މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ހޮޓްލައިނެއް ތައާރަފުކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 1650 ހޮޓްލައިން ތައާރަފު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މިއީ 24 ގަޑިއިރު ހިދުނަތް ދޭހޮޓްލައިނެކެވެ.

Ad
rt

ސީއީއޯ އާޒިމް ވިދާޅުވީ މިހާރު ކަސްޓަމަރުންނަށް އެކި ކަންކަމުގައި ކުންފުންޏަށް ގުޅުމުގައި ދަތިވާކަމަަށެވެ. ނަމަވެސް މި ތައާރަފު ކުރެވުނު ހޮޓްލައިނާއެކު ހުރިހާކަސްޓަމަރުންނަށް ފަސޭހަވެގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ ރައްޔިތުންނާ ގުޅުން ހުރި ގިނަ ހިދުމަތްތަކެއް ދޭ ކުންފުންޏެއްކަމަށާއި އެހެންކަމުން ކަސްޓަމަރުން ހިފެހެއްޓުމަށް ހޮޓްލައިނެއްމުހިންމު ކަމަށެވެ.

“ގިނަ ކަސްޓަމަރުންތަކެއް އެމްޓީސީސީއަށް ނުގުޅިގެން އަޅުގަނޑަށް ވެސް އެބަ ގުޅާ. އަދި ކުންފުނީގައި ރައްޓެއްސަކު ހުރިނަމަ އެމީހަކަށް އެބަ ގުޅާ. އަދި ބައެއް ފަހަރުނުގުޅި ވެސް އެބަދޭ. އެހެންވެ، އަޅުގަނޑު ގަބޫލުކުރަނީ ކުންފުނީގައި 24 ގަޑިއިރު ގުޅޭނެ ނަންބަރެއް އިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށް،” އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ 1650 އަކީ އާއްމުކޮށް ހުންނަ ހޮޓްލައިންތަކާ ތަފާތު ވާނެ ކަމަށެވެ. އެގޮތުން، އެ ހޮޓްލައިނަށް ގުޅައިގެން ކިޔޫގައި މަޑުކުރަން ނުޖެހޭނެ ކަމަށް އޭނާވިދާޅުވިއެވެ.

އެމްޓީސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެ ކުންފުންޏަށް މަހަކު 2055 ކޯލު ލިބެއެވެ. މިއީ ދުވާލަކު 114 ކޯލެވެ.