ހއ އަތޮޅާއި ނ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު އެލާޓްގައި ބުނެފައިވަނީ ހއ އަތޮޅާއި ނ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރުނީ ބޯކޮށް ވާރެވެހުމާއެކު ގުގުރާނޭކަމަށް ލަފާކުރެވުމުންނެވެ.
މި ވައިޓް އެލާޓް ނެރެފާވަނީ މިއަދުގެ 17:00 އާއި 22:00 އާ ދޭތެރެއަށެވެ. މިވަގުތުތަކުގައި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓު އޮފީހުން ބުންޏެވެ.
މިއަދުގެ 10:00 އިން މާދަމާގެ 10:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވެއެވެ.
ދެކުނުގެ އަތޮޅުތަކުގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެކަމަށާއި ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަ ވާނެ އެވެ.
Alert White for heavy rain, thunderstorms and wind gusts. pic.twitter.com/hiUjRA41ZD
— Maldives Meteorology (@MetMaldives) July 24, 2021
ރާޅުގެ އުސްމިނުގައި 2 - 6 ފޫޓު ހުންނާނެކަމަށާއި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!