް ވަރަށް ބޮޑަށް އުދަ އަރާފައެވެ.
Swell waves expected. pic.twitter.com/whXNIZ1SO5
— Maldives Meteorology (@MetMaldives) July 16, 2021
އެގޮތުން، މާލޭގެ ރާޅުގަނޑު ސަރަހައްދާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދާ ދޭތެރެއަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ. އަދި މަޖީދީ މަގުގައި ހުންނަ ހެންވޭރު ބޯޅަދަނޑާއި ހަމައަށްވެސް އެ އުދައިގެ އަސަރު ވަނީ ކޮށްފައެވެ.
މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތައް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެންވެ އެވެ. އެހެން ހިސާބު ތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް މޫސުން އާއްމުގޮތެއްގައި ރަނގަޅު ވާނެ ކަމަށް ލަފާކުރެވެއެވެ.
ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން އަދި އެހެންހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާޅުގެ އުސްމިން ހުންނާނީ 2 - 4 ފޫޓު އެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!