ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ބިން ހިއްކުމުގެ މަސައްކަތް ނިމުނީ މިއަދު ކަމަށެވެ.

Ad
rt

އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށަން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ހޮނިހިރު ދުވަހު ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން 315 މީޓަރުގެ ސަރަހައްދެއްގައިބޭރުތޮށި ލުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މިއީ 143.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ދަނީ މި ސަރުކާރުގެ އެކި ފަންތީގެ ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫޢުތައް ކާމިޔާބުކަމާއިއެކު ހިންގައި، ނިންމަމުންނެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، އެއާޕޯޓްތައް ތަރައްގީ ކުރުމާއި، މަގު ހެދުމާއި، ގޮނޑު ދޮއްތައް ހިމާޔަތް ކުރުންފަދަ މަޝްރޫޢުތައް ހިމެނެއެވެ.