ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން މާދަމާ ކަރަންޓު ދޭނީ 9 އަދި 10 ވަނަ ޓަވަރަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ފްލެޓު ލިބިފައިވާ މީހުން ހާޒިރުވާންވީ ގަޑި، އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި ފްލެޓުގެތަޅުދަނޑި ހިފައިގެން ގަޑިއަށް ހާޒިރު ވުމަށް އެ ކުންފުނިން އެދެއެވެ. މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓް ލިބިފައިވާ ފަރާތްތައް ހާޒިރު […]
އަޙްމަދު ވަހީދު
ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބޭރު ތޮށިލާން ބޭނުންވާ ބޮޑުހިލަ މިއަދު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 95 މީޓަރުގެ އެއްގަމު ތޮށިލުމާއި 248 މީޓަރުގެ ބޭރު ތޮށި ލުމާއި 178 މީޓަރުގެސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ […]
އަޙްމަދު ވަހީދު
އަތޮޅު ކައުންސިލްގެ ނައިބުރައީސުންނަށް އިތުރު އެލަވަންސްއެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ. މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ އަތޮޅު ކައުންސިލްގެ ނައިބުރައީސްގެ މުސާރައަށް އިތުރު 1،000ރ އެލަވަންސްގެ ގޮތުގައި އިތުރު ކުރުމަށެވެ. އަތޮޅު ކައުންސިލްގެ އެހެން މެންބަރުންނާއި ކައުންސިލްގެ ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ގެންނަން މާލިއްޔަތު ކޮމިޓީގައި މަޝްވަރާކޮށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި، މަރަދޫ ދާއިރާގެ މެންބ...
ޝިއުނާ އާދަމް
ޖަރުމަނު ލީގުގައި ހުކުރު ދުވަހުގެ ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ހޮފެއިންހަމް ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް މެޗުގެ އެންމެ ފަހު ވަގުތު ޑޯޓްމަންޑްގެ ޒުވާން ފޯވާޑް ލަނޑުޖަހައި އެ ޓީމް މޮޅުކޮށްދީފިއެވެ. މި މެޗު ޑޯޓްމަންޑް ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ހާފހުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވެއެވެ. ނަމަވެސް މެޗުގެ ފަހު ހާފުގައި ޖުމްލަ ފަސްލަނޑު ވަނީ ފެނިގެން ގޮސްފައެވެ. މެޗުގައި ފުރަތަމަ […]
އިބްރާހިމް ޚަލީލް
ކޯވިޑްގެ ސަބަބުން އަރާ ފޭބުން މަނާކޮށްފައި އޮތް ހއ. ތަކަންދޫ އާންމު ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ޓްރަވަލް ހިސްޓްރީ އެއްވެސް ނެތް މީހަކު ބަލީގެ އަލާމާތް ފެނިގެން ޖުލައި 29 ވަނަ ދުވަހު އެރަށު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކުމުން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެމީހާ ޕޮޒިޓިވްވީކަން އެނގުނީ ޖުލައި 30 ވަނަ ދުވަހުއެވެ. އެޗްޕީއޭއިން އެރަށް ބަންދުކުރީ ވެސް އެދުވަހުއެވެ. އަދި އެރަށް […]
ޔުމްނާ ޢަލީ
އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އައި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިކަން ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓުން ވަނީ ކަށަވަރުކޮށްދީފައެވެ. ރޮނާލްޑޯ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއިން ޔުނައިޓެޑަށް ބަދަލުވެފައިވަނީ އޭނާގެ އުމުރުން 18 އަހަރުގައި އޭރު ރެކޯޑް ފީ އެއްކަމަށްވާ 13 މިލިއަން ޕައުޑްގެ އަގެއްގައެވެ. އަދި 2009 ވަނަ އަހަރު ރޮނާލްޑޯ ރެއާލަށް ބަދަލ...
އިބްރާހިމް ޚަލީލް
އަފްޣާނިސްތާނުގެ ކާބުލްގެ އެއަރޕޯޓް ސަރަހައްދުގައި ދިން ޙަމަލާތަކުގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާހިދު، އެހަމަލާތައް ކުށްވެރިކުރައްވައިފި އެވެ. މިޙަމަލާތަކުގައި މަރުވި މީހުންނަށް ހެޔޮ ދުއާކުރައްވައި، އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މުޅި ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި ތެދުވަން ޖެހޭކަމަށާއި، އަފްޣާން ރައްޔ...
