ކޯވިޑް-19 ބަލީގައި ރާއްޖެއިން 60 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ ރޭ 11:43 ގައެވެ.

Ad
rt

މިއީ ރާއްޖޭން މިބަލީގައި ނިޔާވި 219 ވަނަ މީހާއެވެ.

ރާއްޖޭން މިބަލީގައި މީހަކު ނިޔާވިކަން އެންމެ ފަހުން ރިޕޯޓްކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. އެއީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑްބަލީގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 202 ދިވެހީންނާއި 17 ބިދޭސީންނެވެ.

އެޗްޕީއޭއިން ރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މި ބައްޔަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ، 76،546 އަށް އަރާފައެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 2،606 ގައި އުޅޭއިރު މިތަނުން 11 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާދެމުންނެވެ.

ވެރިރަށް މާލޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށަށް ގޮސްފައި ވީނަމަވެސް، އަތޮޅު ތެރޭގައި އަދި ވެސް މިބަލި ދަނީ ފެތުރެމުންނެވެ.