ކުޅުދުއްފުށި ސިޓީގެ ފަތާ ޓްރެކް ސަރަހައްދު އަލި ކުރުމަށް، ބޯޒިޔާރަތް ބީޗްގައި ލައިޓް ހަރުކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީކައުންސިލުން ވިދާޅުވި ގޮތުގައި ފަތާ ޓްރެކް ސަރަހައްދު އަލިކުރުމަށްޓަކައި އެ ސިޓީގެ ބޯޒިޔާރަތް ބީޗުގައި ލައިޓް ހަރުކުރެވިފާ ވާކަމަށެވެ.

Ad
rt

އަދި ލައިޓް ހަރުކުރުމުގެ އަމަލީ މަސައްކަތުގައި ހަރަކާތް ތެރިވެފާވަނީ ކުޅުދުއްފުށީ ވެޓްރަންސް ޓީމުން ކަމަށާއި އެ ފަރާތުން އެ މަސައްކަތް ކޮށްދީފައި ވަނީ މުޅިން ހިލޭކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއްވިއެވެ.

މި ކަމަށްޓަކައި ކުޅުދުއްފުށީ ވެޓަރަންސް ޓީމަށް އެ ކައުންސިލުން ވަނީ ވަރަށް ޚާއްސަ ޝުކުރެއްވެސް ދަންނަ ވާފައެވެ.

"މިކަމަކީ މި ސަރަހައްދު ބޭނުންކުރާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ފަސޭހައެއްކަން ފާހަގަކޮށްލަން."

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށްއޮތްތަނުގައި ކުޅުދުއްފުށީގެ ބީޗް ސަރަހައްދުތައް ޕްލޭންކުރެވިގެން އިތުރަށް ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން ވަނީ ރާވާފަ ކަމަށްވެސް އެ ކައުންސިލުން ވިދާޅުވިއެވެ.