ޝިއުނާ އާދަމް
ށ. ކަނޑިތީމު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި އެރަށު ސްކޫލްގެ ދަރިވަރެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކަނޑިތީމު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މުޙައްމަދު ފަހުމީ “ތިލަދުން”އަށް ވިދާޅުވީ، ބަލީގެ އަލާމާތްތައް ހުރެގެން އެ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެކުއްޖާއަކީ ސްކޫލް ދަރިވަރެއް ކަމަށް ވެސް ފަހީމް ވިދާޅުވިއެވެ. “މި ކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ މިރޭ، އަޅުގަނޑުމެން މިހާރު މިދަނީ މި ކޭހާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަ...
ޙުސައިން ޝަހުދީ
ށ. މިލަންދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންނަށް ލާފައި ވަނީ މިރޭ 18:52 އިން ފެށިގެންނެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވީ ބަލީގެ އަލާމާތް ހުރެގެން ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ބައެއްގެ ސާމްޕަލްތަކުގެ ތެރެއިން 4 ސާމްޕަލެއް ކަމަށެވެ. “ޕޮޒިޓިވްވީ ބޮޑު މީހަކާއި ތިން ކުޑަ ކުދިން، […]
ޙުސައިން ޝަހުދީ
ކުޑަކަމުދާ ނިޒާމްގެ ބައްޔެއްކަމަށްވާ “ޕެނޮސްކްރޮޓަލް ހައިޕޮސްޕޭޑިއަސް” ތަހައްމަލް ކުރަމުން އަންނަ އުމުރުން އެންމެ 4 އަހަރުގެ ކައިލް އަޝްރަފް ރަޝީދްގެ އޮޕަރޭޝަންކުރުމަށް ދީލަތި އެހީއަކަށް އެދިއްޖެއެވެ. މިހާތަނަށް 4 އޮޕަރޭޝަންކޮށްފައިވާ ކައިލް އިތުރު އޮޕަރޭޝަންއެއް ކުރުމަށް ޑޮކްޓަރުން އިރުޝާދުދެއްވާފައިވާތީ ކުރިއަށް ކުރެވެން އޮތް ސަރޖަރީ ކުރުމަށް އިންޑިއާގެ ޖެއިޕޫރަށް ދިއުމަށް ޑޮކްޓަރުންވަނީ އިރުޝާދު ދެއްވާފައެވެ. ނަމަވެސް ޖެއިޕޫރުގައި ހުންނަ ސޫރްޔާ ހޮސްޕިޓަލަކީ މިވަގުތު އާސަންދައިގެ ޙިދުމަތް ރާއް...
އަޒްފާ ރަޝީދު
ރަސްފަރި ދިގުމިނުގައި 189.99 މީޓަރު (623.23 ފޫޓް) ހުރި ބޮޑު އާގުބޯޓެއް މާލެއަތޮޅު ރަސްފަރީ ފަރަށް އުރުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދު ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ގޮވާލައްވައިފިއެވެ. ރަސްފަރީ ފަރަށް ނަމާގައި ރަޖިސްޓްރީކޮށްފައިވާ “ނެވިއޯ އަމަރީލިސް” ނަމަކަށް ކިޔާ އާގުބޯޓު އުރުނީ މީގެ ހަފްތާއެއް ކުރިންނެވެ. އެކަމާ ގުޅިގެން މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކަމާބެހޭ އިދާރާތަކުން އެ ބޯޓު ފަރަށް އެރި […]
ޝިއުނާ އާދަމް
ކ. ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވާއި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެންވާރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ބައްލަވާލައިފިއެވެ. އިއްޔެ ތިލަފުށީގެ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު، މިނިސްޓަރ ޝައުނާ ވިދާޅުވީ ތިލަފުށީގެ ކުންޏާއި ދުމުގެ މައްސަލައަކީ، އެ މައްސަލައަށް އެތައް އަހަރުތަކެއް ވެފައިވާ މައްސަލައެއް ކަމަށެވެ. އަދި، ތިލަފުށީގެ ދުމަކީ މާލެއާއި މާލެ ކައިރި ރަށްތަކުގެ ރައްޔިތުންނަށ...
ޝިއުނާ އާދަމް
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނެވީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ކަމަށް އޭނާ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ. އިނގިރޭސިވިލާތުގައި އޭނާ ހުންނަވާޓާ ގިނަ ދުވަސްތަކެއްވެ ވިސާ ހަމަވެފައިވާތީ އެ ގައުމުން ވަނީ އަލީ ވަހީދު ހައްޔަރުކޮށްފައެވެ. އަލީ ވަހީދު ހައްޔަރުކޮށްފައި މިވަނީ ދިވެހި ފުލުހުން ވެސް އޭނާ އަނބުރާ ރާއްޖެ ގެނައުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވަނިކޮށެވެ. އަލީ ވަހީދު ހައްޔަރުކުރުމުން އޭނާ އެގައުމުގެ ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަ...
