ފަސް ދަޅު ލާފައި ހުރި ކަންބަޅިއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ނައިޖީރިއާގެ ލާގޯސްއިން ފެނުނު މި ކަންބަޅީގެ ވީޑިއޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އާއްމުވެފައެވެ. މިއީ ރެމް ނުވަތަ ފިރިހެން ކަންބަޅިއެކެވެ.

Ad
rt

އާއްމުކޮށް ފިރިހެން ކަންބަޅިއެއްގައި ހުންނަނީ އެންމެ ދެ ދަޅެވެ. ބައެއް ކަންބަޅިތަކުގައި ދަޅެއް ނުވެސްހުރެއެެވެ. މިކަންބަޅީގެ ވީޑިއޯއެއްވަނީ ރޮއިޓާސްރސް އިންވެސް ހިއްސާކޮށްފަ އެވެ.

މި ކަންބަޅި ފެނުނީ މިދިޔަ އަލްހާ އީދުގައި އުޟުހިޔާ ކަތިލުމަށް ބާޒާރަށް ގެނެސްފައިވަނިކޮންނެވެ.

އެސަރަހައްދުގެ މީހުން ބުނެފައިވަނީ އީދު ފަދަ އިސްލާމީ އުއްމަތައް މުހިންމުދުވަސްވަރެއްގައި މިކަންބަޅި ފެނުމަކީ ލިބުނު ނިއުމަތެއް ކަމަށެވެ.