ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީގެ ވަފްދެއް ރާއްޖެ ވަޑައިގެންފިއެވެ.
ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މަޝްވަރާތަކަށް ރާއްޖެ ވަޑައިގެންފައި ވަނީ ރާއްޖެ ވަޑައިގެންފައިވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ޕްލޭނިންގ މިނިސްޓްރީގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހާއި އެކު މާދަމާ މަޝްވަރާތައް ފަށާނެ ކަމަށް ވިދާޅުވިއެވެ.
ކިންގް ސަލްމާން މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ އެހީގައި ހަދާފައިވާ މިސްކިތެކެވެ. ސަލްމާން މިސްކިތް އިމާރާތްކުރުމުގެ މަސައްކަތުގައި ކުރީގެ ސަރުކާރުން 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ސޮއި ކޮށްފައިވެއެވެ.
ސަލްމާން މިސްކިތުގެ މަސައްކަތް މިދިޔަ އަހަރު ނިމި ސަރުކާރާ ހަވާލުކުރިކަމުގައި ވީނަމަވެސް މިސްކިތް ނުހުޅުވާ ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެފައެވެ. ސަރުކާރުން ބުނިގޮތުގައި މިސްކިތް ހުޅުވުން ލަސްވަނީ އެކަމަށްޓަކާ ސައުދީގެ ވަފުދަށް ރާއްޖެ ވަޑައިނުގެންނެވިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!