ޝިއުނާ އާދަމް
ކޯވިޑް-19 ޖެހިގެން ލަންކާގައި ދިވެއްސަކު ނިޔާވެއްޖެއެވެ. ލަންކާގައި މިވަގުތު ކޯވިޑް ބަލި ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. ބަލީގެ ހާލަތު ގޯސްވުމުގެ ސަބަބުން މިވަގުތު އެ ޤައުމު އޮތީވެސް ފުރަބަނދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މީޑިއާއަށް ވިދާޅުވީ، ލަންކާގައި ކޮވިޑްގައި ދިވެއްސަކު ނިޔާވުމާއި ގުޅިގެން އާއިލާއަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ކޮލަމްބޯގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުން ފޯރު...
އިބްރާހިމް ޚަލީލް
އަދާލަތު ޕާޓީއަކީ ހދ. ވައިކަރަދޫ ރައްޔިތުން އެދޭފަދަ ޝަރަފްވެރި ފިކުރެއް ކަމުގައި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެ ޕާޓީން “ސާފު އަމާޒަކަށް” ޝިއާރުގެ ދަށުން ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް މިހާރު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ވައިކަރަދޫއަށް ވަޑައިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. “ތިލަދުންމަތީ ވައިކަރަދޫއަށް އާދެވުނީމަ އަބަދުވެސް އަޅުގަނޑަށް ޔަޤީން ވަނީ މާތްﷲ ގެ ވާގިފ...
އިބްރާހިމް ޚަލީލް
ހދ. ކުރިނބީގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެ ރަށަށް ގެންދިޔަ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ނިންމައި ޚިދުމަތްދޭން ފަށައިފިއެވެ. ފެނަކައިން ކުރިނބީއަށް ކަރަންޓް ފޯރުކޮށްދެމުންއައި ޖެނަރޭޓަރުން، އެ ރަށަށް ޚިދުމަތް ފޯރުކޮށްދެވޭ ވަރަށްވުރެ ކަރަންޓަށް އޮތް ޑިމާންޑު ބޮޑުވެ ދޭތެރެ ދޭތެރެއުން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނާތީވެ، އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެ ރަށަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފައި ވަނީ މި މަހުގެ 20 ވަނަ […]
އިބްރާހިމް ޚަލީލް
“ދަ މެރީނާ” ކްރޮސްރޯޑްސް އަންނަ މަހުން ފެށިގެން އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ. މިތަން ބަންދު ކުރީ ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ތެރޭގައެވެ. ނަމަވެސް އެޗްޕީއޭއިން ދަތުރުފަތުރުތަކަށް ދީފައިވާ ލުޔާއެކު އަލުން އާއްމުންނަށް ހުޅުވާލަނީ ކަމަށްމެރީނާއިން ބުނެއެވެ. ކްރޮސް ރޯޑްސް މެރީނާއަކީ ދިވެހިން އާއްމުކޮށް ގޮސް އުޅޭ ތަނެކެވެ. އެހެން ކަމުން އެތަން އަލުން ހުޅުވާލަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަހު ކަމަށްމެރީނާއިން ބުނެއެވެ. އަދި މާލެއިން ދަތުރުފަތުރުތައް އަލުން ފަށާނީ...
އަޙްމަދު ވަހީދު
ކޯވިޑްގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮތުމަށްފަހު އާންމު ހާލަތަށް ގެނައިތާ 14 ދުވަސް ފަހުން ށ. ފޯކައިދޫން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ކޯވިޑްގެ ސަބަބުން ކުރީފަހަރު އެރަށް 30 ދުވަސް ވަންދެން މޮނިޓަރިން ހާލަތުގައި އޮތެވެ. އިއްޔެ އެރަށުން ކޯވިޑް ކޭހެއް ފެނިފައިވާކަން ހާމަކުރައްވައި ފޯކައިދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ކޯވިޑްގެ އަލާމާތް ފެނިގެން ޓެސްޓް ކުރި މީހަކު އެރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހާއަކީ މިދިޔަ އަންގާރަ ދުވަހު މާލެއިން އެރަށަށް ހޯމް ކަރަންޓީނަށް އައިސްހުރި މީހެއް [...
ޔުމްނާ ޢަލީ